23 މާޗް 2024 - 22:33
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ އާއި އޭނާ އާ ގުޅުން ހުރި އެހެން ތަންތަން އޭސީސީން ރެއިޑް ކޮށްފި އެވެ.
އޭސީސީން ބުނީ، އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުގައި މޫސަ އާގުޅުން ހުރި ތަންތަން ކޯޓް އަމުރެއްގެ ދަށުން ބަލާ ފާސް ކުރަމުންދާ ކަމަށެވެ.
"ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން، ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ކޯޓު ޢަމުރުގެ ދަށުން ބަލާ ފާސްކުރަމުން ގެންދަނީ،" އޭސީސީން މީޑިއާ އަށް ފޮނުވި ނޯޓްގައި ބުނެފައި ވެއެވެ.
އެ ކޮމިޝަނުން މިހާރު ބަލަމުންދާ މައްސަލައީގެ ތަހުގީގުގައި، މިދިޔަ އަންގާރަ ދުވަހު ބެޑްމިންޓަން އޭސޯސިއޭޝަނުގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.
އޭގެ ފަހުން އޭސީސިން ވަނީ، އިއްޔެ ބާއްވަން ހަމަޖައްސާފައި އޮތް އިންތިހާބާ ގުޅޭ ގޮތުން ވެސް ކޮރަޕްޝަނަށް ތުހުމަތުކުރެވިގެން މައްސަލަ ތަހުގީގު ކުރަމުން ދާތީ ވަކި އެއްޗެއް އަންގަންދެން އިންތިހާބު މަޑުޖައްސާލަން އަންގައިފަ އެވެ.
މޫސަގެ ވިޔަފާރިތައް ރެއިޑް ކުރި އިރު، ބެޑްމިންޓަން ބޯޅަ (ޝަޓްލް)، ބީއޭއެމުން ގަންނަނީ، މޫސަގެ "އަސްކަނި ސްޕޯޓްސް" ފިހާރައިންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން، ބުނީ މޫސަގެ އަސްކަނި ފިހާރައިން ބޯޅަ ގަންނަނީ އުސޫލާ އެއްގޮތަށް ކަމަށެވެ.
އެ އެސޯސިއޭޝަނުން ކުއްޔަށް ހިފާފައިވާ ތަންތަން ވެސް، ވެރިންގެ އަމިއްލަ ގެތަކުން ކުއްޔަށް ނަގާފައިވާ ކަމުގެ ތުހުމަތު ވެސް ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަސަރުކާރުގެ
24 March 2024
ކޮންއިރަކުންތޯ އޭސީސީން ޓެނިސް އެސޯސިއޭޝަން އަށް ވަންނަނީ.
ވޯލް
24 March 2024
މިއީ ރާއްޖޭގައި ވިޔަފާޜި ކުރާ މީޙުން އުޅޭގިތް. ގެންގޮސް ޖަލައްކާންވީ.
ޢޭސީސ
23 March 2024
އެ ތަނުން ފެނުނީ މުޅިން ވެސް ކުޅޭ ކުޅޭ ސާމާނު! ސިސްޓަމުގައި ވެސް ހުރީ ކުޅޭ ސާމާނު
ބެޑްމިންޓަން-ޕްލޭޔާރއެއް
23 March 2024
ސުކުރިއްޔާ އޭސީސީ. ކުޅިވަރު ތެރޭގައި އޮތް ދުވަސްވީ ކޮރަޕްސަނުގެ ހާލި ހެލިގަނގެން ގޮއްސިކަން ޔަގީން. މި މައްސަލަ ވަރަށް ފާސްޓުކޮށް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދެން