ލިޓަސްއިން ލަންކާއަށް ގެންދިޔަ މުވައްޒަފުންތަކެއް އެކްޓިވިޓީއަކަށް ދާން ތައްޔާރުވެގެން. ފޮޓޯ:ލިޓަސް
19 ފެބުރުއަރީ 2017 - 11:03
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރިކުރާ ކުންފުނީގެ މުވައްޒަފުންގެ އެކުވެރިކަން އާލާކޮށް، ޓީމު ވަރުގަދަކުރުން މި ފަހަރު އޮތީ މުޅިން ތަފާތު ގޮތަކަށެވެ. ކުންފުނީގެ 100 އެއްހާ މުވައްޒަފުން ގޮވައިގެން ދިޔައީ އަވަށްޓެރި ސްރީލަންކާ އަށެވެ. މިއީ ރާއްޖޭގެ ކުންފުންޏަކުން މިހާތަނަށް އެންމެ ގިނަ މުވައްޒަފުން ގޮވައިގެން ރާއްޖެއިން ބޭރަށް ކުރި ދަތުރެވެ.
ލިޓަސްގެ ކުޑައިގެ ދަށުން ހިންގާ ކުންފުނިތަކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ކަހަލަ ގޮތަށް މިދިޔަ ހަތަރު ދުވަސް ހޭދަކުރީ މުޅިން ޗުއްޓީއެއް ގޮތަކަށް ވެސް ނޫނެވެ. އެކި ސަރަހައްދުތަކަށް ގޮސް ތަފާތު ހަރަކާތްތައް ހިންގައި، ތަޖުރިބާ ހޯދުމުގަ އެވެ.
ލިޓަސްއިން ލަންކާއަށް ގެންދިޔަ މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ:ލިޓަސް
"އަޅުގަނޑުމެންގެ މިދަތުރުގެ މައިގަނޑު ބޭނުމަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ޓީމް ބިލްކުރަން ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދިއުން. އެގޮތުން ބައެއް ވޯކްޝޮޕެއް ގޮތަށް ވެސް ބައެއް ހަރަކާތްތައް ކުރިޔަށް ގެންދިޔަ،" ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ މުވައްޒަފުންނަށް ތަފާތު އެކި އެކި ތަޖުރިބާތައްކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ލަންކާގެ އެކި ސަރަހައްދުތަކަށް ގެންދިޔަ އެވެ. އެގޮތުން ވޭޔަންގޮޑާ، ކިތުލްގަލަ، ތަލަވައްކަލެ، ނުވަރަލިޔާ އަދި ނިގޮމްބޯ އަށް މުވައްޒަފުން ގެންގޮސް ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މެނޭޖްމަންޓުން މި ދަތުރު އިންތިޒާމްކުރި މައިގަނޑު ސަބަބަކީ މުވައްޒަފުން މިދިޔަ އަހަރު ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް. ކުންފުންޏަށް މިދިޔަ އަހަރު ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިދީފައި،" އާސިފް ވިދާޅުވި އެވެ.
ލިޓަސްއިން ލަންކާއަށް ގެންދިޔަ މުވައްޒަފުންތަކެއް ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ:ލިޓަސް
އޭނާ ވިދާޅުވީ މި ދަތުރުގެ ސަބަބުން އެކި ރަށްރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލޭގައި މަސައްކަތްކުރާ މުވައްޒަފުން ބައްދަލުވެ އެކުވެރިކަން އާލާވެ، ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މުވައްޒަފުން އަތޮޅުތަކުގައި ވެސް އެބަ މަސައްކަތްކުރޭ. މި ދަތުރުގެ ސަބަބުން އެ މުވައްޒަފުންނާ ވެސް ބައްދަލުވެ، ތައާރަފްވުމުގެ ފުރުސަތު ލިބިގެން ދިޔަ. އަދި މި ދަތުރުގެ ސަބަބުން ހުރިހާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާވެ، ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ތިބީ،" އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދަތުރުގައި މުވައްޒަފުންނަށް ވިޔަފާރި އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރަންވީ ގޮތާއި އެނޫން ވެސް ތަފާތު ކަންތައްތައް ދަސްކޮށްދެވުނު ކަމަށެވެ.
"އަޅުގަނޑު މިފަހަރު މިދިޔަ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް. މީގެ ކުރިން ވެސް އަޅުގަނޑުމެންގެ މުވައްޒަފުން ގޮވައިގެން ރިސޯޓްތަކަށާއި އެކި ރަށްރަށަށް ދަތުރު ދިޔައިން. އެކަމަކު މިފަހަރު މިއީ މުޅިން ތަފާތު ތަޖުރިބާކުރެވުނު ދަތުރެއް،" އާސިފް ވިދާޅުވި އެވެ.
ލިޓަސްގެ ޓީމް ވަރުގަދަކުރުމަށް ލަންކާގައި ހޭދަކުރި ހަތަރު ދުވަހަށްފަހު ބައެއް މީހުން މިހާރު ވަނީ ރޭ އެނބުރި ރާއްޖެ އައި މަސައްކަތަށް ނުކުމެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
20 February 2017
މުބާރިކް އަދި ޒާހިދަކީ ކިޔަވާގެންތިބި ހަރުދަނާ 2 ބޮހުންނަށްވީމަ މިހާ މުވައްޒިފުންނަށް ރަނގަޅީ ރާއްޖޭގެ އެހެން ކުންފުލިތަށްވެސް ލިޓަސް އަސްލަކަށް ބަލަންވީ.
ސިނނޭ
20 February 2017
ލިޓަސް އެެއީ ނަމްބާ 1 ކުންފުނި ރާއްޖޭގެ.
އަލީ
19 February 2017
އަޅުގަނޑުމެންނަށް މިއުޅެނީ ކައިރީގައި އޮތް ރަށަށްވެސް ނުދެވިގެން!
އަދިރި
20 February 2017
ނުދާން ހުންނަނީ. މަސައްކަތްވެސް ނުކުރަނީ. ލިބޭހާ ލާރި އިސްރާފުކުރަނީ. ދިރިއުޅުމުގައި އެއްވެސް ރޭވުންތެރިކަމެއްވެސްނެތީ. ޙަރަދު ކުޑަކުރުމާއި ފަހަށް ރައްކާކުރުމާއި އާމްދަނީ އިތުރުކުރެވިދާނެ ގޮތެއް ހޯދުމަށްވެސް ކުޑަކޮންވެސް ވިސްނާ ނުލަނީ.
ޗިކުސް
19 February 2017
ރާއްޖޭގެ ގިނަ ވިޔަފާރިވެރިން ނަކީ ވަރަށް ދަހި ބަޔެއް. ހަގީގަތެއް މީ.
ބަލްކު އެންޑް ބަލަކް
19 February 2017
ރައްޖޭގައިވެސް ރަގަނޅު ބޮހުން އުޅޭތާ....
ހަސަން
19 February 2017
އެލިއާ އިން މުވައްޒަފުންގެންދަނީ ޖަޕާނަށް. ކުރިއެރުމެއް ލިބޭނީ ކުރިއަރާފައިވާ ގައުމަކަށް ގޮސްގެންނު.
ެެނުދިޔަސްވެދާނެ
20 February 2017
ކޮންމެހެން އެތާކަށް ގެންދާކަށް ނުޖެހޭ. ކުރިއަރާނެ ކޮންމެހެން ގައުމަކަށް ނުދިއަސް. މަގުސަދު ޙާސިލުކުރުން ބޭނުންވަނީ.