މަގޫދޫ އެއާޕޯޓުގެ ޕްލޭން --
12 މެއި 2025 - 11:38
ފ. މަގޫދޫގައި އެއާޕޯޓު އަޅަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށާއި އެކަމަކު މި ދައުރުގައި އެ އެއާޕޯޓު ނިންމައި ހުޅުވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަގޫދު އެއާޕޯޓާ ގުޅިގެން މިނިސްޓަރާ ސުވާލު ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ. ޝަމްހީދު ވަނީ އެ ރަށު އެއާޕޯޓުގެ މަސައްކަތް ހުއްޓުނީތޯ އާއި އެކަމުގެ ސަބަބުން ދައުލަތަށް ކުރާނެ ގެއްލުމާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ.
ޖަވާބުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ލަސްތަކެއް އައި ނަމަވެސް މި ދައުރުގައި އެއާޕޯޓުގެ މަސައްކަތް ނިންމައި ހުޅުވާނެ ކަމަށެވެ.
މުއްތަލިބް ވިދާޅުވީ އެންމެ ކުރިއްސުރެ ނިލަންދޫގައި ހަދަން ކަނޑައަޅާފައި އޮތް އެއާޕޯޓު މަގޫދޫގައި ހަަދަން ކުރީގެ ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށެވެ.
"[ގަބޫލުކުރަން] އަބަދުވެސް ނިލަންދޫގައި އަޅަން ކަނޑައަޅާފައި އޮތް ޕްރޮޖެކްޓެއް މަގޫދު އަށް ބަދަލުކުރީ އެންމެ ރަނގަޅަކަށް ނޫންކަން. އެއާއެކީ ޑިވޮލޮޕްމެންޓަލް ޕްލޭނާ އެކު ސަރުކާރުން ނިލަންދޫގައި އެއާޕޯޓު އަޅަން ޖެހެނީ ވެސް. އެހެން ނަމަވެސް ނިލަންދޫގައި ފަށާފައި އޮތް މަޝްރޫއު އަޅުގަނޑުމެން ގޮސް ނިންމާނަން،" މުއްތަލިބް ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓުގައި މިވަގުތު ކުރިއަށް ގެންދަނީ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކަމަށާއި ލަސްތަކެއް ހުރި ނަމަވެސް އަވަސްކުރަން ކުރަން ޖެހޭ ކަންކަން ސަރުކާރުން ކުރާނެ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް މެދުކަނޑާލީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗު މަހު އެވެ. ނަމަވެސް އެ މަސައްކަތް މެދުކަނޑާލީ ކީއްވެ ކަމެއް ސަރުކާރުން އޭރު ނުބުނެ އެވެ. އެ މައްސަލާގައި އެ ރަށު ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ.
ފެބްރުއަރީ 15، 2023: ފ. އަތޮޅުގައި ހަދާ ފުރަތަމަ އެއާޕޯޓްގެ މަސައްކަތް ގޮސްފައިވާ ހިސާބު؛ މަސައްކަތް ހުއްޓާލިއިރު 75 ޕަސެންޓް މަސައްކަތް އޮތީ ނިމިފައި -- ފޮޓޯތައް: ވިޝާހް ޒަރީރު
އެ ރަށު އެއާޕޯޓުގެ މަސައްކަތް އެއްކޮށް ހުއްޓާލާފައިވާއިރު، ގާތްގަނޑަކަށް 75 ޕަސެންޓް މަސައްކަތް އޮތީ ނިމިފަ އެވެ. އޭގެ ތެރޭގައި ރަންވޭގެ މަސައްކަތާއި ޓަވަރާއި ފަޔާ ސްޓޭޝަންގެ މަސައްކަތުން ވެސް ބޮޑު ބައެއް އޮތީ ނިމިފަ އެވެ.
