މަގަކަށް ގިނަ އަދަދެއްގެ ކުނި ނެރެފައި: މަގުތަކަށް ކުނި އުކާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފޮނުވަން ހާއްސަ ހޮޓްލައިނެއް ވަނީ ގާއިމުކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
23 މާޗް 2024 - 11:07
ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތައް ވަރަށް ބޮޑަށް ގޮނޑުވެފައިވާތީ އެކަން ހައްލުކުރުމަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ އާންމުކޮށް، ފިޔަވަޅު އެޅުމަށް ހާއްސަ ހޮޓްލައިނެއް މާލޭ ސިޓީ ކައުންސިލުން ގާއިމުކޮށްފި އެވެ.
ގޭތެރެ ސާފުކުރުމަށް ފަހު، ގޭގައި ހިފައި ގެންގުޅޭ ބާ ސާމާނުތަކާއި ފަރުނީޗަރާއި އެ ނޫން ވެސް ބޮޑެތި ކުނިތައް މަގުތަކަށް ނެރެފައި ހުންނަ މައްސަލަ މި ދުވަސްވަރު ވަރަށް ބޮޑެވެ. ވެމްކޯ އާއި ކައުންސިލު ގުޅިގެން މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ނަގާ ވަރަކަށް ކުނި އަޅަމުންދާތީ އެކަމަށް އަދިވެސް ހައްލެއް ނުލިބެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކުގައި ކުނި ބަހައްޓަމުންދާ މީހުން ފާހަގަކުރަމުން އަންނާތީ އެ މަސައްކަތަށް އާންމުން އެހީވުމުގެ ގޮތުން ފޮޓޯ އާއި ވީޑިއޯ ހޮޓްލައިނަށް ހިއްސާކުރެވޭނެ ކަމަށެވެ.
ގޯޅިގަނޑެއްގެ ކަންމައްޗަށް ބަޔަކު ކުނި ނެރެފައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކައުންސިލުން އެދެނީ ކުނިއަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ 9341144 ނަމްބަރަށް ވައިބާ ނުވަތަ ވަޓްސްއެޕް ކޮށްދިނުމެވެ. އަދި އާންމުންގެ ކަންބޮޑުވުންތައް ކައުންސިލުގެ ވެބްސައިޓު މެދުވެރިކޮށް ވެސް ހިއްސާކުރެވޭނެ ކަމަށް ބުންޏެވެ.
ކުނި އަޅާ ފަރާތްތަކުގެ ވީޑިއޯ އާއި ފޮޓޯ ފޮނުވުމަށް ހޮޓްލައިނެއް ގާއިމުކުރިއިރު ކައުންސިލުން މިހާރު ވަނީ ކުނި އަޅާ މީހުންގެ ފޮޓޯ ވެސް އާންމުކުރަން ފަށައިފަ އެވެ.
އިއްޔެ އެކަނި ވެސް މާލޭގެ މަގުތަކުން 30 ޓަނުގެ ކުނި ނަގާފައިވެ އެވެ.
ކައުންސިލާ ގުޅިގެން އެ މަސައްކަތް ހައްލުކުރުމަށް ފުލުހުން ވެސް މަސައްކަތް ކުރަމުން އަންނައިރު އެ އިދާރާ އިން ބުނީ މަގުތަކަށް ކުނިއަޅާ މީހުންނަށް ނަސޭހަތް ދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ވެސް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އެ ކުނިތައް އަޅާ މީހުން ލައްވައި ކުނި ނެގުމުގެ މަސައްކަތްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަތީފާ
23 March 2024
ގިނަ ދިވެހިން މަގުމަތީގަ މޫނަށް ސިނގިރޭޓު ދުން ބުރުވާއިރު، ސައިކަލްގަ ދަމުން ފަހަތުން ދާމީހުން ގެ މޫނަށް ވޭޕްގެ ދުން ބުރުވާއިރު، ކުނި އަޅާއިރު ފެނިފަވެސް އެވެސް ދިވެއްސެއް ޗުއްޕުވެސް ނޫނީ ނުރުހުމުގެ މޫނެއް ނުދައްކާނެ. ދިވެހިގެ އުޅުމެއް ނެތް. އަހްލާގެއް ނެތް.
