ދުނިޔެ / ސައޫދީ އަރަބިއްޔާ

ސައޫދީން މިސް ޔުނިވާސްގައި ބައިވެރިވާ ވާހަކަ ދޮގުކޮށްފި

ސައޫދީ އަރަބިއްޔާއިން މިސް ޔުނިވާސްގައި ބައިވެރިވާ ކަމަށް އިއުލާނުކުރި ރޫމީ އަލް ގަހްތާނީ

12 އެޕްރީލް 2024 - 14:42

16 comments

ދުނިޔޭގެ ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ސައޫދީ އަރަބިއްޔާއިން ބައިވެރިވާ ކަމަށް ބުނާ ވާހަކަ އެ މުބާރާތް ބާއްވާ މިސް ޔުނިވާސް އޮގަނައިޒޭޝަނުން ދޮގުކޮށްފި އެވެ.

ސައޫދީން ފުރަތަމަ ފަހަރަށް މި މުބާރާތުގައި ވާދަކުރާ ކަމަށް ބުނެ ސައޫދީގެ މޮޑެލް އެއް ކަމަށްވާ ރޫމީ އަލް ގަހްތާނީ، 27، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިދިޔަ މަހު ހާމަކުރުމާ އެކު ދުނިޔޭގެ ސަމާލުކަމަށް އެކަން ވަނީ އައިސްފަ އެވެ. ގަހުތާނީގެ ޕޯސްޓާ ހަވާލާދީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން މި ވާހަކަ ރިޕޯޓްކުރި އިރު ވެސް މިއީ ދޮގެއް ކަމަކަށް މިސް ޔުނިވާސް އިން ބުނެފައެއް ނުވެ އެވެ.

އެކަމަކު އިއްޔެ ނެރުނު ބަޔާނެއްގައި މިސް ޔުނިވާސް އިން ބުނީ މުބާރާތަށް މީހަކު ހޮވުމަށް ސައޫދީގައި އަދި ސިލެކްޝަން ޕްރޮސެސް ކުރިއަށް ނުގެންދާ ކަމަށާއި މުބާރާތުގައި އެ ގައުމުން ވާދަކުރާ ކަމަށް ބުނާ އެއްވެސް ވާހަކައަކީ އަދި ދޮގެއް ކަމަށެވެ.

"ސައޫދީ އަރަބިއްޔާ އަކީ މި އަހަރު ވާދަކުރާ ގައުމެއްގެ ގޮތުގައި އަދި ޔަގީނެއް ނުވެ އެވެ. އަދި ކުރަމުން މި ގެންދަނީ މުބާރާތަށް ޝަރުތު ހަމަވާ ބައިވެރިން ކަނޑައެޅުމަށް ބަލަންޖެހޭ އެތައް ކަމެއް ބަލައި ކަށަވަރުކުރުމުގެ ބުރަ މަސައްކަތް ކުރަމުންނެވެ.،" ބަޔާނުގައިވެ އެވެ. "މި ހުރިހާ ކަމެއް މުބާރާތުގެ އެޕްރޫވަލް ކޮމިޓީން ކަށަވަރުކުރުމުގެ ކުރިން މި ޝަރަފްވެރި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސައޫދީ އަރަބިއްޔާއަކަށް ނޯންނާނެ އެވެ."

ސައޫދީގެ މަޝްހޫރު މޮޑެލް ރޫމީ އަލް ގަހްތާނީ މިދިޔަ މަހު ފަހުކޮޅު ސޯޝަލް މީޑިއާގައި ބުނީ މިސް ޔުނިވާސްގައި ބައިވެރިވުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. މިއީ ސައޫދީން މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އޭނާގެ މި ވާހަކަތައް މިސް ޔުނިވާސް އިން ދޮގުކުރުމުން އަދިވެސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެ ޕޯސްޓްތައް ހުރި ގޮތަށް އެބަ ހުއްޓެވެ.

"މުބާރާތަށް ހޮވިއްޖެ ކަމަށް ރޫމީ އަލް ގަހްތާނީ އިއުލާނުކުރީ ކީއްވެ ކަމެއް ނޭނގެ. އޭނާ މުބާރާތުގައި ބައިވެރިވާން ބޭނުން ނަމަ އެހެން ކެންޑިޑޭޓުންނެކޭ އެއްގޮތަށް އޭނާ ވެސް ޖެހޭނީ ސައޫދީގެ ރީތީގެ މުބާރާތުގައި ވާދަކޮށް އެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރަން،" މިސް ޔުނިވާސްގެ ތަރުޖަމާނު، ސީއެންއެން އަށް ވިދާޅުވި އެވެ.

މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ސެޕްޓެމްބަރު އޮންނާނީ މެކްސިކޯގަ އެވެ. މުބާރާތުގައި 100 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ.

16 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 13%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުއްޓާލާ!

13 April 2024

ޢެބުނަނީ ސައޫދީ ން ވެސް ނޭޝަނަލް ބިއުޓީ ކޮންޓެސްޓެއް ބާއްވާފަ މޮޅުވާ މިހާގެ ނަން މުބާރާތުގަ ބައިވެރި ކުރަން ފޮނުވާށޭ! ޢަދި ހިތުހުރިގޮތަކަށް ނަމެއް ފޮނުވައިގެން ބައިވެރި ނުވެވޭނޭ!! ނަސީބެއް!!

The name is already taken The name is available. Register?

މުޑަހަންޖާ

13 April 2024

ގުރޫޕެއްގެ ބަޔަކު "މިސް ޔުނިވާސް" ކިޔައިގެން މުބާރާތެއް ބޭއްވިއޭކިޔާފަ އެއީ "ދުނިޔޭގެ ރީތީގެ މުބާރާތް" ކަމުގައި ވާނެތޯ. މިހެން މިބުނީ ކ.މާލޭގައި އެކަނި ޓެނިސްކޯޓެއް އަޅައިގެން އެރަށުތެރޭ "ގައުމީ ޓެނިސް މުބާރާތް" ބާއްވާތާ 50 އަހަރުވެއްޖެކަންވެސް އެނގިހުރެ.

The name is already taken The name is available. Register?

ގައުމީމަންހަޖު

13 April 2024

ހަންޖާ ތިބުނީ ރަގަޅު ވަހަކައެއް. ތިޔަގޮތަކަށް ގައުމީ މުބާރާތެކޭ ކިޔައިގެން ފުޓުބޯޅަވެސް ކުޅުނު.

The name is already taken The name is available. Register?

ކކކކ

12 April 2024

އެކަނބުލޭގެ އަނގަމަތީ މީހަކު އެތިފަހަރެއް ޖަހާފަތަ އެހެރީ. ހުތުރުކަން.

The name is already taken The name is available. Register?

2024

12 April 2024

މުހައްމަދާ.. ދެންއެންމަންޖެ ބައިވެރިކުރަގަ..... ބޮއިހަލަކި

The name is already taken The name is available. Register?

މަހްސާ

12 April 2024

އަހަރެމެން ސާފުނުވެގެން މިއުޅެނީ ރާއްޖެއިން މިމުބާރާތުގަ ބައިވެރިވާނެތޯ… ސައުދީން ބައިވެރި ވިޔަސް ނުވިޔަސް އަހަރުންނަށް ކީއް.

The name is already taken The name is available. Register?

މަނޭ

12 April 2024

ކަލޭ ހަމަ އެހާ ރީތީތަ؟

The name is already taken The name is available. Register?

ބިން ޝަހީމް

12 April 2024

އަތައްގޮވީމަ ވާހަކަ ބަދަލުކޮށްލީ

The name is already taken The name is available. Register?

ޒައި23

12 April 2024

މި ވާނިވާ އެބަ އެނގޭބާ؟؟ ސައުދީއަކުން އެއްވެެސް އިރެއްގަ ނުބުނޭ މި މުުބާރާތުގަ ބައިވެރިވަމެކޭ.. އެ ޤައުމުގެ އަންހެނަކު އަމިއްލަޔަށް ސޯޝިއަލް މީޑިއާގަ ކޮންމެ އެއްޗެކޭވެސް ލިޔެވިދާނެ.. މިސް ޔުނިިވަރސް ބާއްވާ ފަރާތުން އެކަން މިހާރު ޔަޤީންކޮށްދިނީ އެފަދަ އެއްވެސް ކަމެއް ނުހިގާކަން

The name is already taken The name is available. Register?

އަމީނު

12 April 2024

އެހެން މީހުންނަށް އޮތް ފުރުސަތު ސައުދީއަށް ވެސް އޮންނަން ޖެހޭނެ. ވައްހާބީން ހިތް ހަމަ ނުޖެއްސޭނެ

The name is already taken The name is available. Register?

ފެންސު

12 April 2024

މިކަހަލަކަންކަމުން ހިތްހަމަޖައްސައިގެން ދެންދާންއޮތްތަން ތިބާއަށް ހަމަރަގަޅަށް އެނގޭނެ

The name is already taken The name is available. Register?

ކަނބުރުގެ

12 April 2024

މަ އޭރުވެސް ބުނީމޭ ސައުދީން ބައިވެރި ނުވާނޭ.

The name is already taken The name is available. Register?

ނާނާ ޕަޓޭކާރް

12 April 2024

ތީ އެމެރިކާ ފަހަތުގާ އޮވެގެން ސައުދީގެ އަގުވައްޓާލަން ކުރާ ކަމެއްކަމަށް ވެދާނެ.

The name is already taken The name is available. Register?

ޔަހުޔާ.

12 April 2024

އަގެއް އެބައޮތްތަ. ޔަހޫދީ ކަންޖޫސީ ޢާއިލާއެއް. މުސްލިމުންގެ ދިފާޢުގަ ކިނބިއްސެއް ވެސް ނާޅާ ބައެއް.

The name is already taken The name is available. Register?

ޖުލައި

12 April 2024

ސައޫދީ ގެ މަޝްހޫރު ސޯސަލް މީޑިއާ އެކައުންޓް ތަކުން ރީތީގެ މުބާރާތުގަ ބައިވެރިވާ ވާހަކަ ފަހުރުވެރިކަމާއިއެކު ގެނެސްދީފައި ވެއެވެ. ސައޫދީގާ ރާ ފިހާރަވެސް ހުޅުވައިފި މިހާރު. ޑޮލަރު ލިބެންޔާ ދީން ވެސް ވިއްކާލަން ރެޑީގަ ސައޫދީ އޮތީ.

The name is already taken The name is available. Register?

ކިތާބީ

12 April 2024

އަދިވެސް ތެލުން ލިބޭ ޑޮލަރު މަދީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454