ފ. ނިލަންދޫން: އެ ރަށުން 129 ގޯތި ދޫކުރަން މިހާރު ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: މިހާރު
14 އެޕްރީލް 2024 - 10:11
ފ. ނިލަންދޫން 129 ގޯތި ދޫކުރަން ރޭ އިއުލާންކޮށްފި އެވެ.
ނިލަންދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި މަހު ތިނެއްގައި ބޭއްވި އެ ކައުންސިލްގެ ޖަލްސާގައި، އެ ރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރަން ފާސްކޮށް، މިދިޔަ މަހު 30 ގައި ގެޒެޓްކޮށްފައިވާ ގޯތި ދޫކުރުމާ ބެހޭ އުސޫލަށް ބައެއް އިސްލާހުތައް ގެނެސް، އެ ބަދަލުތަކާ އެކު އަލުން އިއުލާންކުރީ ކަމަށެވެ.
"އެހެންކަމުން ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން ފ. ނިލަންދޫން ދިރިއުޅުމުގެ ބޭނުމަށް ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަމެވެ،" އެ އިއުލާނުގައިވެ އެވެ.
ޕޮއިންޓް ދިނުމުގައި އިސްކަން ދޭނީ ރަށުގައި ދިރިއުޅޭ މީހުންނަށް ކަމަށް އިއުލާންގައި ވެ އެވެ.
• ގޯތީގެ އަދަދު: 129
• ގޯތީގެ ސައިޒް: 2،000 އަކަފޫޓްގެ 96 ގޯތި އަދި 2،800 އަކަފޫޓުގެ 33 ގޯތި
އެ އިއުލާނުގައި ބުނި ގޮތުގައި، ގޯތިތައް ދޫކުރަނީ ރަށުގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން 96 ގޯއްޗާއި ނިލަންދޫ "ވެލި" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ފަސް ގޯއްޗާއި ނިލަންދޫ "ހުވަނދު" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ހަތަރު ގޯއްޗާއި ނިލަންދޫ "ހިމިތި" ގޭގެ އަތިރިން އޮތް ސަރަހައްދުން 24 ގޯއްޗެވެ.
ނިލަންދޫން ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެ އެވެ.
ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ ލިބިފައި ނެތުން، އަދި 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީ ވެފައިވާ ނަމަ، ނުވަތަ ލިބިފައިވާ ނަމަ ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވާން ޖެހެ އެވެ. ގޯއްޗަށް އެދޭ މީހާ އަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތަށް ދޫކޮށްލަން ވެސް އެއްބަސްވާން ޖެހެ އެވެ.
ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން 600 އަކަފޫޓަށް ވުރެ ބޮޑު ފުލެޓެއް، ރޯހައުސްއެއް، އެއްމެދު އިމާރާތެއްގެ ފުލެޓެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި އޮވެ އެތަން ދޫކޮށްލައިފައި ނުވަތަ ވިއްކާލާފައިވާން ޖެހެ އެވެ.
ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެ ގޮތުގެ މިންގަނޑުގައި ކަނޑައެޅިފައިވާ ޖުމްލަ ޕޮއިންޓު 60 އަށް ވުރެ މަތިން ޕޮއިންޓު ލިބޭ ފަރާތެއް ކަމަށް ވާން ޖެހޭނެ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، ނިލަންދޫން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީން މިހާރު ބޭނުންކުރަމުން އަންނަ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ. އަދި ނިލަންދޫ ކައުންސިލަށް ފޯމު ހުށަހަޅަން ބޭނުންވާ މީހުންގެ ފޯމުތައް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ކައުންސިލް އިދާރާއިން ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
ނިލަންދޫން ގޯއްޗަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހު 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލޭމީހުން
14 April 2024
ކޮބައިތަ އެއްކަލަ މާލޭމީހުން އުޅޭނަތައްކޮޅެއް ދޭވާހަކަ ދައްކާއިރަށް ހަޅޭއްލަވާ ގުރޫޕް. ދިވެހިރައްޔިތެއްވެއްޖެއްޔާ ބޯހިޔާވަހިކަން އެންމެނަށްވެސް ހައްގު. ދެރައީ މީހައްކަށް އެއްޗެއް ލިބެންޏާ ނުރުހި ހަޅޭއްލަވާތީ
ޜތމހ
14 April 2024
މިތަނަށް ކުރިމަތި ލެވެނީ ހަމަ އެކަނި ނިލަންދޫއަށް އުފަން މީހުންނަށްތަ؟ ޢެހެންވީރު މައްސަލައެއްނެތް އެކަމަކު މާލެ ނޫން ހުރިހާ ތަނަކަށް ހުރިހާ ދިވެހިނަށް ކުރިމަތިލެވޭ މިއީ ތަފާތަކީ. މުޅި ރާއްޖެއަށް ލިބުނު ލާރިން ތަރައްގީ ކުރީ މާލެކޮށްފަ ވަކި ނަސްލަކަށް އުފަން މީހުންނަށް ރިޒާވް ކުރީ އެއީ ތަފާތަކީ. ޢެއަށް ކިޔަނީ ނަސްލީ ތަފާތުކުރުން.
ބާބޫޖީ
14 April 2024
ނިލަދޫގެ އާބާދީގެ ދެބައިކުޅައެއްބައި ތިބީ ޔާމީނުގެ ވެރިކަމުގައި ހިޔާ ފްލެޓުތަކުން ވަގަށް ފްލެޓް ހޯދައިގެން. އާރްޓީ ބޯޑު އަޅުވައިގެން ހުރިހާ ފައިދާއެއް ނަގަނީ މިމީހުން.
ތުއްތުކުޑޭ
14 April 2024
ރެފް އިއްބެ ގޯއްޗައް ނުލަންތަ
ބުލް ބުލް
14 April 2024
މިތަން ހިއްކާފަ އޮންނާނީ ރައްޔިތުންގެ ޓެކްސް ފައިސާއަކުން ނޫން، އެކަމު މާލޭ ވެއްޖެއްޔާ އެއީ ރައްޔިތުންގެ ޓެކްސް ފައިސާ. ދެން ނުގޮވާކަށް އެއްޗެއް ނޯންނާނެ. މިހާރު ގޭގެ ހަތަރު ފާރުތެރޭ އެކަނި ބީރައްޓެހި އިހުސާސް ނުވަނީ. ސޯޝަލް މީޑިއާގައާއި ކޮމެންޓްތަކުގަ މާލެ މީހުންނަށް ޖެނެރަލީ ކިޔާފަ ހުންނަށް އެއްޗެހި ފެނުނީމާ އެނގޭ އަސްލު ހިތް އޮންނަށް ގޮތް. މިރާޢްޖެ އަކީ އަސްލު އަހަންނަށް ވ ބީރައްޓެހި ތަނަކަށް ވެެއްޖެ، އެހެންމީހުންގެ ގޮތެއް ނޭނގެ ދެން.
1828
14 April 2024
މާލޭ މީހުންނަށް އެެއްޗެހިކިޔަނީ ކިޔަންވެގެން. ބަލަ މާލެއާއި އިންވެގެން އޮތްފަަޅެއްނޫނޭ ހުޅުމާލެ 01 އަދި 02އަކީ. ރާއްޖޭގެ އެހެން ރަށްރަށް ހިއްކާފައި އޮންނަނީ އިންވެގެން އޮތްފަޅޭ. ހުޅުމާލެ 01 އަދި 02، 03ވެސް މާލެ އަޅޮތުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަވާންވާނެ. އެކަމަކު އެތިންތަނަކީވެސް މާލޭ މީހުންގެ ތަރިކަ މުދާކަމަށް އެމީހުންދެކެނީ. މާލެ މީހުންގެއެކަނި ހައްޤު އޮންނަނީ، ކ.އަތޮޅު އެހެން ރަށްރަށުގެ މީހުންގެ ހައްޤެއްނޯވޭ މާލެމީހުން ޤަބޫލުކުރާ ގޮތުގައި
އައްލާބެއްޔާގެ ކޮއްކޮ
14 April 2024
1828 ކަލެއަށް އޮޅިގެން ތިޔަ އުޅެނީ މާލޭ ކައިރީގައިވާ ތަންތަން ގާނޫނީ ގޮތުން އެއީމާލެ. ހުުޅުމާލެ، ވިލިގިލި، ތިލަފުށި، ގުޅީގަޅު، ގިރާވަޅުފަޅު، މިހާރު ހިއްކާ ރަސްމާލެ އެއީ މާލޭގެ ސަރަހައްދު! މިކަމާ ކަލޭ ބާރަށް ހަޅޭއްލެވިޔަސް ކުރެވޭނެ ކަމެއް ނޯންނާނެ! އެހެން ވީމާ މިތަންނުން ގޯތި ލިބޭނީ މާލޭގެ ވަޒަންވެރިންނައް! ދަފްތަރަކީ މާލޭ މީހުންނެއްނޫން! އެއީ ރެފިއުޖީންގެ ދަފްތަރު.
1828
14 April 2024
އައްލާބެއްޔާގެ ކޮއްކޮ އެހެންނެއް ނުވާނެ. ޤާނޫނުގައި ކޮންމެ އެއްޗެއްވެސް ލިޔެވިދާނެ. ލިޔުނެއް ކަމަކު މާލެ އަތޮޅުގައި ހުރި ފަޅުތަކާއި ގިރި އަދި ފުށިތައް ނުވާނެ މާލޭ މީހުންގެ ތަރިކަ މުދަލަކަށް. ތިހެން ކަމަށްވާނަމަ މާލޭ ކައިރީގައި ހުރި އަތޮޅުތައްވެސް މާލޭ މީހުންގެ ތަރިކަ މުދަލަށްވާނެ.
ލޮނުޖުއްލާބު ކަޅޭ
14 April 2024
1828 ބަލަ ގާނޫނުގައި ލިޔެފަ އޮންނަނީ މަޖިލިސްގެ އަހުލަބިއްޔަތުން ފާސްކޮއް އެއިރެއްގަ ވެރިކަމުގައި ހުރި ރައީސަކު ތަސްދީޤު ކޮއް ގެޖެޓްގައި ޖެހީމަ އެއައް ދެން ޖެހޭނީ އަމަލުކުރަން. 1828 ގެ ޖާހިލިކަން ބޮޑުކަމާއެ! ގާނޫނައް ޖެހޭނީ ތަބާވާން.ނޫނީމިގައުމުންޖެހޭނީފައިބައިގެންދާންމާލެ،ހުޅުމާލެ،ވިލިގިލި،ތިލަފުށި،ގުޅީފަޅު،ގިރާވަރުފަޅު، ދެން މިހާރު ރަސްމާލެ އެއީ މާލޭގެ ޢިއުތިސާސްތެރޭގައި އޮތްތަންތަން!ފަޅުރަށްރަށް އޮންނަގޮތައް!
އައްޑޫ މާލެ
14 April 2024
ލޮނުޖުއްލާބު ކަޅޭ އިހްތިސާސް އެއީ މަތިން ބާވައިލެއްވި އެއްޗެއް ތޯ؟ މާލޭ މީހުން ބޭނުންވެއްޖެކަމަށްވާނަމަ އައްޑޫވެސް މާލެގެ އިހްތިސާސްގައި ހިމަނައިގެން، އިޒްރޭލް މީހުން ފަލަސްތީން ރައްޔިތުން އަމިއްލަ ބިމުން ބާލޭހެން ހަމަ ބާލަންވީ ތޯ؟ ވަރުގަދަ އިހްތިސާސް ނޫން ތޯ؟ ޤާނޫނު ނުހަދާނެ މާލެ މީހުންނަށް ދެރައެއް ލިބޭގޮތަކަށް.