ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ. - ފޮޓޯ: އާރްއޭސީއެލް
16 އެޕްރީލް 2024 - 11:56
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް)ގެ ދަށުން އޮޕަރޭޓްކުރާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އިންޓަނޭޝަނަލް ދަތުރުތައް އަލުން ފަށައިފި އެވެ.
ހަނިމާދޫ އެއާޕޯޓުގެ އިންޓަނޭޝަނަލް ދަތުރުތަކަށް މެދުކަނޑާލަން ޖެހުނީ އެއާޕޯޓު ތަރައްގީކުރުމަށް ފެށި ޕްރޮޖެކްޓު އަވަހަށް ނިންމަން، އެ ތަން އޮޕަރޭޓްކުރާ ގަޑިތަކަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. ހަނިމާދޫ އެއާޕޯޓުގައި މެދުކެނޑުމަކަށް ފަހު ފެށި ދަތުރުތައް އޮންނާނީ ހަފްތާއަކު ދެ ދުވަހު އެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓުގެ ދަށުން އެ ތަނުގައި އަޅާމުންދާ 2،465 މީޓަރުގެ އާ ރަންވޭގެ 1،200 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު އާ ރަންވޭގެ ނިމުނު ބައި ރަސްމީކޮށް ވަނީ ހުޅުވައިފަ އެވެ.
އާރްއޭސީއެލް އިން ބުނީ އާ ރަންވޭގެ ނުނިމި ހުރި މަސައްކަތްތައް މި މަހުގެ ތެރޭގައި ނިނޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
17 April 2024
ވާހަކަ ވާހަކަ ވާހަކަ.
އޮނަރަބްލް އަފީފު ދީދީ
17 April 2024
ކ.އަތޮޅު މާލޭ އެއަރޕޯޓަށް ދައުލަތުން އެތައް ބިލިޔަން ޑޮލަރު އިންވެސްޓްކޮށްފައިވާއިރު އެތަނުން ދައުލަތަށްލިބޭ އާމްދަނީއަށްވުރެން ނިސްބަތުން އަމިއްލަ ކުންފުނިތަކަށް (ޓީއެމްއޭ އާއި ރިސޯޓްތަކަށް) ލިބޭ ނަފާ ބޮޑު. # މިކަން ބަދަލު ކުރުމަށްޓަކާ ހަނިމާދުއާއި Gan International Airport ދައުލަތުން މަތީފެންވަރުގެ އެެއަރޕޯޓް ޓްރާންސިޓް ހޮޓަލެއް ތަރައްޤީކޮށް އިންވެސްޓަމަންޓްގެ އަގު އެއްފަހަރާ ދައްކާފަރާތަކަށް 50 އަހަރަށް ތަންކުއްޔަށްދީގެން އާމްދަނީ ހޯދަންޖެހޭ.
2024
16 April 2024
ޢަހުން ބޭނުންވަނީ ދިއްގަރުގާވެސް އެއަރޕޯޓެއް އަޅަން ކޮންފަދަ ތަނެއް ސޯލިހު ހިއްކާދީފަ އެއޮތީ....ބޮއިހަލަކި
މުޑަހަންޖާ
16 April 2024
ހ.ދ ހަނިމާދޫގަ އިންޓަނޭސަނަލް އެއާޕޯޓެއް އޮއްވާ ޖެހިގެންއޮތް ހ.ދ ކުޅުދުއްފުށީގަ އެއާޕޯޓެއް އެޅިފަދައިން ކ.މާފުއްޓާއި ކ.ހުރާގައި އިންޓަނޭސަނަލް އެއާޕޯޓު އަޅާދިނުމަށް އަހަރެމެން މިގޮވާލަނީ، ކ.މާފުއްޓާއި ކ.ހުރާ އަދި އެރަށްރަށާ ކާރި ރިސޯޓުތަކަށް އަންނަ ޓުއަރިސްޓުން ކ.މާލޭ އެއާޕޯޓަށް ފައިބައިގެން ކަނޑުދަތުރުކުރާކަށް އަހަރެމެންގެ ތާއީދެއްނެތް.
ކަހެރުވައް
16 April 2024
ކޮން ތަންތަނަކަށްތަ ދަތުރުތައް ބާއްވަނީ؟
އިންޓަނޭޝަނަލް
16 April 2024
އަދި އޮތީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ގޭން އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާގޮތަށް. ކުރިއަށްއޮތްތާނގައި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށް އަދި ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރުމަށް ހަމަޖެހިފައިވޭ.