އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ވޯޓުލާ ވަގުތު 5:30 އާ ހަމައަށް އިތުރުކުރުމަށް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
17 އެޕްރީލް 2024 - 12:42
އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓުލާ ވަގުތު އެ ދުވަހުގެ ހަވީރު 5:30 އާ ހަމައަށް އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް މިއަދު ވިދާޅުވީ، މަޖިލިސް އިންތިހާބާ ގުޅޭ ކަންކަމަށް ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން އިއްޔެ ނިންމާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:30 އަށް ވޯޓުލުން ކުރިއަށް ގެންދަން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި އަދި އެ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރި މެމްބަރު ހަސަން ވިދާޅުވި ގޮތުގައި، އެ ނިންމުން ނިންމީ މައިގަނޑު ދެ ކަމަކަށް ބެލުމަށް ފަހު އެވެ. އެއީ މިހާރު މޫސުން އޮތް ގޮތަށް ބަލައި ވޯޓުލާ ދުވަހު ބޯކޮށް ވާރޭވެހިއްޖެ ނަމަ ވޯޓުލާން ދާ މީހުން މަދުވެދާނެތީ އާއި އެ ދުވަހު ވަރަށް ހޫނުގަދަވެއްޖެ ނަމަ، މެންދުރު ވަގުތު ވޯޓުލާން ކިއުގައި ޖެހޭ މީހުން މަދުވެދާނެ ކަމަށް ބަލައިފަ އެވެ.
އެހެންވެ، ހަވީރު ވަގުތަށް ވޯޓުލާ ގަޑި ދަންމާލުމުގެ ގޮތުން ވޯޓުލާ ވަގުތު އިތުރު ކުރީ ކަމަށް ހަސަން ވިދާޅުވި އެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެ އެވެ. އެއީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.
މި އަހަރު މަޖިލީހުގެ 93 ދާއިރާއަކަށް ޖުމްލަ 386 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުން ހިމެނެ އެވެ.
އެ އިންތިހާބަށް ތައްޔާރުވުމަށް އީސީ އިން މިހާރު ވަނީ ވޯޓު ފޮށިތައް ވެސް ރަށްރަށަށް ފޮނުވަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުލާނެ
18 April 2024
ވޯޓްލާން ދާން ނެތް ޝައުގުވެރިކަމެއް ނާންނާނެ ގަޑި ދިގުކުރިއަކަސް. ވޯޓްލުމަކީ މިހާރު ބޭކާރު ކަމެއް ކަމަށް ގަބޫލުކުރާ މީހުން ވަރަށް ގިނަވާނެ. އަދި އެ ވިސްނުން ގިނަވުމުން ފައިދާކުރާނީ އެއްކަލަ ޕާޓީތަކަށް.
ބޫންބޫން
18 April 2024
މިއޮއް ބަޗަނީ ވޯޓުފޮށި ހިފައިގެން. ހިފަހައްޓާ.
އަޅި އަލީ
17 April 2024
މިއީ 2024! ގޭގައި ތިބެގެން އޮންލައިންކޮށްވެސް ވޯޓް ލެވެންވާނެ! ދެން ކޮންމެހެން ތިޔާ ތަނަކަށް ދާކަށެއް ނުޖެހޭދޯ! ތަރައްގީ އާއި ތަހުޒީބު ގަބޫލުކޮއްބަލަ މީސްޔތަކުންނޭ! ގޭގައި ތިވެގހެން އޮންލައިންކޮށް ވޯޓްލާން ބޭނުން މީހުންގެ ހައްގުތައްކޮބާ! ސޯރީ މަމެންގެ ދާއިރާގެ ކެންޑިޑޭޓުން! އޮންލައިންކޮށް ވޯޓްލުމުގެ ހައްގު ނުލިބވެނީސް ވޯތް ލެވޭކަށެއް ނެތް!
