02 އެޕްރީލް 2024 - 08:06
ޕެރިސް (އޭޕްރީލް 2) – އަބަދު ކިލިޔަން އެމްބާޕޭގެ ސުވާލު ކުރާތީ، މިހާރު އޭނާ ފޫހިއްވެއްޖެ ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
އެމްބާޕޭ އަށް ޕީއެސްޖީގައި ކުޅޭން ފުރުސަތު ދޭ ވަގުތު މަދުވުމުން ނޫސްވެރިން އެ ސުވާލު އެންރީކޭއާ ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ.
އެމްބާޕޭ ނެތް ދުވަހަކަށް ވެސް ތައްޔާރުވާން ޖެހޭ ކަމަށް ބުނެ އެ ސުވާލަށް އެންރީކޭ ޖަވާބު ވެސް ދީފައި ވެއެވެ. ލީގުގައި ވާދަވެރި މާސޭއާ ދެކޮލަށް ކުޅުނު މެޗުގައި ވެސް 65 ވަނަ މިނެޓްގައި އެމްބާޕޭ ބަދަލު ކުރި އެވެ.
އެ މެޗަށް ފަހު ނޫސްވެރިން އަނެއްކާ ވެސް އެ ސުވާލު ކުރުމުން އެންރީކޭ ބުނީ ކޮންމެ ހަފުތާ އަކު އިވެނީ އެއް މިޔުޒިކެއް ކަމަށެވެ.
"ހަމަ ކޮންމެ ހަފުތާއަކު މި އިވެނީ އެއް މިޔުޒިކެއް. މިހާރު ވަރަށް ފޫހި ވެއްޖެ،" އެމްބާޕޭއާ ގުޅޭ ސުވާލު ކުރުމުން އެންރީކޭ ބުންޏެވެ.
"އަހަންނަކީ މެނާޖަރު [ކޯޗު] ކޮންމެ ދުވަހަކު އަހަރެން ނިންމަން ޖެހޭ ކަންކަން ހުންނާނެ. ކޮންމެ ހަފުތާ އަކު ވެސް ހުންނާނެ، ޕެރިހުގައި އަހަރެން ހޭދަ ކުރާ އެންމެ ފަހު ދުވަހާ ހަމައަށް ނިންމުންތައް ނިންމާނީ އަހަރެން.
"އަހަރެން އަބަދުވެސް މަސައްކަތް މި ކުރަނީ އަހަރެންގެ ޓީމަށް އެންމެ ރަނގަޅު ނިންމުންތައް ނިންމަން. ފަހަރެއްގައި އަހަރެންގެ ނިންމުން ގޯސް ވެސް ވެދާނެ އެކަމަކު އަހަންނަށް ހީވަނީ އަހަރެން މި ނިންމަނީ އެންމެ ރަނގަޅަށް ހެން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބޮއް ސައީދު
03 April 2024
ކިއްލި އެމް ބައްޕަ އަކީ ދެން ފެންވަރު އޮޅިގެން މާ ބޮޑާ ވެގެން އުޅޭ މީހެއް. ޢަދި މޮޅަށް ކުޅުނަސް އޭނަ އެކަނި ކުރާ ކަމެއްނޫން މޮޅި ވުމަކީ.