ބަންކަރިން ހިދުމަތްދޭން އެސްޓީއޯއިން ބޭނުންކުރާ ބޯޓެއް. ފައިލް ފޮޓޯ
14 އޮކްޓޯބަރ 2025 - 12:29
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ލިބުނީ 192.1 މިލިއަން ރުފިޔާ (12.4 މިލިއަން ޑޮލަރު) ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްޔިތުންގެ މަޖލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ބަންކަރިން ހިދުމަތް ފަށަން އުޅުނު ދުވަސްވަރު މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި، އެ ހިދުމަތުން ރާއްޖެ އަށް އަހަރަކު 400 މިލިޔަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަންކަރިން ހިދުމަތުން 192.1 މިިލިއަން ރުފިޔާ ލިބުނު އިރު ޓެކުހުގެ ގޮތުގައި ދައުލަތަށް 17.3 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
"ސެޕްޓެމްބަރު މަހު 2024 ގައި އިންޓަނޭޝަނަލް ބަންކަރިންގެ މަސައްކަތް ފެށީ. މިހާ ހިސާބަށް 192،149،939 ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯގެ ހިސާބުތަކުން، އަޅުގަނޑުމެނަށް ފޯރުކޮށްދީފައިވާ މައުލޫމާތުން އެބަ ހާމަވޭ، " ސައީދު ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިހުގެ އިދާރާ
ބަންކަރިން ހިދުމަތުން އާގުބޯޓުފަހަރަށް ވިއްކި ފިއުލްގެ ބޮޑު ބަޔަކީ ރާއްޖެ އިން ކުރިން ނުވިއްކާ ބާވަތެއް ކަމަށްވާ ލޯ ސަލްފާ ފިއުލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދެނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިންގެ ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.
އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ އިން މި ވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް އެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކާއި ލަގްޒަރީ ބޯޓުތަކަށެވެ. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ފޯރުކޮށްދެނީ ލޯ ސަލްފާ ފިއުލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފޮނިބައިސާ1
15 October 2025
ސައީދުގެ އެސްޓިމޭޓްސް އަބަދުވެސް ޖެހޭނެ އަށްޑިހަ ޕަސެންޓް ވަރު ޑިސްކައުންޓް ކޮށްލަން. މިބުނީ ފޮންޏަށް، ކަނޑައިލަން. އޭރުން އަސްލު ހަގީގަތުގައި އޮންނާނެވަރު އެނގޭނީ.
އަބޫ
14 October 2025
އެސްޓިމޭޓު ދިމާނުވޭދޯ.... ހުރިހާކަމެއްކަހަލަގޮތަކަށް މިހެންވާތީ ދެރައީ....
އަހުމަދު މުހައްމަދު އަލީ
14 October 2025
ﷲ އަށް ހަމްދު ކުރަން
ތި ވަރަށް ...
15 October 2025
ބައި އެޅުނުތޯ ...
ވިލާތު
14 October 2025
ސީލިންގް ފަންކާކޮޅެއް ގަނެލެވޭނެވަރުގު އެތިކޮޅެއްދޯ؟
ކަމެއްމީ
14 October 2025
ތިބުނީ ދެ ކޮންޓޭނަރު ވަގައް ނެގިހެން ނޫންތޯ
ގަރޭ
14 October 2025
މަށައްފެންނަގޮތުގަ ހިސާބުޖެހި އަދަދައް އާމްދަނީ ނުވަނަސް އެޔަކުއެއްވެސް ގޯހެއްނެތް.ފުރަތަމައިނުންގޮސް ބޮންތީގަ ހިފުމަކީ ސަސްޓެއިންކުރާ ވިޔަފާރިއަކައް ވާނެކަމެއްނޫން..މީގައި މީހުން ޖޯކުޖަހަނީ ސައީދުމެންގެ ބަސްމަގު ހުންނަގޮތުން.
އިބުރ
14 October 2025
އަހަރެމެން ޖޯކު ޖަހަނީކީ ނޫނޭ. ސައިޑު އަމިއްލަފުޅަށް ޖޯކު ކަންތައް ކުރައްވަނީއޭ. 400 މިލިޔަން ޑޮލަރ (6 ބިލިޔަން ރުފިޔާ) ލިބޭނެ ކަމަށް ކުރި އަންދާޒާކުރި ބިޔަ ބޮޑު ޕްރޮޖެކްޓްން އެންމެ 12 މިލިޔަން ރުފިޔާ ލިބުނީމަ ޖެހި ހިސާބު އެއްގޮތަކަށް ވެސް ކަމަކު ނުދެޔޭ ދެންނެވޭނީ. އެއީ ގާތްގަޑަކަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދުގެ 3 ޕަސެންޓް. މިވަރުވީމާ ވަރަށް ލަދު.
ކަނު
14 October 2025
އެއީ އަދި ރެވެނިއު. ސާފު ފައިދާ ބަލާއިރު ނެނގެއެއްނު މިލިއަނަކަށް އަރާކަމެއްވެސް! ލޮލް
އޯއެމްޖީޖީ
15 October 2025
ސާފު ފައިދާ ދޯ އެވާހަކަ ނުވެސް ދައްކާނެ ބޮޑައްވައްތަރީ އެއީ މައިނަސް ނަންބަރަކާ
ސިފާއު
14 October 2025
މީ ގައުުމީ ވިސްނުން މާދަމާ ވެރިކަމާ ހަވާލުވެފަ މިކުންފުނިވެސް ވިއްކާލާނެ
ކޫމު
14 October 2025
މީކައިލު ކައިރީ އަހާބަލަ ލޯކަލު ޓުރިޒަމު ދިއްގަރުގަ އިބޫ ފަށާގެން ކިތައްމީހުން ދިޔަތޯ ...އޭރު މީކަާއިލުމެންނަކައް އިބޫކައިރީ ސުވާލުކޮއްލަން ނުކެރުނު
213333
14 October 2025
ގޯހެއްނޫން ފެށުމަކަށް. ތިޔަކަން ބޭރު ބަޔަކަށް ދިނުމަށްވުރެ މަޑު މަޑުން ކުރިއެރުވުން މާ ބުއްދިވެރި
ސާލިހުބެ
14 October 2025
އެއް ޑޮލަރު ލިބުނު ނަމަވެސް ތިއީ ވަރަށް ބޮޑު ކާމިޔާބެއް. ރާއްޖޭގައި ޓޫރިޒަމް ފަށައިގަތް އިރު ލިބުނީ ބިލިއަނުންތޯ؟؟ މުހިންމީ އާމްދަނީ ލިބޭނެ އިތުރު ދާއިރާތައް ތައާރަފުކޮށް، ތަރައްޤީ ކުރަން މަސައްކަތް ކުރުން. މަރުހަބާ ދަންނަވަން