ރަވީނާ
19 އެޕްރީލް 2024 - 07:13
ބޮލީވުޑްގައި ކުރީގައި ފިރިހެން އެކްޓަރަކަށް ފިލްމަކުން ލިބޭ އާމްދަނީ އޭރުގެ އަންހެން އެކްޓަރަކަށް ލިބެނީ މަދުވެގެން އިތުރު 15 ފިލްމު ކުޅެގެން ކަަމަށް ބޮލީވުޑްގެ އެކްޓްރެސް ރަވީނާ ޓަންޑަން ބުނެފި އެވެ.
މިދޔަ މަހު 29 ގައި ރިލީޒްކުރި ފިލްމު "ޕަޓްނާ ޝުކްލާ" އަކީ ގިނަ ދުވަސްތަކަކަށް ފަހު ރަވީނާ ކުޅުނު ފުރަތަމަ ފިލްމެވެ. އެ ފިލްމުން ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފަ އެވެ.
އެ ފިލްމު ރިލީޒްކުރި ފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރަވީނާ ވަނީ ކުރީގައި ފިލްމެއް ކުޅެގެން ލިބޭ އާމްދަނީ އާއި މިހާރު ފިލްމެއް ކުޅެގެން ލިބޭ އާމްދަނީގެ ވާހަކަ ދައްކައިފަ އެވެ. ހާއްސަކޮށް އަންހެން އެކްޓަރުންނާއި ފިރިހެން އެކްޓަރުން ލިބޭ އާމްދަނީގެ ފަރަގާ ގުޅޭ ގޮތުން އޭނާ ވާހަކަދެއްކި އެވެ.
އެންޑީޓީވީ އަށް ދިން އިންޓަވިއުގައި ރަވީނާ ބުނީ ބައެއް މަންޒަރުތައް ކުޅެން ނުކެރިގެން ބައެއް ފިލްމުތައް އޭރު ދޫކޮށްލަން ވެސް ޖެހުނު ކަމަށެވެ. އަދި ބައެއް ސްޓެޕްތައް ޖެއްސުމަށާއި ބައެއް ވައްތަރުގެ ހެދުން އެޅުމަށް އިންކާރު ކޮށްފައި ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
ރަވީނާގެ ފިލްމު "ޕަޓްނާ ޝުކްލާ" ވަނީ މިދިޔަ މަހު ޑިޒްނީ ޕްލަސް އަދި ހޮޓް ސްޓާގައި ރިލީޒްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަވީނާގެ ކާފަ
19 April 2024
އަންހެނުންނާ ފިރިހެނުން ޖިސްމާނީގޮތުންނާ ނަފްސާނީގޮތުން ތަފާތުކަން ރަވީނާއަށް ނޭނގުނީތީ މަ ހައިރާންވަން. ކިތަންމެ ވައްތަރެއް ޖެއްސިޔަސް އަންހެނަކު ފިރިހެނަކަށް ނުވާނެ.
އަަޖައިބެއް
19 April 2024
ޖެހޭތަ ޖައްސާ ކޮންމެ ވައްތަރަކަށް ކޮންމެހެން މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ހޯދަން މިދުނިޔޭގާ ދިރިއުޅެން
ތުނޑުހަސަނު
19 April 2024
އެއީ އަންހެން ފިރިހެން ވެގެން ވާކަމެއްނޫން. ކުރަންޖެހޭ މަސައްކަތުގެ ރޭޓުން ވާކަމެއް.