މަގޫދޫ އެއާޕޯޓު މަސައްކަތް ހުއްޓާލުމާ އެކު، އެ ރަށާ ވަރަށް ކައިރީގައި އޮންނަ ފ. ނިލަންދޫގައި ވެސް އެއާޕޯޓެއް އަޅަން މި ސަރުކާރުން ވައުދުވެ، އެ މަސައްކަތް އެމްޓީސީސީއާ ވެސް ހަވާލުކުރި އެވެ.
މަގޫދޫ ރައްޔިތުން އޭރު ތުހުމަތު ކުރި ގޮތުގައި މަގޫދޫ އެއާޕޯޓު ހުއްޓާލައި، އެ ރަށާ ކައިރީގައި އޮންނަ ނިލަންދޫގައި އެއާޕޯޓެއް އަޅަން ނިންމައި އެ މަސައްކަތް އަވަސްކުރުމަކީ، ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާގެ ކެމްޕެއިނެއް ދިން ހަދިޔާއެކެވެ.
މަގޫދުގައި ހަދަން ފަށާފައި އޮތް އެއާޕޯޓަކީ ރާއްޖޭގައި އަޅާ އެންމެ ބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓެވެ. އެ އެއާޕޯޓު ހެދުމަށް 252 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކުރިއިރު، އެއާޕޯޓް ހަދަން ހަވާލުކުރީ 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު، ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށެވެ.
ދެ ރަށުގައި ވެސް އެއާޕޯޓު އަޅާއިރު، ލޯންޗެއްގައި މަގޫދޫން ނިލަންދު އަށް ފަސް މިނިޓުން ދެވޭނެ އެވެ. ލަކުޑި ފެރީއެއްގައި ވެސް 20-25 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުދީދީ
13 May 2025
މުއްތަލިބަކަށް ނުބުނެވޭނެ ގޯސްކޮންނެކޭ. އެއަރޕޯޓް އަޅާނެ ރަށެއް ނިންމާނީ އެއިރެއްގައި އެ އޮންނަ ސަރުކާރަކުން. ދެން މަގޫދޫ އެއަރޕޯޓްގެ ތާރީޚް ކުޑަކޮން ކިޔާލަ ދޭނަން. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުން ސްޕީޑް ބޯޓުގައި ގިނަވެގެން 30 މިނިޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ ޕްލޭން އެންމެ ފުރަތަމަ އެކުލަވާލީ ރައީސް ނަޝީދުގެ ވެރިކަމުގައި. އޭރު އެއަރޕޯޓް އަޅަން ނިންމީ މަގޫދޫގައި.
ނިއުޓްރަލް
13 May 2025
މިނިސްޓަރ މުއްތަލިބް ވިދާޅުވީ " އެންމެ ކުރިއްސުރެ ނިލަންދޫގައި ހަދަން ކަނޑައަޅާފައި އޮތް އެއާޕޯޓު މަގޫދޫގައި ހަަދަން ކުރީގެ ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށެވެ." ފ.އަތޮޅުގައި އެއަރޕޯޓެއް އެޅުމަށް ރައީސް ޔާމިން ސަރުކާރުން ރަސްމީކޮށް އެންމެ ފުރަތަމަ އިޢުލާން ކޮށްފައިވާނީ މަގޫދޫ ގައި. ނަމަވެސް ކުއްލިއަކަށް އޭގެ ފަހުން ނިލަންދޫގައި އެއަރޕޯޓް އެޅުމުގެ ވާހަކަތައް ދެކެވިގެން ދިޔައީ. އެހެންވީމާ
އިޤާބުލް ވަޠަން
12 May 2025
ފްލެޓްތައް ދިނީ ގޯސްކޮށްކަމަށް ބުނި. މިކަންވެސް ތިޔަގޮތަށް ނިންމައިލަދީ
ސަސި
12 May 2025
ގޯސްކޮށް އޮތް ކަމެއް ކުރިއަށް ގެންދަނީ ކީއްކުރަންތަ؟ ހުސް މޮޅު ވާހަކަ ދައްކަނީ ކީއްކުރަންތަ؟
އެކޮއި
12 May 2025
ތިހާކައިރި ކައިރީ 2 އެއާރޕޯޓް ހުޅުވައިގެން ތިޔަތަނަށް ދަތުރުކުރަނީ ޖިންނި ޝައިޠާނުންނާއި މަސްމަހާމެހިތޯ؟ ތިއިން ކޮންމެތަނަކަށް އައްޑިހަ ވަރަކަށް މުވައްޒަފުންބޭނުންވާނެ. ތިތަންތަނުގެ ޚަރަދު ދެކޮޅުޖައްސާނެ އެއްއޮތެއްވެސް ނޭނގެ، މަގޫދޫގައި އެއަރޕޯޓެއް ނިމިފައިއޮއްވާ ނިލަންދޫ އެއަރޕޯޓެއްއެޅުމުން މަގޫދޫއަށް ދަތުރުކުރާނީ އާބާދީ މަދު މަގޫދޫ މީހުންއެކަނި. އެހެންކަމަށްވާނަމަ މަހަކު އެއްފުލައިޓްވެސް މަގޫދޫއަށް ބާއްވާނެކަމާމެދު ޝައްކު.
