ޚަބަރު / މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)

ބަންކަރިންގެ ހިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ

އިކޮނޮމިކް މިނިސްޓަރު ސައީދު ޖަލްސާއެެއްގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވި ގޮތުގައި ބަންކަރިން ހިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް މިހާތަނަށް ވަނީ ލިބިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ގަ އެވެ.

ޕީއެސްއެމް އިން ރޭ ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ސައީދު ވިދާޅުވީ ރާއްޖޭގައި ކުރިން ހަދާފައިވާ ބަޖެޓުތަކުގައި ޓޫރިޒަމް ނޫން ދާއިރާއަކުން އާމްދަނީ ލިބޭނެ ކަމަށް ހިމަނާފައިނުވާ ކަމަށެވެ.

އެކަމަކު މި ސަރުކާރުގެ ބަޖެޓުގައި ޓޫރިޒަމް ނޫން ދާއިރާތަކުން އާމްދަނީ ލިބޭނެ ކަމަށް ހިމަނާފައިވާ ކަމަށާއި އޭގެ ތެރޭގައި ބަންކަރިން ހިދުމަތް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު ދަތި ހާލަތެއްގައި އޮއްވާ ދެ މަސް ދުވަހުގެ ތެރޭގައި ބަންކަރިންގެ ހިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް އެސްޓީއޯ އިން ހޯދާފައިވެ އެވެ.

"މި ހާލަތަށް އައިއިރު މިއޮތް ދަތީގައި ވެސް އޮފް ޝޯ ބަންކަރިން ހިދުމަތުން ގާތްގަނޑަކަށް 1.5 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިހާރު ވެސް އެސްޓީއޯ ހޯދައިފި،" ސައީދު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް ދޭނީ އެމްޕީއެލްއާ ގުޅިގެންނެވެ. ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.

އޮފްޝޯ ބަންކަރިން ހިދުމަތް ދެނީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. އެ ދެ ބޯޓު ބަނދެފައިވަނީ ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަގުވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މިއީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިންގެ ހިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާ އެކު، ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުގެ ތެރޭގައި އެއްކޮށް މިލްކުވާ ގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.

އެސްޓީއޯ އިން މި ވަގުތަށް ފޯރުކޮށްދޭނީ ޑީސަލާއި ލޯ ސަލްފާ ފިއުލް އެވެ. އޭގެ ތެރެއިން ޑީސަލް ފޯރުކޮށްދޭނީ ޔޮޓްތަކައި ލަގްޒަރީ ބޯޓުތަކަށެވެ. ކާގޯ ބޯޓުތަކާއި އެ ނޫން ކޮންޓެއިނަރު ބޯޓުތަކަށް ލޯ ސަލްފާ ފިއުލް ފޯރުކޮށްދޭނެ އެވެ.

މިހާރު ވޯޓަ ބަންކަރިންގެ ހިދުމަތް ވެސް ދެމުން އަންނައިރު އެތަނަށް މިހާރު ލިބިފައިވާ އޯޑަރުތަކުން އެ ވިޔަފާރިން ވެސް މަހަކު 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެމްޕީއެލްއިން ވެސް ބުނެފައިވެ އެވެ.

އެ ޕްރޮގްރާމްގައި ސައީދު ވިދާޅުވީ އިތުރު މަސައްކަތްތަކެއް ކޮށްގެން ރާއްޖެއަށް އާމްދަނީ ލިބޭނެ މަގު ތަނަވަސް ކުރަންޖެހޭ ކަމަށެވެ.

ރާއްޖޭގައި މިވަގުތު ދުވާލަކަށް ލިބޭ އާމްދަނީ ހުރީ ގާތްގަނޑަކަށް 65 މިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް ދުވާލަކު 96 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުވާލަކު ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ އިން ރާއްޖެ ދަރަނިވެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުވާލަކު، މިހާރު އެއް އަހަރު ނަގައިފި ކަމަށްވާ ނަމަ، 65 މިލިއަން ރުފިޔާ ރެވެނިއު ރާއްޖެއަށް މި ވަންނަނީ. ހަރަދު އެބަ ހިނގާ، ރިކަރެންޓް އެކްޕެންޑިޗާ 96 މިލިއަން، ދުވާލަކަށް ދަރަނިވެރިވޭ ނުވަތަ ޑެފިސިޓަށް 40 މިލިއަން. އޭގެ މާނައަކީ ދުވާލަކަށް ދެ މިލިއަން ޑޮލަރު ކޮންމެ ދުވަހަކު ރާއްޖެ މިދަނީ ޑެފިސިޓަށް ދަރަމުން،"

އެހެންވެ، އެ ހާލަތުން އަރައިގަތުމަށްޓަކައި އާމްދަނީ ލިބޭނެ އާ ގޮތްތަކެއް ރައީސް ހޯއްދަވަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.

