ރާއްޖެ އިން މިދިޔަ ޖެނުއަރީ މަހު ޗައިނާގައި ބޭއްވި މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ރައީސް ޑރ. މުއިއްޒާއި މިނިސްޓަރު ސައީދު މަޝްވަރާ ކުރައްވަނީ
01 އެޕްރީލް 2024 - 17:24
ރާއްޖެ އަށް ދިމާވެފައިވާ މައްސަލައަކީ ވެރިކަން ކުރެއްވުމަށް ފަހު، ވަޑައިގަންނަވާ ބޭފުޅުންނަށް އެހެން ވެރިއަކު ވެރިކަން ކުރައްވާ މަންޒަރު ހަޖަމު ނުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގަައި ހިމެނިވަޑައިގަންނަވާ ސައީދު އެހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ޕީޕީއެމްގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި އެ ޕާޓީން އަމިއްލައަށް ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޔާމީން އެ މަނިކުފާނުގެ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، ޑޮލަރުގެ އަގު މިހާރު ދަށްވެފައި ވަނީ ސަރުކާރުން ކުރި ކަމަކުން ނޫން ކަމަށާއި މަޝްރޫއުތައް ހުއްޓާލާފައި އޮތުމުން ތަބީއީ ގޮތުން ވެސް ޑިމާންޑު ދަށްވެ، ޑޮލަރުގެ އަގު ދަށްވީ ކަމަށެވެ. އެކަމުގައި ސަރުކާރުގެ އެއްވެސް މަސައްކަތެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
އެހެންވެ، ޔާމީނަށް ރައްދު ދެއްވައި ސައީދު "އެކްސް" ގައި ވިދާޅުވީ، ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށެވެ. އެހެން އެކަން ވަނީ ރައީސް މުއިއްޒުގެ ސަރުކާރުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހުއްޓިފައިވާ އެތައް މަޝްރޫއުތަކެއް އެ ދަނީ އެއްވެސް ވެރިކަމެއްގައި މިހާ ކުރީކޮޅު ކުރިއަށް ނުދާ ބާރު މިނުގައި ކުރިއަށް،" ސައީދު ވިދާޅުވި އެވެ.
މިއީ ހަގީގަތް. ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައަސަލައަކީ ވެރިކަންކޮށް، ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމު ނުވުން،"--- ސައީދު
އޭނާ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ، އާ ސަރުކާރަކާ ވެރިކަން ހަވާލުވިއިރު އޮތް އެންމެ ނުރައްކާތެރި ހާލަތުގަ އެވެ.
"މިއީ ހަގީގަތް. ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައަސަލައަކީ ވެރިކަންކޮށް، ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަން ކުރާ މަންޒަރު ހަޖަމު ނުވުން،" ސައީދު ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ގެންދަވަނީ ރައީސް މުއިއްޒާ މެދު އުފެދުނު ނުތަނަސްކަމާ ހެދި މި ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.
ރައީސްކަމަށް މުއިއްޒު އިންތިހާބުވުމާ އެކު، އެ މަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ޔާމީން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
03 April 2024
ސައީދުއައް ބޮޑުމަގާމެއްނުލިބި އެއްވެސް ވެރިކަމެއް ހަޖަމުވިތަ؟.
ޔުމް
02 April 2024
ސައިދޫ އެއްމެ ބޮޑު މައްސަލައަކީ ހަރާން ހިކުމެއް މިހާރު ހަލާލުވިގޮތް ސައިދު ކިޔާލަދީބަށް, މުއިޒުވެސް އެތެއް ފަހަރަކު ބުނި ހަރާން ހުކުމެކޭ, ކަލޭމެން އުޅުނުގޮތް ހީކުރީ މިހާރު ހަދާން ނެތިދާނެހެންތަ?
ވަޅޯ ފިނިފެންމާ
02 April 2024
މިއަދު މަގާމެއް ލިބިފަ ހުރީމަ ހަޖަމްވެގެން ތި ހުރީ، ތީ ކާކު.
އަހްމަދ
02 April 2024
ގާސިމް ދަރިއެއްހެން ގެންގުޅެނިކޮށް ދޯކާދީފަ ދިޔަމީހެއްގެ ހުންނާނެ ފެންވަރު ވިސްނާ....
