ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދެނީ: އެ ޕާޓީން މިހާރު ވަނީ 3،000 މެމްބަރުން ހަމަކޮށްފައި --- ފޮޓޯ/މިހާރު
04 އެޕްރީލް 2024 - 15:27
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ އަދަދަށް މެމްބަރުން ހަމަކުރުމުން އެ ޕާޓީ އުފެއްދުމުގެ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
ޕީއެންއެފް އުފެއްދުމަށް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީންގެ ނަމުގައި އެ އިލެކްޝަންސް ކޮމިޝަނަށް ކުރިން ހުށަހެޅި ނަމަވެސް އެ ޕާޓީން ހުށަހެޅި ބައެއް ފޯމުތައް ސައްހަ ނުވާތީ ޕާޓީ އުފެއްދުމުގެ ހުއްދަ ކޮމިޝަނުން ދީފައެއް ނުވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ޕީއެންއެފް އިން ހަމަކޮށްފައި ވާތީ އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް ދީފައިވާ ކަމަށެވެ.
ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާއަކީ އެ ޕާޓީގެ ވަގުތީ ލީޑަޝިޕާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ ބެހޭ ކަންކަން ފާސްކުރުމަށް ބާއްވާ ޖަލްސާ އެކެވެ. އެ ޖަލްސާ ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ވަކި އަދަދަކަށް މެމްބަރުން ހަމަވެގެންނެވެ.
މި ވަގުތު ޖަލު ހުކުމެއްގައި ހުންނެވި ޔާމީން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތް ދުވަސްވަރު ޕީޕީއެމް އިން އަމިއްލަފުޅަށް ވަކިވެ ވަޑައިގެންފަ އެވެ. އަދި އެމަނިކުފާނު މިހާރު ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނުން
08 April 2024
ތިޔައިީ ސުމެއްގެ ބައެއް.ޕާޓީގެ ސިޔާސީ ހަޔާތެއްނެއް. ފޫނެތް ގަޔަކަށް ގެނެއް ނޭޅޭނެ.
ބްރޯސް
05 April 2024
އެހާ ތާއީދު އޮތް ބޭފުޅަކު 3000 މީހުން ހަމަކުރަން ހާދަ ދުވަހެކޭ ތިނެގީދޯ؟
އަބޫ.
05 April 2024
އެއްދުވަހުން ޖަމީލު ހޯދަން އުޅުނު 3000 ، މީހުން ކައިރީގަ އާދޭސް ކޮއްގެން ތި ލިބުނީ. ޔާމީން ވެރިކަމުގަ އާރާއި ބާރު ލިބި ބޮޑާ ވުމުގެ ނަތީޖާ ފެނުނީ. ނަސީބެއް ފަހުން ނުލިބުނު ކަން. ކަންތައްތައް ގޯހުން ގޮސް ޔާމީނަށް ކަލަކީ ކާކުކަން އޮޅޭވަރަށް ކަންތައްތައް ދިޔައީ.
އަހުމަދު އަލީ
05 April 2024
3 މަހުން 3000 ކިރިޔާ . ކިހާ ތާއީދެއް !!!!!
ބޮޑިބަތް
05 April 2024
އެންމެރުންކުރު މީހުންނާގުޅިގެން މަސައްކަތްކުރަން ނުދަންނަބައެއް ލީޑަރޝިޕުގެ އެންމެކުރިން ތިޔަފެންނަނީ އަނެއްކާ ކިހާވަރަކުންދާނެބާ މުސްކުޅި ހަރުބަހެއްގައޮވޭ ދައްކަވަންހުރިތަނެއް ދައްކަވާފައޭ ގެންދަވާނީ މާތްރަސްކަލާނގެއާ ވަކީލު.
ސުއްޓާބޯބޭ
04 April 2024
ފޮޓޮއަށް ބަލާލުމުން ފެންނަނީ ހިތާމަޔާއި މޮޅިވެރިކަން ފެތުރިގަންނަން ތައްޔާރުކަމުގެ އަލާމަތެވެ. ރައީސް ޔަމީނުން ކަމެއް ކުރައްވަންޏާ އަވަހަށް އަނެއްކާވެސް އެހެން ޕާޓީއެއް ރަޖިސްޓްރީ ކުރަން މަސައްކަތް ފަށައިގަންނަންވީ. މިހާރު އެތިބަ ބޭކަލުންނަކީ މީހުންނާއި ގުޅިއުޅެން ދަންނަބައެއްނޫން. އެއްތަނަކު ފޫހަރާލައިގެން ގިނައިރަކު ނުތިބެވޭނެ.
އުދުހޭ
04 April 2024
ޕީއެން1 ޕީއެން2 ޕީއެން3 މިގޮތަށް ނަންކިޔާބަލަ އޭރުން ފަސޭހަވާނެ. ކޮންމެ ފަހަރަކު ނަމެއް ހޯދަން އުޅޭކަށް ނުޖެހޭނެ.
އަލީފު
04 April 2024
އަދިވެސް ޔާމީން ވަރުގެ ތަރައްގީ ގެނެވޭނެ ވަރުގެ ލީޑަރެއް ނެތްކަމަށް ގިނަ ބަޔަކު އިއްތިފާގުވޭ މިހަގީގަތް ގަބޫލު ކުރަންޖެހޭ ހިތާ ދެކޮޅަށް ނަމަވެސް މީހަގީގަތަކީ ؟؟؟؟
ބަލީފު
05 April 2024
ތަރައްގީ ގެނައީ ޔާމިނެއްނޫން. ޔާމީނު އުޅުނީ ދޫވެއްސަށް ގޯނި ނެގުމުގަ. ތަރައްގީ ގެނެސް ބުރިޖުއެޅީ ޑރ.މުއިއްޒު.
ބްރޯސް
05 April 2024
ތަރައްޤީ މިނަނީ ވައްކަން ކުރެވުނު ވަރުން ކަމަށް ވެއްޖިއްޔާ ޔާމީނު ވަރެއް ނެތް
މަލީކް
04 April 2024
މިޕާޓީ ހިންގުން އޮނަރަބްލް އަދުރޭ އާއި ޙަވާލުކުރަން ފެނޭ.
ސަޓް
04 April 2024
އުޅެ ބަލިބެގެން ތިވަރުވީމަ ގޯހެއްނޫން. ދެންވެސް ސައިޒުން ވާހަކަ ދައްކަން ނަސޭހަތްތެރިވަން