ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިފައިންގެ ޗީފަކަށް އައްޔަންކުރެއްވި ހިލްމީއަށް، މަގާމުގެ ފަތްކޮޅު މިއަދު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
18 އެޕްރީލް 2024 - 12:43
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް، މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމުގައި ކުރިން ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމުން، ވައިސް ޗީފަކަށް ހުންނެވި ހިލްމީ ސިފައިންގެ ޗީފަކަށް ހަމަޖައްސަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ފަތްކޮޅު އަރުވާފައިވާ ކަމަށެވެ.
ސިފައިންގެ ޗީފަކަށް ހިލްމީ އައްޔަންކުރެއްވުމުން ވައިސް ޗީފަކަށް އައްޔަންކުރެއްވީ މެރިން ކޯގެ ކޮމާންޑަރަކަށް ހުންނެވި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސެވެ.
ޖުމުލަ ތިރީސް ނުވަ އަހަރުގެ ހިދުމަތަށް ފަހު އަބްދުއްރަހީމް ސިފައިންގެއިން ރޭ ރިޓަޔާ ކުރެއްވީ އުމުރުން އިއްޔެ 60 އަހަރު ފުރުމުންނެވެ.
ސިފައިންގެ ގާނޫނު ބުނާގޮތުން، އެ އިދާރާގެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަގޮތް
19 April 2024
ގައުމަށް ސަލާމަތީ ގޮތުން ހުރި ގޮންޖެހުންތަށް ވަރަށްވެސް ގިނައެވެ. އަސްކަރީ ގޮތުގެ އިތުރުންވެސް ސަލާމަތަށް ނުރައްކާތައް އެބަހުރި. ބޭރުގެ ލޯނުތަކާއި، ވާއެއް ނުވާއެއް ނޭނގޭ ބިދޭސީންނާއި، ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއި، ހަކަތައަށް 100 އިންސައްތަ ބޭރަށް ބަރޯސާވާންޖެހުމާއި، ސަރަހައްދީ ފިނި ހަނގުރާމައާއި، އެތައްކަމެއް އެބަ ހުއްޓްވެ.. މިކަންކަން ހޯދާ ކުރިއައްލައި ރައްކާތެރިވުމުގެ ފިޔަވަޅު އެޅުން މުހިންމެވެ
ޜަގަޅު
18 April 2024
މުއިއްޒު އަށް އޮންނާނީ ފަތްކޮޅުއެރުވުން. މިމަގާމު ތަކަކީ ސިފައިންގެ ތެރެއިންނިންމާނިންމުމެއް. މުއިއްޒު ކަމެއްކުރަންޏާ މިމަގާމުތައް ސިޔާސީނުފޫޒުން ސަލާމަތްކުރަންވީ. ރައީސްއަށް ނުކުޅެވޭގޮތަށް.
މީދޫ ތަކުރުފާނު
18 April 2024
މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީގެ މަތިފުށަކީ: އައްޑުއަތޮޅު މީދޫ އީސާފުޅުގޭ މޫސާ މަނިކުފާނުގެ މީދޫ ބަނޑިހިގޭ ޢަލީ މަނިކުފާނުގެ ޙަސަން ޙިލްމީ(ތިނަދޫ ތުއްތު ކަތީބާގެ) އެވެ.މަރުޙަބާ ޖެނެރަލް އިބްރާހިމް ޙިލްމީ.ކާމިޔާބީއަށް އެދެމެވެ.
ޖުނާރު
18 April 2024
މަތިފުށުން މޮޅުވެއި؟
ހިމޭން
18 April 2024
ޔުނިފޯމް އެޅުމަށްފަހު މަތިފުށުގެ ބޭނުމެއް ނޯންނާނެ.
ސަނދުބަރަކަ
18 April 2024
ވަރަށް ޗާރމިންގް ކެރެކްޓަރއެއް. އަސްކަރިއްޔާގެ ހަމަޖެހުމަށް ރައިސްގެ ނިންމެވުން ވަރަށް ރަނގަޅު. ޗީފް އަށް ވަރަށް މަރުޙަބާ
ފޮނިޓައްޕު ހަސަނު
18 April 2024
ހިލްމީއާއި ގިޔާޒު އަކީ ވަރަަށް ހަރުދަނާ، ވަޒީފާ އަދާކުރުމުގައި ހަވާލު ކުރާ ކޮންމެ މަސައްކަތެއް ފަސްނުޖެހި އަދާ ކުރުމުގައި ދެމިތިބި ދެބޭފުޅުން. އެދެބޭކަލުންނަށް ތިޔަ މަގާމު ތަކަށް އައްޔަނު ވުނުގެ ޚަބަރު ލިބުމުން ވަރަށްް އުފާވި.
ޅަބީ
18 April 2024
ޣިޔާސް އަކީ ތަމްރީން ނުހަދާ އެސް.އެފް ޔުނިފޯމް އެޅޭ ހަމައެކަނި މީހާ
ރާއްޖެ މީހާ
18 April 2024
ރާއްޖޭގަ ފުރަތަމަ އެސް. އެފް. ގާއިމް ކުރީ ޣިޔާޘް ބެލުމުގެ ދަށުން.. އޭނާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ އެސް. އެފް ކޮމާންޑަރ. އަދި އެހިސާބަށް އެދިޔައީ ލައްކަ ގިނަ ތަންތީން ހަދާ ރާއްޖެ ފަހުރުވެރިވާ ވަނަ ތަކެއްވެސް ހޯދައިގެން... ޣިޔާޘް ސަރ ދަންނަ މީހެއްގާތު އަހާލުން ބުއްދިވެރި. ޖެލަސް ވިއަސް ތީ ބޮޑުވަރު.