ރަންނަ
24 March 2024
އިންސާފު ނުލިބޭތަނެއްގަ އާމުން ކަންކަމާ އަޅައެއްނުލާނެ
ކެމެރާ
23 March 2024
ކޮބާ ޕޮލިސް ކެމެރާތައް؟
ރަންނަ
24 March 2024
އެއަށް އަރާނީ ސިޔާސީގޮތުން ބައްދާލަންބޭނުންވާމީހުން
ކުލްސުމް
23 March 2024
ދިވެހިންނަކީ ކަންނެތް، ގޮތްކުޑަ، އަހްލާގު ދަށް ބައެއް. ވެރިންވެސް ބޭނުންވަނީ އެގޮތުގަ ދިވެހިން ދަމަހައްޓަން. އިބޫ، ޔާމީން، ނަޝީދު، މައުމޫނު، މުއީޒްވެސް.
ސަންޓިމޭ
23 March 2024
ބަރާބަރު
އަނިލު
23 March 2024
މީ ކަންކަން ކުރަން އުޅެކަން ދެއްކެން، ނޫނީ ނޫސްތަކަށް އަރަން ދައްކާ ވާހަކަ. އިހުލާސް ތެރިކަމެއް ހުރިނަމަ މުޅި މާލޭގަ އެހެރީ ކެމެރާ ހަރުކޮށްފަ، މީހަކު ފޮޓޯ ފޮނުވައިގެން އެބަޔަކު ހޯދަން ޖެހޭ ކަމެއް ނޫން މީކީ. ތިޔަ ކުނިއަޅާ ބަޔަކު ކުނި އަޅަނީ މޫނު ނިވާކޮށްގެނެއް ނޫން.
އަނިލޫ
23 March 2024
އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށް ކަންކަން ބަލަހައްޓަން ތިބި މީހުންނަށް އެހީވުމަކީ ކުރުން ހަމަ ރަގަޅު ކަމެއް. ސިޔާސީ ވިސްނުމުގަ އަބަދު ޖެއްސުންކުރަން ވާހަކަ ދެއްކުމަކުން ކަންކަން ހައްލެއްނުވާނެ. ތިޔަ ބުނާ ކެމެރާތަކުން ބަލައިގެން މީހުން ފާހަގަކުރުމަކީ ވަރަށް ވަގުތު ނަގާނެ ކަމެއް އަދި އެއީ އެހާ ކުޑަ މަސައްކަތަކަށްވެސް ނުވާނެ. ތަންތަން ސާފުކޮށް ބާއްވަން އެހީވުމަކީ ހަމައެކަނި މުސާރަދީފަ ތިބޭ މީހުން ކުރަން އޮތް ކަމެއް ނޫން.
ރަދީފްއޮފިޝަލް
23 March 2024
ހޮޓްލައިނެއް ނޫން ބޭނުންވަނީ.ކުލަ ހެދުމުގަ ފާސް ހިފައިގެން ފުލުހުން ތިބެންވީ ނިކުމެ އެކިދިމަދިމާލުގަ.އެގޮތަށް ތިބެގެން ކުނި އަޅާމީހުން އަތުލައިގަނެ އެމީހުންނަށް ދޭން އޮތް އަދަބެއް ގާނޫނުގެ ތެރެއިން ދެވިދާނެ.