39 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 72%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔާސީން އަލީ

14 November 2024

ރަނގަޅު އާމްދަނީއެއް މިކަމުން ލިބޭނެތީ ހަޖަމް ނުވަނީ އިދިކޮޅަށް.

The name is already taken The name is available. Register?

އެސްޓީއޯސްޓާފް

15 November 2024

ކޮން އާމްދަނީ އެއް، މިހާރު ތިބުނާ ބޯޓް އެއޮތީ މާލޭ ބަނދަރުގަ. ބަންކަރިންދެނީ އެސްޓީއަޮ އަށް. ވިލިނގިއްޔާދިމާލުގަ އޮންްނާނެ އޮރެންޖް ކުލައިގެ ބޯޓެއް.

The name is already taken The name is available. Register?

އާދަމް ހަސަން

14 November 2024

ރަނގަޅު. މިހެންދަންޏާ 5 އަހަރު ނިމޭއިރު ރައްޔިތުން ތިބޭނީ އަސްލަށް ވެސް ފުދުންތެރިވެފަ.

The name is already taken The name is available. Register?

ތަހުމީނާ .

14 November 2024

މި ސަރުކާރުގެ ސަޅި ތަންކޮޅަކީ ޓޫރިޒަމް ނޫން ދާއިރާތަކުންވެސް ގައުމަށް ފައިސާ ވަންނާނެ މަގު ފަހިކޮށްދިނުން.

The name is already taken The name is available. Register?

ޔައުބެ

14 November 2024

ރާއްޖެ މި ދަނީ އިގްތިސާދީ ގޮތުން ރަނގަޅު މިސްރާބަކަށް

The name is already taken The name is available. Register?

އަހައްމައިދީ

14 November 2024

ވަޒީރު ސްޓެޓިސްޓިކްސް ކިޔާ އަޑުއަހަން ތަ؟ ހަމަ ނަންބަރެއް ބުންޔަސް ނުވަަނެ

The name is already taken The name is available. Register?

ފެކްޓްް

14 November 2024

ކަންމަތީ ފިހާރަތަކާ ކެފޭތަކުގެވެސް ތީ އާމްދަނީ، ހުރިހާ ފަރާތްތަކުގެވެސް މިލިއަނުން ފެންނަން ހުންނާނީ. ފައިދާއޭ އެކަމަކު ނުވާނީ..... ލޮލް

The name is already taken The name is available. Register?

ސައިބޯނި

14 November 2024

އަމިއްލަ ބޯޓަށް އެއްމެ 20 ޓަނު އަޅައިގެން ހާދަަ ފައިދާއެއް ތިޔަ ލިބުނީ, ވާސަރީ ތިވަރުގެ މޮޅުކަމެއް އަދި މިދެކުނީ, އެހެންވިއްޔާ ތީތާ ކުރަންވީ ކަމަކީ

The name is already taken The name is available. Register?

ލީކްޔޫ

14 November 2024

ކަލޯ އިނގޭތަ ޗައިނާގެ ބޯޓަކަށް 3 ހާސްޓަނު އެޅިކަން؟ ތެލަށް ވުރެއް ވުރެއް ބޮޑު އެއްޗެއް ކުރޫއެސްޗޭންގިންގ އިން ލިބުނު..

The name is already taken The name is available. Register?

އަސްލީ

14 November 2024

ކޮބާ ތިހުރިހާ ޑޮލަރުތައް. ރައްޔިތުން ބަޑަށް ޖެހޭ ވަރަށް ޓެކްސް ބޮޑުކުރަނީ ދެން ކީއްވެ. އަހަރަމެންނަކީ މޮޔައިންނެއް ނޫން.

The name is already taken The name is available. Register?

ހާސަރު

14 November 2024

ތަފްސީލް ނުދީހަމައަދަދެއް ކިޔާލަނީ! ފެންވިއްކައިގެން އެއްވެސް ފައިދާއެއް ލިބޭނެ ހިސާބެއް އަދިނެތް ދެއްކިފައެއް! މިލިއަން ޑޮލަރ ކިޔާލަން ވަރަށްފަރިތަ!

The name is already taken The name is available. Register?

މޯޑް

14 November 2024

ކިތައް ބޯޓަށް ތެޔޮޢެޅިތޯ?

The name is already taken The name is available. Register?

ޒިއުނީ

14 November 2024

5 ބޯޓަށް.. ތެލުގެ ހިތުމަތުގެ އިތުރުން ކުރޫ އެސްޗޭންޖް އަދި ވޯޓަރ ބަންކަރިންއާ ސަޕްލައި އަދި އެހެން ބައެއް ސަރވިސްތައްވެސް ދީފި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454