ފޮނިޓައްޕު ހަސަނު
18 April 2024
ތަނެއްް ދޮރެއް ނޭގުނަސް ކޮމެންޓު ކުރެވޯތޯ ބަލާތި. ގިޔާޒު އޯލެވެލް ނިންމާފައި އުމުރުން 17 އަހަރުގައި ސިފައިންގެއަށް ވަދެ ރާއްޖެއިން ހެދޭ ހުރިހައި ޓްރެއުނިންގ އެއް ހަދާފައި، ލަންކާގައި އާމީ ޓރެއިނިން ހަދައިގެން 1 ވަނައަށް ފާސްވި، އޭގެ ފަހުން، އެމެރިކާ، އިންޑިއާ، ޕާކިސްތާނުން ކިޔަވައި އަދި އެތަކެއް ޓްރެއިނިންގ ހެދި. އަދި އެމެރިކާއިން މިލިޓަރީ ސައިންސުން މާސްޓަރސް ހަދާފައިވޭ.
އަލިމަނިކުފާނު
18 April 2024
ދެބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ އަރިސްކުރަން
އޮނަރަބްލް އަފީފު ދީދީ
18 April 2024
ސިފައިންގެ ޤާނޫނުގައި ވަޒީފާގައިދެމިހުރެވޭނެ އެންމެމަތީ އުމުރު 60 އަހަރުކަމަށް ބަލާފައިވަނީ ކޮންގޮތަކަށް ވިސްނާ ދިރާސާ ކުރުމަށް ފަހުގައިތޯ؟ ރަޝިޔާގެ ޗީފް އޮފް ސްޓާފްގެ އުމުރަކީ 69، އިންޑިޔާގެ ޗީފް އޮފް ސްޓާފްގެ އުމުރަކީ 62، ޗައިނާގެ ޗީފް އޮފް ސްޓާފްގެ އުމުރަކީ 61، އެމަރިކާގެ ޗީފް އޮފް ސްޓާފްގެ އުމުރަކީ 64، އަދި އިޤިރޭސިވިލާތުގެ ޗީފް އޮފް ސްޓާފްގެ އުމުރަކީ 58 އަހަރު. ރާއްޖޭގެ އާރމީގެ ޒިންމާތައް ބޮޑުވެގެންތޯ 60 އަހަރުން ރިޓައަރ ކުރަން މަޖުބޫރުވަނީ!
ހިމޭން
18 April 2024
ތިސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ ތިބުނާ ގައުމުތަކުގެ ޗީފް އޮފް ސްޓާފުންގެ އުމުރު ކަނޑައަޅާފަ އޮތީ ކޮންގޮތަކަށް ވިސްނާ ދިރާސާ ކުރުމަށް ފަހުގައިތޯ؟ އަފީފު ދީދީ އެކަން ބަލާ ދިރާސާއެއް ކުރީމަ އެނގޭނެ ސިފައިންގެ ގާނޫނުގަ އެހެން ލިޔެފައޮތީ ކީއްވެގެން ކަން.
ޢާރުބެ
18 April 2024
އެތަންތަނުގެ މީހުން އެ މަގާމަށް އަންނަނި ވަރަށް ވަރަށް ބުރަ މަސައްކަތުން. ގިނަ ހަނގުރާމަތަކެއްގެ ކޮމާނަޑަރުކަން ކޮއްފަ އަދި އެހާމެ ފިޓްވާނެ. އެކަމު މިތާގަ ތިވެސް ސިޔާސީ، އެހާ އަންފިޓް، ދެން ކިހިނެއް ބަހައްޓާނި
އަބްޑޫޅް +
18 April 2024
ޢާރުބެ ތިޔަ ބުނާ ގިނަ ހަނގުރާމަ ތަކުގެ ނަން ބުނެދީބަލަ. ގަރުދިޔަ ތެލީގަ ލޮނުގަދަވެގެން ކުރި ހަގުރާމައެއްތަ؟
ވާނުވާ1
18 April 2024
އުމުރުން ދުވަސް ވެ މެޗުއަވާ ނުވުމަކީ ރާއްޖޭގެ ގިނަ މުއައްސަސާތަކުގަ ހުރި އެންމެ ބޮޑު އެއް މައްސަލަ
ފަކީރާ
18 April 2024
ތިޔަ ގާނޫނެއް ހެދިއިރު ދާއިރާގެ މެންބަރުކާރީ ކުރަންޖެހޭ ސުވާލު މިހާރު އަފީފުދީދީ މިކުރަނީ އަހަރެމެންކާރީ.
ޖަމީލުބެ
18 April 2024
ޙިލްމީ އަދި ޤިޔާސަށް މަރުހަބާ!
ރައީސަކަށް ނޭގުނެއްނު
18 April 2024
ނާގާބިލް ސޮރެއް. ބަޑި ރޫޅާ ރާވަލަންވެސް ހަނދާން ނުހުންނަ ސޮރެއް.
ތުނޑުހަސަނު
18 April 2024
ދެ ސޮރުން ކޮން ސޮރެއް؟
ތުއްކަލާ
18 April 2024
ކޮބައިތޯ ތިޔަ ވިދާޅުވި ނާޤާބިލް ސޮރަކީ. ނަން ވިދާޅުވާން ނުކެރުނީ ކީއްވެތޯ. ހިތުގައި ނުތަނަވަސްކަމެއް އުޅެނީހެން ހާދަހީވެއޭ