24 މާޗް 2024 - 11:57
ހދ. ވައިކަރަދުއަށް އާ ޖަނަރޭޓަރެއް ގެންގޮސް، ހަފުތާއެއް ފަހުން މުޅި ރަށަށް ކަރަންޓު ދޭން މިއަދު ފަށައިފި އެވެ.
ފެނަކައިން، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
އެ ރަށުގައި މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން ކަރަންޓު ކެނޑެން ފެށި ގޮތަށް އެ މައްސަލަ ހައްލު ނުވެ، ދިގުލައިގެން ދާތީ ރައްޔިތުން މަގުތަކަށް ނުކުމެ ނުރުހުން ފާޅުކުރި އެވެ.
ވައިކަރަދޫން މީގެ ކުރިން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓު ދެމުން އަންނަނީ އަވަށްތަކަށް ބަހާލައިގެން ކަމަށެވެ. އަދި އެއިން ކޮންމެ ސަރަހައްދަކުން ވެސް ކޮންމެ ތިން ގަޑިއިރަކުން، ތިން ގަޑިއިރަކުން ކަރަންޓު ކަނޑާލާ ކަމަށް އޭނާ ބުންޏެވެ. ރޯދަމަހުގެ މެންދުރު ފަހުގެ ވަގުތަކީ، ރޯދަ ވީއްލަން ކާތަކެތި ތައްޔާރުކުރަން ގިނަ މީހުން އުޅޭ ވަގުތެވެ. ނަމަވެސް، އެ ގަޑީގައި ވެސް ގޭގެއިން ކަރަންޓު ދާތީ ބޮޑު ތަކްލީފެއް އުފުލަން ޖެހިފައިވާ ކަމަށް، އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާބަ
24 March 2024
މިރާއްޖޭގެ ރަށަކުން ކަރަންޓް ދިޔަ ޢި ވައިކަރަދޫ އެކަނިތަ މުޅިމާލެއިން ފެންވެސް ދިޔަ އެއްކޮން އެކަމް ވައިކަރަދޫ މީހުން އެ އަރުވާ ވަރެއް ނާރުވާ
ބީޖާ
24 March 2024
ދެން ސެލްފީ ނަގާލަ ނަގާލަ ތިބޭ. ތިއޮތީ އެއްޗެއް ލިބިފަ
ނޫމާން ހަސަން
24 March 2024
ކޮންމެވެސް މީހަކު ދިވާކާ ކައިރީ ބުނެބަލަ ދެން ފެންވަރަން ވަންނާށޭ ސައިބޯނި ފިލުވަން
ފިތުނަ ފިއްޓޭ
24 March 2024
ވައިކަރަދޫ އިން މިދިޔަ ރިޔާސީ އިންތިހާބުގަ ހިންނަވަރު އިބޫއަށް 70 ޕަސެންޓް މަތިން ވޯޓު ދިން. އެއީ ހިންނަވަރު ނަގާފަ އެންމެ މަތިން ލިބުނު އިންސައްތަ. އެހެންވީމާ ވެރިކަން ނިމި ތިންމަސްވާއިރު ހަލާކު ވާފަދަ އިންޖީނެއް ވައިކަރަދޫގަ ހުރެގެން ނުވާނެތާ
ކިހިނެއް
24 March 2024
އެހެންވެ ޕާޓީ ކުދިން ކޮޅުނުކުމެ ޑްރާމަތައް ކުޅުނީ ގައިގަ ސައިބޯނި އުގުޅައިގެންނާ މައިކް ހިފާގެންނާ އެމީހުން އިދިކޮޅު ތިބޭއިރު ކިރިޔާކަމެއް ވާއިރައް ބޮޑު ކޮއްލެވޭތޯ ބަލާނެ
ސަރުކާރު ކެންޑިޑޭޓް
24 March 2024
ވައިކަރަދޫ އިން މި ދައްކައިދިނީ އިދިކޮޅު ޕާޓީގެ މެންބަރެއް ހޮވައިގެން މި ފަސް އަހަރު ހަމަ ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމުގެ ސާފު ހެކި. ވަރަށް ދެރަ.
މިއައު
24 March 2024
މެންބަރުންނަކީ މިކަހަލަ ކަންކަން ފަހިވުމާ ނުވުން ގުޅިފަ އޮންނަން ޖެހޭ ކަމެއް ނޫން. ތި ފެންނަނީ އޮޅިގެން ވެސް ކަރަޕްޝަން. ސަރުކާރުން ކުރަންޖެހޭ ކަމެއް މަތި ތިކުރަނީ ގާނޫން ހަދާ މަޖުލީހުގެ މެންބަރަކާ. ކޮންމެ ނިޒާމެއްއޮތަސް ވިސްނުން ތަރައްގީ ނުވަންޏާ ވާނެ މިކަން؟
ހަމަދޯ
24 March 2024
ނިމިދިޔަ ސަރުކާރުންވަނީ ތިބުނާ ގޮތައް މެންބަރުންނައް ބާރުދޫ ކޮރަޕްސަން ހިންގާފަ
ނާބަ
24 March 2024
ޔެސް
ދިއްގަރު ކަތީބު ވަރެއް ނެތް
24 March 2024
ގައިގަ ސައިބޯނި ލައިގެން ޑްރާމާ ޖައްސައިގެން ނޫނީ ރައްޔިތުންގެ މުހުތާދު ފިލުވާލެވޭނެ ގޮތެއް ނެތް ވަރަށް ކަންތައް ދިޔައިރު، ހަމަ ބަރާބަރަށް މަހުން މަހަށް މުސާރަ ނަގައިގެން ރައްޔިތުބްގެ ފަރާތުން ވަކާލާތު ކުރަން މީހަކު ހުއްޓޭ. އޭނާ ބުނިކަމަށްވަނީ ތިމަންނާ އިއްޔެ ދިން އިންޓަވިއު އެއްގަވެސް އެވާހަކަ ބުނީމޭ. ހީވާ ގޮތުން މުސާރަ ދެނީ އިންޓަވިއުދޭން ވެގެން.
ޝުކުރިއްޔާ މުހައްޝައްމޫނު
24 March 2024
މިއީ ސިޔާސީ ކަމަކަށް ހަދައިގެން ރަށަށް ކަރަންޓް ދިނުން ލަސްކުރުމަށް ކުރެވުނު މަސައްކަތްތައް ކުށްވެރިކުރަން. އެންމެ މީހެއްގެ ގޮޑި ދިފާއުކުރަން 700 މީހުންގެ ދިރިއުޅުމާ ކުޅެލުމަކީ މިއަދު ވައިކަރަދޫގައި އޮތް ތަފާތުކުރުމާ ބާކީ ކުރުމުގެ ސަގާފަތުގެ ސާފު ހެއްކެއް.
ފޮނިފޮނިޓައްޕު ކުމާރު
24 March 2024
ކަރަންޓު ގޮއްސިއްޔާ ސައިބޯނިލައިގެން ގިފިލިން ނުކުންނާތި. އޭރުން އަވަހަށް ޖަނަރޭޓަރު ލިބޭނީ.