މފއއ
12 May 2025
ޅ. ނައިފަރަކީ ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު އާބާދީއެއް އޮތް ރަށެއް. ނައިފަރުގާ އެއާޕޯޓެއް އެޅުން މުހިއްމު. ނައިފަރުމީހުން ކަނޑު ދަތުރުކޮށްފާ މަޑިވަރު އެއާޕޯޓަށް ދިއުން އިންސާފެއް ނޫން. އެމްޕީ ޔާސީން މިކަމާއި މެދު ފުންކޮށް ވިސްނަވަން ޖެހޭ.
ހޭބަލި
12 May 2025
މަގޫދޫ އެއަރ ޕޯޓް އަޅަން ފުރަތަމަވެސް ނިންމީ ޕީޕީއެމްގެ ސަރުކާރުގައި ރައީސް ޔާމީނުގެ ވެރިކަމުގައި އިންފްރާސްޓްރަކްޗަރ މިނިސްޓަރަކަށް މުއިއްޒު ހުރެއެވެ. އެ ސަރުކާރު ނިމިދިޔައިރު އެނިންމުން ބަދަލު ކުރިކަމެއް އެނގޭކަށް ނެތެވެ. ވީމާ، ރައީސް ސޯލިހުގެ ސަރުކާރު ބޮަލަށް ތިކަން ޖެހޭކަށް ނެތެވެ. ކުރީ ސަރުކާރުން ކުރިކަމަކީ އޭނގެ ކުރީގެ ސަރުކާރުން (ރައީސް ޔާމީނު) ނިންމާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތެވެ.
ހަމީކް
12 May 2025
ދެން މިގައުމަށް އަންނަ ވެރިއަކު ދަރަބޫދޫގައި އެއަރޕޯޓްއެއް އަޅާނެ ކަމަށް ބެލެވޭ..މިހާރުވެސް ނިލަންދޫ އެއަރޕޯޓް މަގޫދޫ އެއަރޕޯޓް ދުނިޔޭގެ ރެކޯޑަކަށްވާނެ..އެއްމެ ކައިރީ އެއަރޕޯޓް..އެއްމެ 10މިނިޓުން ލޯނޗްގައި ދެވޭ.
ވައުދުތަށްވެސް ހަމަތިގިތަށެއްނު އިބޫވިވައުދެެއްވީމަ.
12 May 2025
ޕޯރްޓްވެސް ބަދަލުކުރީ ހަމަ ތިކަހަލަ ގޮތަކަށް ދެއްތޮ؟
މަރުމޯލް
12 May 2025
ދެންވެސް ބޭކާރު ހަރަދު ނުކޮށް ނިލަންދޫ އެއާރޕޯޓް ކެންސަލް ކޮށް، މަގޫދޫގައި ކުރިއަށްދާ ޕްރަޖެކްޓް ނިންމަބަލް. ތަރައްގީގެ ޕްލޭން އަކީ މަޝްރޫތަކާއި އެކު ބަދަލުވާ އެއްޗެއް.