މަގޫދޫގައި އަޅަމުން އަންނަ އެއާޕޯޓުގެ މަސައްކަތް -
01 އެޕްރީލް 2024 - 11:18
ބޮޑުބައެއް ނިމިފައިވާ ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުއްލިއަކަށް ހުއްޓާލި ކަމަށް ބުނާ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ މަގޫދޫ އެއާޕޯޓުގެ 70 ޕަސެންޓު ނިމިފައިވަނިކޮށް އެ މަޝްރޫއު ހުއްޓާލުމަކީ، އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށް ރައީސް ވެފައިވާ ވައުދާ ވެސް ހިލާފު އަމަލެއް ކަމަށެވެ.
ކުއްލި މައްސަލާގައި ވެސް ވަނީ މިއީ މަޖިލިސް އިންތިހާބުގައި ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާއަށް އެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި މިއީ، ރައީސްގެ އާއިލީ އަދި ސިޔާސީ ނިންމުމެއް ކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމަށް ވެސް މައްސަލާގައި ބުނެފައިވެ އެވެ.
"ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތަކަކީ އަމިއްލަ މަންފާ އަށް، އާއިލީ މަންފާއަށް ނުވަތަ ސިޔާސީ މަންފާއަށް ބޭނުން ކުރުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ބާރުތަކެއް ނޫނެވެ." ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
މިއީ އިގްތިސޯދީ ގޮތުންނާއި އިޖުތިމާއި ގޮތުން ދިވެހި ދައުލަތާއި ދިވެހިރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ، މިކަން ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާފައިވެ އެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ވަނީ ފަށައިފަ އެވެ. މައްސަލައަށް ބަހުސް ކުރައްވަމުން ހަލީމް ވިދާޅުވީ ނިލަންދޫގައި އެއާޕޯޓު އެޅުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު ބޮޑުބައި ނިމިފައި އޮތް އެއާޕޯޓެއްގެ މަސައްކަތް ހުއްޓާލުން ގަބޫލުނުކުރެވޭ ކަމަށާއި އެއީ އިސްރާފެއް ކަމަށެވެ.
އޭނާ ވަނީ މި މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މަގޫދޫގެ ރައްޔިތުން ވަނީ އެއާޕޯޓާ އަލުން ފަށައި ނުވަތަ ޖަވާބެއް ލިބެންދެން ކޮންމެ ރެއަކު މުޒާހަރާކުރަން ނިންމައި އެކަން ކުރަމުންނެވެ.
މަގޫދޫގައި ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގެ ތެރެއިން --
ނަމަވެސް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މީގެ ކުރިން "މިހާރު" އަށް ވިދާޅުވީ އެއާޕޯޓު ޕްރޮޖެކްޓް ހުއްޓާލަން އެމްޓީސީސީ އަށް އަންގާފައިނުވާ ކަމަށެވެ.
"އެމްޓީސީސީގެ އަމިއްލަ ކަމަކާ ގުޅިގެން މަޑުޖައްސާލީ ކަމަށް ވެދާނެ. ސީދާ ސަރުކާރުގެ އެއްވެސް އިންސްޓްރަކްޝަނެއް ނެތް މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑުޖައްސާލާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ޑޮމެސްޓިކް އެއާޕޯޓު ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ނިލަންދޫގައި ހަދާ އެއާޕޯޓަށް ބިން ހިއްކަން މިދިޔަ ބުދަ ދުވަހު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
އޭގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކައި، 2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖަހާނެ އެވެ.
ލޯންޗެއްގައި މަގޫދޫން ނިލަންދު އަށް ފަސް މިނިޓުން ދެވޭނެ އެވެ. ލަކުޑި ފެރީއެއްގައި ވެސް 20-25 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުކަލޯ
02 April 2024
ފުރަތަމަ ކުރަންވީ ފާފު ދާލު އަތޮޅު ފެރީ ކުރަންދިން ރަށް ވޮށްމުލި ދޫރެސް އަތޮޅުމީހުންގެ އެއްޗަކަށް ހަދަންވީ - މިކަންއެބަޖެހޭ ބަލަން، ކޮބާތަ އޭސީސީ. ދޮންބިލެއް އެކައުންޓްވެސް ބަލަންޖެހޭ ކުއްލި މައްސަލަ ލާންވީ. ކިހިނެއްހޭ މީނަގެ ތަންތަނަށް ހަދައިގެން މިތަންތަން ކާލއަިގެން ވަގަށް މިއުޅެނީ. ދ.އަތޮޅު އެންމެ ބޮޑު ރަށް މާދެލިވެސް އެއޮތީ އެންގުމަކާ ނުލަ އިންޑިޔާ ބަޔަކަށް މީނައަށް ބައިވާގޮތައް އެމްޑީޕީ މެމބަރުން ހޮވަން ހަރަދުކުރާގޮތައް ދީފަ.
