އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު "މިހާރު" އާ ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
18 އެޕްރީލް 2024 - 11:00
ރާއްޖޭގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯ އޮތީ "ރަނގަޅު ޓްރެކެއްގައި" ކަމަށާއި ދެން އޮތީ އިތުރު ވިޔަފާރިތަކަށް ފުޅާކުރުން ކަމަށް މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
"އެސްޓީއޯގެ މާލީ ހާލަތު ރަނގަޅު،" މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
އެސްޓީއޯ އަށް މިދިޔަ އަހަރު ވެސް 16 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. އަދި 800 މިލިއަން ރުފިޔާގެ ފައިދާ ހޯދި އެވެ.
ޝިމާދު ވިދާޅުވީ، މި ސަރުކާރު އައިސް އެސްޓީއޯ އާ ހަވާލުވި އިރު އެ ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ރަނގަޅު މިސްރާބެއްގައި ކަމަށެވެ. އެކަމަކު އެ ކުންފުންޏަށް ވެސް މާލީ ހާލަތު އިތުރު ހަރުފަތްތަކަށް ކުރިއަށް ގެންދިއުމަށް ދައުލަތުގެ އެހެން ކުންފުނިތަކާއި މުޅި ގައުމުގެ އިގްތިސާދު ވެސް ރަނގަޅުވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބައެއް މިސާލުތަކަށް އޭނާ ވިދާޅުވި އެވެ.
"ފެނަކަ ރަނގަޅު ވާން ޖެހޭ. އެމްޓީސީސީ ރަނގަޅު ވާން ޖެހޭ. ދެން ހުރި ކުންފުނިތައް ވެސް ރަނގަޅުވާން ޖެހޭ،" އެސްޓީއޯގެ ވިޔަފާރިތައް ވެސް އޮތީ އެހެން ކުންފުނިތަކާ ގުޅިފައި ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވި އެވެ.
ޝިމާދު އިންޓަވިއުގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކަމަށް -- ފޮޓޯ: ނިޝާން އަލީ / މިހާރު
އޭނާ ވިދާޅުވީ އެސްޓީއޯގެ ވިޔަފާރި ފުޅާކުރެވޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި، އޭވިއޭޝަން ފިއުލް ފޯރުކޮށްދޭ އަގު ވީހާ ވެސް ކުޑަ ކުރެވޭނެ ގޮތްތައް ހޯދައިދޭން އެމްއޭސީއެލްއާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ވެސް އެސްޓީއޯގެ އާމްދަނީ ވަރަށް ރަނގަޅު ކުރެވިދާނެ ވިޔަފާރިއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ތެލުގެ ވިޔަފާރިއަކީ އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ވިޔަފާރި އެވެ.
"މިހާރު ވާ ގޮތަކީ ބޮޑެތި ބޯޓުތައް މިއަންނަނީ ތެޔޮ އަޅައިގެން. ކިރިޔަ ކިރިޔާ އަނބުރާ ދެވޭ ވަރަށް ތެޔޮ އަޅައިގެން. މިކޮޅުން ނަގާނީ ވަރަށް ކުޑަ އެތިކޮޅެއް،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ، އެ ކުންފުނިން މިހާރު ހިންގަމުން އަންނަ ވިޔަފާރިތަކުގެ އިތުރުން ބައިނަލްއަގުވާމީ ވިޔަފާރިތަކަށް ދިއުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ބަންކަރިން ހިދުމަތަކީ ވެސް އިންޓަނޭޝަނަލް ހިދުމަތެއް ކަމަށާއި އޭގެ ސަބަބުން ފޮރިން އިންފްލޯ ނުވަތަ ބޭރު ފައިސާ ގައުމަށް ވަންނާނެ ކަމަށެވެ. މިކަމުގެ ސަބަބުން، އިގްތިސާދު ބޭރު ފައިސާ އަށް ބަރޯސާވާވަރު ކުޑަ ކުރެވޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ވަރަށް ބޮޑު ވިޝަންއެއް މިއީ. ބޭރު ފައިސާ އަށް ބަރޯސާވެފައި އޮތުން ކުޑަ ކުރުން. ބަންކަރިން މިއީ އެއް ކަންތައް. އަދި ދަނޑުވެރިކަން އެގްރިކަލްޗާ އިކޮނޮމިކް ޒޯން ކާމިޔާބު ވެއްޖެ ނަމަ ވަރަށް ބޮޑު އެއްޗެއް ސޭވްވާނެ،" އޭނާ ވިދާޅުވި އެވެ.
އެސްއީޒެޑްގައި އިގްތިސާދީ މަސައްކަތްތައް ކުރުމަށް އެކުލަވާލި މައި ކުންފުނީގައި އެސްޓީއޯ ވެސް ބައިވެރިވެ އެވެ.