އަހްމަދ
23 March 2024
ނިކަމެތިން ޝާމިލްވާ ކަންކަމުގަ ހާދަ ފޯރިއާއެކު އުޅޭތަން ފެނެޔޭއެބަ. މާލޭގަ ސްޕާތައް ހަދައިގެން ހަށިވިއްކާ ތަންތަނުގެ ވެރިންގެ ފޮޓޯއާ، މާލޭގަ ގޭންގުތައް ހަދައިގެން ފާޅުގަ މާރާމާރީއާ މަސްތުވާ ތަކެތި ވިއްކާ މީހުންގެ ފޮޓޯގެ ވާހަކަ ދައްކަން ނުކެރެނީ ކީއްވެތޯ؟ މިނިވަން އޮޑިޓެއް ވައްދައިގެން ކައުންސިލް އޮޑިޓް ކުރަން ނުކެރިގެން ތިއުޅެނީ ކީއްވެތޯ؟ ޕާކިން ސްލޮޓް، ފުޑް އައުޓްލެޓް ހަދަން ބިން ދިންގޮތް ނުބަލަނީ ކީއްވެތޯ؟
އަފްރާސިޔާބު
23 March 2024
ތީ ވޮށް އަލި ކުރެއްވި ހިސާބުގައިވެސް ދައްކަން ހެޔޮނުވާ ވަރުގެ ވާހަކަ ތަކެއް. އެކަމު އެއްގަމުގޭ ކައިރީހުން ކުޑަ މިސްކިތަކާ އެއް އިންވެގެން ވަރަށް ނަލަކޮށް ހަދާފައި ހުންނަ 10 ވަރަކަށް ބުރީގެ އިމާރާތަކުން ނެރޭ ހުރިހާ ކުންޏެއް އެއްގަމުގޭ ފާރު ބުޑަށް ޖަހާފައި ހުންނަ ތަން ޓީވީ ތަކަށް ނާރަޔޭ އަދި ފޮޓޯވެސް ނުނެގެޔޭ. ކޮންމެވެސް މީހަކު މިކަން ބަލާދީބަލަ.
ފެނުން
23 March 2024
150 ހަށިވިއްކި މީހުން މިސަރުކާރުން ވަނީ ޑީޕޯޓް ކޮއްލާފަ. ކުރީގަ އޮތްހެން ގޭންގްތަކުގެ ހަރަކާތްތައް ވެސް މިހާރު ކުޑަވާނެ. ވަކި ކޮޅަކައް ބުރަނުވެ ބަލާފިއްޔާ ފެންނާނެ
އަޒުކީ
23 March 2024
މިކަމަށްޓަކާ އާދަން އާޒިމަށް ޝުކުރު ދަންނަވަން. މިކަމުން އެގިގެން ދަނީ އާޒިމްގެ ގެ ނިޔަތް ރަގަޅުކަން އަދި ކަންކަމުގައި ހަރުދަނާ ވިސްނުންފުޅެއް ގެންގުޅުއްވާކަން. އަޅުގަޑު އެދެނީ ހަމަ މިގޮތަށް ރާއްޖެއަށް ބޮޑުވެފައިވާ ވަގު ބިދޭސިންގެ މައްސަލަ ހައްލުކުރަންވެސް މިގޮތަށް ހޮޓުލައިންއެއް ހަދައިގެން އެ ވަގުން ތިބި ތަންތަނުން ފޮޓޯއާއި ވީޑިއޯ ފޮނުވާއިގެން މިހާރަށްވުރެ ބޮޑަށް ބާރު އަޅާއިފިނަމަ ކޮންމެސް ހިސާބަކުން ކޮންމެވެސް ކަހަލަ ހައްލެއް ލިބިގެންދާނެހެން.
ކުނިގޮނޑު
23 March 2024
ތިބުނާ އާދަމް އާޒިމް އައިފަހުން މުޅި މާލެ ވަނީ ކުނި ގޮނޑަކައްވެފަ
ހަސަންބޭ
23 March 2024
މިކަމުން ވެސް ކޮންމެވެސް ވަރެއްގެ ޖެހިލުން ވުމެއް އަންނާނެ. ބަލަމާ ވާ ގޮތެއް