އޮނަރަބްލް އަފީފު ދީދީ
17 April 2024
ރަސްމީގޮތުން ބަޤުރޫޓް އިއުލާން ނުކުރިކަމުގައިވިޔަސް ދިވެހިދައުލަތް އޮތީ ދަރާވިކިފަ. މިހާކުގައި ޤައުމުއޮތް އިރު ލަންޑަނާއި، ސިންގަޕޯރ، ނިއުދިއްލީއާއި ކޮލަމްބޯގައި ވޯޓްފޮށި ބަހައްޓާން ދައުލަތުން އެތައް މިލިޔަން ރުފިޔާ ޙަރަދު ކުރާކަށް ނުޖެހޭނެ. # މައުމޫނުގެ ވެރިކަން ބަދަލުކުރުމަށްޓަކާ "އެންމެނަށް ވޯޓް އަޅާން ފުރުސަތުދިނުމަށް" ކުރި މިކަން ބަދަލުކޮށް ރާއްޖޭގެ އިންތިޙާބުތަގެ ވޯޓްފޮށި ބޭރު ޤައުމުތަކުގައި ބެހެއްޓުން ހުއްޓާލަންޖެހޭ.
މާދަރީ
17 April 2024
ގައުމީ ލަފާދޭ މަޖިލީހުގެ ތި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބެލެވޭކަށް ނެތް. ސިޔާސީ ޕާޓީތަކުގެ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކުރުން މުހިއްމު. މުނާޖާ ކޮނޑުއަޅައިގެން އިންތިހާބުގެ އޮފިޝަލުން ނިކުމެ ރޭގަނޑު ދަންވަންދެން ތިބެން ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ދިވެހިންގެ ކަންނެތްކަން ފިލުވަން އެބަޖެހޭ..
ރަގަޅުކުރޭ
17 April 2024
އަވަހަށް ވޯޓްލާން ފަށާފައި، އަވަހަށް ނިންމާލަބަލަ. ކަންނެއް ދިވެހިންގެ ކަންނެއްކަމަށް އިތުރަށް ހިތްވަރު ދޭނެކަމެއް ނެތް.
މީ ދިވެހިން
17 April 2024
އެހެންވީމަ ދެން ގެއިން ނިކުންނާނީ 5.28 ގަ
އަޅި އަލީ
17 April 2024
ވޯޓް ލާ މަރުކަޒާ ވަރަށް ކައިރީގަދެއްތޯ ގެ ހުންނަނީ!
މީ ދިވެހިން
18 April 2024
ޖުމްލައިގެ ފަހަތަށް ސުވާލުމާކު ނުލެވި އެއޮތީ
ސަތޭކަ އެކާވީސް
17 April 2024
ސާބަސް މިއޮތީވާ ގައުމެއް. ފެނޭ ރޭގަނޑު 11 އަށް ގަޑި ދައްކާލުން ނޫނީ މުއްދަތެއް ނެތްގޮތަށް އެންމެން ވޯޓްލާ ނިމެންދެން ބަހައްޓަން.
ކޮވެލި
17 April 2024
ވޯޓްލާން ފަށާވަގުތުވެސް ލަސްކޮށް ވޯޓްފޮށިތަކުކައިރީ ތިބޭ އޮފިސަލުންނަށް ހަމަޖެހިލައިގެން މަސައްކަތަށް ނުކުމެވޭވަރަށް ގަޑި ހަމަޖެއްސުން މުހިއްމު. އެއީ ވޯޓް ގުނާ ނިންމުމަށް ރޭގަޑު ވަރަށް ގިނައިރުވެސް ތިބެންޖެހޭ ފަހަރު އަންނާތީއެވެ. އެހާ ހެނދުނާ ވޯޓްލާަންދާ މީހުންވެސް މަދުވުމާއެކު މަސައްކަތުގެ ގަޑި އެކަށީގެންވާ ވަގުތަކަށް ހެދުމަށެވެ.
އަޅި އަލީ
17 April 2024
ވޯޓް ފޮށި ހިފައިގެން އޮފިސަލުން ހިންގަންވީ ވޯޓުދޭ މީހުންގެ ގޭގެއަށް!