25 މާޗް 2024 - 12:09
އދ. މަހިބަދޫ އާއި ދ. ކުޑަހުވަދޫގައި އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
އެމްއައިބީއިން މި ދެ ރަށުގައި ބެހެއްޓި އޭޓީއެމްތަކަކީ 24 ގަޑިއިރު ފައިސާ ޖަމާކޮށް ނެގޭނެ އޭޓީއެމްތަކެކެވެ. މި އޭޓީއެމްތަކުން އެއްފަހަރާ ދެ ލައްކަ ރުފިޔާ ޖަމާކުރެވޭނެ އެވެ. އަދި ވިޔަފާރިތަކަށް ބިޒްނަސް ކާޑު ބޭނުން ކޮށްގެން އިތުރަށް ޖަމާކުރެވޭނެ އެވެ.
އެމްއައިބީއިން ބުނީ މި އޭޓީއެމްތަކަކީ އެންމެ ފަހުގެ އޭޓީއެމްތަކެއް ކަމަށާއި މި އޭޓީއެމްތަކުގައި ކާޑު ބޭނުންނުކޮށް ވެސް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. ކާޑާއި ނުލާ ފައިސާ ޖަމާކުރެވޭނީ ފޯނު ނަމްބަރު ބޭނުންކޮށްގެންނެވެ.
މި ގޮތަށް ފައިސާ ޖަމާކުރުމަށް ފޯނު ނަމްބަރު ޖެހުމުން އޯޓީޕީއެއް ލިބޭނެ އެވެ. އޯޓީޕީ ނަމްބަރު ޖަހާ ވެރިފައިކުރުމަށް ފަހު، ފައިސާ ޖަމާކުރަން ބޭނުންވާ އެކައުންޓު ނަމްބަރު ޖެހުމަށް ފަހު ފައިސާ ޖަމާކުރެވޭނެ އެވެ.
އެމްއައިބީއިން ބުނީ މި ދެ ރަށުގައި ބެހެއްޓި އޭޓީއޭމްއާ އެކު އެ ދެ ރަށުގެ ކަސްޓަމަރުންނަށް އެ ބެންކުން ދެމުންދާ ހިދުމަތްތައް އިތުރަށް ފުރިހަމައަށް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
25 March 2024
ސުވާލަކީ ތިޔަ އޭޓީއެމް އިން ޑޮލަރު ނުގޭނެ ތޯ؟