މުއްލާ ބަކުރު
01 April 2024
އެމްޑީޕީގެ ވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ނިލަންދޫ ރައްޔިތުން ނިކަމެތި ކުރުމުގެ ގޮތުން، ތަރައްގީގެ މަގުގައި ނިލަންދޫ އެމްޑީޕީގެ ސަރުކާރުން އެކަހެރި ކުރޭ. އެގޮތުން މިދިޔަ ސަރުކާރުން ނިލަންދޫއަށް އެއްވެސް ކަމެއް ކޮށްނުދީ، ނިލަންދޫގައި އަޅަން ހަމަޖެއްސި އެއަރޕޯޓްވެސް މަގޫދޫ ރައްޔިތުން ބޭނުންވާތީ އެރަށް ބަދަލުކުރީ. އެއީ މަގޫދޫގެ ބޮޑު އަޣްލަބިއްޔަތެއް އެމްޑީޕީއަށް ލިބޭތީ. އެދުވަހު ރ.އިބޫ އެ ސަކަރާތް ނުޖެހިނަމަ މިޙާލަތަކަށް ނާންނާނެ.
ސައުދާގެރަންގޮނޑި
04 April 2024
ސޯލިހްގެ ބޮލަށް ކަނޑާނެކަމެއްނެތް. ނިމެމުންދާ އެއާޕޯޓްގެ މަސައްކަތް ހުއްޓާ ތިޔަ ނިލަންދޫގަ އެޅުންތޯ އެންމެ ރަނގަޅި ނުވަތަ ތިޔަރަށުފަޅުގަ ރިސޯޓް އެޅުންތޯ ރަނގަޅީ.؟ އަވަހަށް ރިސޯޓް މަސައްކަތް ފެށުން މާބުއްދިވެރި
އާމަގު
01 April 2024
ނިލަންދޫގައި އެއަރޕޯޓް އެޅުމަށް ނިންމާ 3 އަހަރު ބަޖެޓްކޮށް، ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނިކޮށް، އެމްޑީޕީގެ ސަރުކާރުން މަގޫދޫގައި އެއަރޕޯޓް އަޅަންނިންމީ. ތަރައްޤީ އެއްފަސްވެގެން އަތޮޅުގެ ރައްޔިތުންނަށް ފައިދާއޮތީ. އެހެންނަމަވެސް ރ.އިބޫގެ ބަފައިބެއަށް މަގޫދޫ ބަކުރު ދަންނަވައިގެން އޭނާ މެދުވެރިކޮށް މަގޫދޫއަށް ބަދަލުކުރީ. އެއަރޕޯޓްގެ ނިމިފައިވަނީ %30. އޮތީ ހިއްކި ފަސްގަނޑު އެކަނި. އިގްތިސާދީ އެހެން ބޭނުމަކަށް އެތަން ބޭނުން ކުރުން މުހިންމު
ޛުލީނާ
01 April 2024
ދޮންބިލެތަށް ބުނެލަން އޮތީ، މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ހުއްޓާލިނަމަވެސް، އެ މައްސަލަ ބެލުމަކީ އޭސީސީގެ މެންޑޭޓަށް ފެތޭ މައްސަލައެއް ނޫނޭ. އޭސީސީއަކުން އެ މައްސަލައެއް ނުބެލޭނެޔޭ. ވަރަށް ސަލާމް.
ގަހުވަ ތަށި
01 April 2024
އެއްކަލަ އުނދުޅި ބާނާ ގުރޫޕު އުނދުޅި ބާނަން ފެއްޓީ.