އެސްޓީއޯއިން ބަންކަރިން ހިދުމަތް ފެށުމަށް ވިޓޯލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ ކުރީކޮޅު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި ދެ ވިޔަފާރީގެ އިތުރުން އޮންލައިން ބޭންކިން ޕްރޮޖެކްޓަަށް ވެސް އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޝިމާދު ވިދާޅުވީ، ރާއްޖޭގައި ބޮޑަށް މިއޮތީ ރީޓެއިލް ބޭންކިން އާއި ކޯޕަރޭޓް ބޭންކިން ކަމަށާއި އިންވެސްޓްމެންޓް ބޭންކެއް ގާއިމްކުރުން އެސްޓީއޯ އަށް ވަރަށް މުހިންމު ކަމަށެވެ
އޭނާ ވިދާޅުވީ، އިންޓަނޭޝަނަލް ވިޔަފާރިތަކަށް ގޮސް، ބޭރު ފައިސާ ރާއްޖެއަށް ވަންނާނެ ގޮތްތައް ހޯދުމުގެ އިތުރުން ވާދަވެރި މާހައުލެއްގެ ތެރެއިން އެ ކުންފުނީގެ މާލީ ހާލަތު އިތުރަށް ރަނގަޅު ކުރަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޒާމް ސީ އެފް އޯ
19 April 2024
ވާއު ގްރޭޓް ދެން އެސްޓިއޯ ފިހާރައެ ހުޅުމާލޭގަ ހުޅުވަދީ ޝިމާދް.
ސާބަސް ކުރީގެ ބޯޑު
18 April 2024
މިދިޔަ ފަސް އަހަރު ތިޔަ ތަނުގަ ވަރުގަދަ ބޯޑެއް އޮތް.. އެބޯޑްގައި އެމެރިކަން ޔުނިވަރސިޓީން ފައިނޭންސް އިން މާސްޓަރޒް ހަދާފަ ތިބި ވައްކަމާ ދެކޮޅު ހަރުދަނާޗމީހުން ތިބި .
ރުކްޝާނާާ
18 April 2024
މިފަދަ ވެރިން ބޭނުންވަނީ. މިދިޔަ ސަރުކާރުގައި ރާއްޖެ ބަނގުރޫޓު ކޮށްލީމަ މި ސަރުކާރުން އިގްތިސޯދު ކޮޅަށްޖަހާ މަންޒަރު ފެނިގެންމިދަނީ.
ާތއވެގެހެހެބ
18 April 2024
ޝިމާދު ވިދާޅުވީ، މި ސަރުކާރު އައިސް އެސްޓީއޯ އާ ހަވާލުވި އިރު އެ ކުންފުނީގެ މާލީ ހާލަތު އޮތީ ވަރަށް ރަނގަޅު މިސްރާބެއްގައި ކަމަށެވެ. ކޮމެންޓް ކުރާއިރު ކުރީ ސަރު ކާރޭ ފަޅޮލޭ ކިޔާތީ
ބޮޓް
18 April 2024
ކީކޭތަ ތިޔަ ކިޔަނީ! ނޫހުގައި ލިޔެފައި އޮތް އެއްޗެއް ބަލައިލަ ބަލަ. އެމްޑީ އެ ވިދާޅުވީނު މިސަރުކާރާއި ހާވާލުވި އިރުވެސް ކުންފުނި އޮތީ ރަނގަޅު ޓްރެކްގަޢޭ!
އަދްހަމްް
18 April 2024
ގައުމުގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަނީ. ޝުކުރިއްޔާ ރައީސް
މިގްދާދްް
18 April 2024
އެސްޓިއޯ މިއީ ރައްޔިތުންގެ ކުންފުނި. މި ކުންފުނި އެންމެ ރަނގަޅު ގޮތުގައި ހިންގުމަށް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން.
Aޢ. ނ
18 April 2024
ސިމާދަށް ރައީސް ދެއްވަންޖެހޭ އިރުޝާދެއް ނޯންނާނެ ތިކަމުގައި. އެއަށްވުރެ މާ ޕްރޯވާނެ އޭނަ.
އުސްމާންް
18 April 2024
ކަންކުރަން އެނގޭ މީހުން އައްޔަން ކުރީމާ ކުންފުނި ދާނީ ރަނގަޅަށް
މެހް
18 April 2024
އޭދަފުށީ އެސްޓީއޯ ވެސް ރަނގަޅުކޮށް ފުޅާކޮށްދީބަ ބޭފުޅާ
ހައްގުބަސް
18 April 2024
އެމްޑީޕީ އަރާފަ ހުރިހާ ކަމެއެއް ގޯސް ކޮއްލާނެ. ޢެމީހުން ނަކީ ގައުމާ ދޭތެރޭ ވިސްނާ ބައެއް ނުން
މައުސޫމް މުހައްމަދު
18 April 2024
އެސްޓީއޯ ކުރި އަރައިފިނަމަ މިގައުމުގެ އިގްތިސާދު ވަަރަށް ބޮޑަށް ކުރިއަރާނެ.
ދިހާމް ހުސައުނ
18 April 2024
ތަފާތު. މިހެންވެ ބުނަނީ ރައީސް މުއިއްޒްގެ ޒައާމަތަކީ ރައްޔިތުންނަށް ފައިދާ އޮތް ވެރިކަމެކޭ.