ޕޫރުބެ
02 April 2024
ސަޢީދަށް ވެރިކަން ހަޖަމްވަނީ، މިނިސްޓަރުކަން ލިބުނީމާ! އެވަރަށް ނުވަތަ އެއަށްވުރެ ބުރަކޮށް މަސައްކަތްކޮށް ހުސްގޮނޑިވިއްކާ ތާކުންތާކު ލައްވާނުލީމާ އަދި އަގު ނުކުރީމާ އެވާހަކަ ދައްކާނެދޯ! ވަޢުދުތަކާއި ދެއްކިވާހަކަ ހުސް ހޮޅިއަށް ހަދާލީނޫން!
ފުހި
02 April 2024
ހަޖަމުގެ މައްސަލަ އުޅޭ މީހުން އިންގޭ ވެރިކަމައް އައީ ޔާމީނާ އެބޭފުޅާގެ އަބިކަބަލުން މަގުމައްޗައްނެރެގެން އެހެން ނޫންނަމަ މުއިޒަކައް ވެރިކަމުގެ ވަސްވެސް ނުލިބުނީސް . މުއިޒަކީ ރައްޔިތުން ބަލައިގަންނަ މީހެއްނޫން
ޔެގުމޯޓޯ
02 April 2024
ތެދުފުޅެއް.. އެއްވެސް އިރެއްގައި އިދިކޮޅުގައި ތިބޭ ބަޔަކަށް އެއިރު އޮންނަ ވެރިކަމެއް ހަޖަމެއް ނުވާނެ. ތިޔަ ބޭފުޅުންވެސް އިހަށް ދުވަހަކާއި ޖެހެންދެން އުޅުއްވި ގޮތް ފެނުނު އެންމެންނަށް.
މައު
02 April 2024
ކޮންމެ މީހެއް ބުންޔަސް ތީ ހަމަ ވަރަށް ބޮޑު ތެދެއް! އެންމެ ފަހުން ފޭބީ އިބޫ، ހަޖަމެއް ނުވި އެމް.ޑީ.ޕީ ގަ ޑިމޮކްރެޓިކް ވޯޓެއް ލާންވެސް ކެޑިޑޭޓެއް ހޮވަން. އޭގެ ކުރިން ފޭބީ ޔާމީން. ކުރިމަތި ނުލެވުނީމަ ބުނީ ބޯއިކަޓް ކުރާށޭ، ހަޖަމެއް ނުވި އެހެން މީހަކަށް ފުރުސަތު ދޭން. އޭގެ ކުރިން ފޭބީ ވަހީދު، ހަޖަމެއް ނުވި ޕީ.ޕީ.އެމް. އިން އެހެން މީހަކަށް ފުރުސަތުދޭން. އޭގެ ކުރިން ފޭބީ ނަޝީދު، ހަޖަމެއް ނުވި ކުރިމަތި ނުލެވިގެން އިބޫގެ ވެރިކަން ދުއްވާލީ. އޯލް ސޭމް!
ހަޖަމޭ އަދުރޭގެ ސަރުކާރު
02 April 2024
ވެރިކަން ހަޖަމްކުރަންޖެހޭ ސަބަބެއްނެތް. ވެރިކަން ހަވާލުކުރީމަ ގައުމަށާއި، ތިމާމެން ވެރިކަމަށް ގެންނަން ބުރަކޮށް މަސައްކަތްކުރި އެތަކެއް ދިވެހިރައްޔިތުންނައް އޮޅުވާލައި، ދޮގާއި މަކަރުވެރި ރޭވުމަކުން، ޕީޕީއެމްގެ އެތައް ބަޔަކު ބާކީކޮށް، ރައްޔިތުންނަށް ކަނޑައެޅިގެން ބޮޑެތި ގެއްލުންލިބޭގޮތައް ކަންކަން ބައްޓަންކުރީމަ ހަޖަމެއްނުވާނެ. ހަޖަމްކުރާނެގޮތެއް ނޮއޮންނާނެ. އަޅުގަނޑުމެން ނިކުމެމިތިބީ ވަރަށް ސާބިތުކޮށް. ހަޖަމްނުވެގެން އުޅެނީ މުއިޒުއާއި އަދުރޭ.
ވާވާ
02 April 2024
އެހެންދޯ ވާނީ! ރައީސް ޔާމިން ވިއްކައިގެން ވެރިކަމަށް އައިސް ތިޔަ އުޅެނީ އަދިވެސް އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން!