ބަންކަރިންއަށް ގެނައި ދެވަނަ ބޯޓު.
13 ސެޕްޓެމްބަރ 2024 - 13:35
ރާއްޖޭގެ އުތުރުގައި ބަންކަރިން ހިދުމަތް ފެށުމަށް ބޭނުންވާ ދެވަނަ ބޯޓު ވެސް ރާއްޖެއަށް ގެނެސް، އެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ބަންކަރިން ހިދުމަތް ދޭން ފެށުމުގެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދާއިރު އެކަމަށް ބޭނުން ކުރާ ފުރަތަމަ ބޯޓު މިދިޔަ ހަފްތާގައި ގެނެސްފައިވާ އިރު، މިހާރު ވަނީ އެކަމަށް ބޭނުންވާ ދެވަނަ ބޯޓު ވެސް ހދ. ކުޅުދުއްފުށީގައި ބަނދަރުކޮށްފަ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި އޮފުޝޯ ބަންކަރިން ފެށުމަށްޓަކައި، ބަންކަރިންގެ ދެ ބޯޓާއި ޓަގު ބޯޓު އަދި ޕައިލެޓު ބޯޓު އިހަވަންދިއްޕޮޅަށް ގެންގޮސް ނިމިފައިވާ ކަމަށެވެ.
"އަދި މިފަދަ އިންޓަނޭޝަނަލް ޚިދުމަތެއް ދިމުގައި ހުންނަންޖެހޭ ޝަރުތު، ކަމަށްވާ، އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް ގޭޓު) ވެސް ގާއިމް ކޮށް ނިމި، ބަންކަރިން ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިއްޖެ އެވެ،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވި އެވެ.
ބަންކަރިންއަށް ގެނައި ދެވަނަ ބޯޓު.
ރާއްޖޭގެ އެންމެ އުތުރުގެ ރަށްތައް ހިމެނޭ ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅުގައި އެސްޓީއޯ އާއި އެމްޕީއެލް ގުޅިގެން ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ކުރިން ނިންމާފައި އޮތީ އިއްޔެ އެވެ. ނަމަވެސް މޫސުން ގޯސްވެގެން އުޅަނދުތައް އައުން ލަސްވުމުން ތާރީހު ފަސްކުރަންޖެހުނީ އެވެ.
އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ" އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހު އެވެ.
ވަޖީހު ވިދާޅުވި ގޮތުގައި، ބަންކަރިންގެ ހިދުމަތާ އެކު އިންޓަނޭޝަނަލް ކަސްޓަމަރުންނަށް، އިތުރު 14 ހިދުމަތްތަކެއް މި ސަރަޙައްދުން ފޯރު ކޮށްދޭން ފެށޭނެ އެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އެހެން ކުންފުނި ތަކަށާއި، އަމިއްލަ ކުންފުނި ތަކަށް އަދި އަމިއްލަ މީހުންނަށް ވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ފަހިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ރާއްޖޭގެ އުތުތުގައި މިފެށޭ ބަންކަރިންގެ ހިދުމަތާ އެކު އެ ސަރަހައްދުން ފޯރުކޮށްދިނުމަށް ތައްޔާރު ވެފައިވާ މެރިޓައިމް ދާއިރާގެ އެހެނިހެން ހިދުމަތްތަކަށް ums.mv" ނަމުގައި ހާއްސަ ވެބްސައިޓެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.
"އިރާދަކުރެއްވިއްޔާ، މި ޕްރޮޖެކްޓުގެ 2 ވަނަ ފޭސް އެއްގެ ގޮތުގައި، އޮއިލް ޓާމިނަލް އާއި، އޮއިލް ޓޭންކުތައް މި ސަރަހައްދުގައި ގާއިމްކުރުމުގެ މަސައްކަތް ވެސް ފެށިގެން ދާނެ،" ވަޖީހު ވިދާޅުވި އެވެ.
ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދ
15 September 2024
މިކަމުގަ އެމްޕީއެލްގެ ރޯލަކީ ކޮބާތޯއެވެ. އެސްޓީއޯއިން ވިޓޯލް އާއި އެކު ޖޮއިންޓް ވެގެން ހިންގާ މަސްރޫއެއްގައި އެމްޕީލްގެ ހިއްސާއަކީ ހަމައެކަނި ޕޯޓް ކުލިއަރަންސް ދިނުމާއި ޕައިލެޓް އެރޭންޖްމެންޓްސް ކަމުގައި ގަބޫޅު ކުރެވެނީ އެކަމަކު ވަޖީހުގެ ވާހަކަތަކުން ހީވާކަހަލަ މީ އޭނާ ކުރާކަމެކޭ
އީމާން މުސްތޮފާ
14 September 2024
ހީވޭ ކަމެއްހެން. ޔާމީންއަށް ވަރަށް ސަލާމް.
އާސިން ރިޒާ
14 September 2024
މީ ވަރަށް ރަނގަޅު ކަމެއް. ފުރިހަމަޔަށް ތާއިދު ކަމެއް.
އާޒިމް އަލީ
14 September 2024
އިގްތިސާދް މެކުހަށް ޖެހުން ބާރަށް ކުރިޔަށް.
ބުންބާބެ
14 September 2024
ތިއަ ބަންކަރަށް ގެނައި ދެވަނަ ބޯޓުގައި ޖަހާފަ އިނީ އެލްޕީޖީ ބަންކަރޭ ބުނީމަ އެއީ ކޮންކަމެއްކަން އެގޭބަޔަކުވެސް އެލްޕީޖީ ޖަހާފަ ހުރި ބޯޓެއްގެ ފޮޓޯއެއް ނުލާނެ
ސާސަ
14 September 2024
މިބޯޓް ތަކަކީ ބޭރުކުންފުންޏެއްގެ ބޯޓްތަކެއް. ތެލަކީވެސް އެމީހުންގެ އެއްޗެއް. ވިއްކަނީވެސް އެމީހުން. ދިވެހިންނަށް މިއިން ލިބެނީ ކޯޗެއްތޯ ބަލާލެވޭބެ ގޮތެއް އެބައޮތްބާ؟
އިހަވަންދުޕޮޅުމީހާ
14 September 2024
ފަށަނީ ، ފަށާނީ ދުވަހަކުވެސް ނުފެށުނުނުން. ވަރަށް ސަލާމް
ފަށާބަލަ
14 September 2024
ވާހަކަ ގިނަނުކޮށް ދެން ފަށަންވީނު.
ކުދު ކޮއިޔާގެ ހަސަނު
14 September 2024
ބޭރުގެ ކުންފުންޔަކުން ރާއްޖޭގައި ހިންގާ ދެ ރިސޯޓާއި މިކިޔާ “ބަންކަރިން“ ދެބޯޓާއި ހުރި ތަފާތަކީ ކޮބާ؟ ވިޓޯލް ކިޔާބައެއްގެ ބޯޓުގައި އެމީހުންގެ ތެލާއި މުވައްޒަފުން ބޭނުންކޮށްގެން ވިއްކާ ތެޔޮ ވަންނާނީވެސް އެމީހުންގެ ބޭރު އެކައުންޓަށް. އެސްޓީއޯ އާއި އެމްޕީއެލް އެއީ ނަމެއްގައި ތިބިބައެއް. ސަރުކާރަށް މި ވަގުތައް ބޭނުންވާ 400 މިލިޔަން ޑޮލަރު އެޑްވާންސްކޮށް ހޯދަން ކުޅޭކުޅިވަރެއްމީ. ކުދިންނޭ މީހަގީގަތަކީ.އުންމީދީ އިގްތިސާދީ ކަމެއްނޫންމީ. ވަރަށް ސަލާން.
މުހައްމަދު 21
13 September 2024
ތީގަ ޖަހާފަ ތީންދީ އެލްޕީޖީ، އެއީ ގޭސް އުފުލާ ބޯޓެއްތަ؟