ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް؛ މިއަދުގެ އިންތިހާބުގައި އޭނާއަށް ވަނީ ނާކާމިޔާބުވެފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 އެޕްރީލް 2024 - 20:32
ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރެއްވި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިއްޖެ އެވެ.
މިއަދު ކުރިއަށް ގެންދިޔަ 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޖުމްލަ ހަތް ކެންޑިޑޭޓުން ވާދަކުރެއްވި އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މި ގޮނޑި ކާމިޔާބު ކުރެއްވީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ. ސިނާންއާ އެންމެ ގާތުން ވާދަކުރެއްވީ އަސްލަމް އެވެ.
މި ދާއިރާގެ ގޮނޑިއަށް ދެން ވާދަކުރައްވާފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އިމްދާދު ޒުބެއިރާއި އަހުމަދު ސައީދާއި މުހައްމަދު މިރުޒާގާއި ޝަބީނާ އިބްރާހިމް ދީދީގެ އިތުރުން ޝަޒީމާ ރަޝީދެވެ.
ރައްޔިތުންގެ މަޖިލިހުގެ 7 ގޮނޑީގައި ވެސް މިހާރު ތިއްބެވީ އެމްޑީޕީގެ މެމްބަރުންނެވެ. އެކަމަކު، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހަށް އައްޑު އަށް އެއް ގޮނޑި އިތުރު ކޮށްފައިވާއިރު އެމްޑީޕީ އަށް މި ފަހަރު ކާމިޔާބު ކުރެވުނީ އެންމެ ގޮނޑި އެކެވެ.
އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ އެންމެ މެންބަރެވެ. މިދިޔަ ނޮވެންބަރު މަހުން ފެށިގެން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަސްލަމް ވަނީ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފައިފަ އެވެ.
މިއީ މި ދާއިރާގެ ގޮނޑި ޕީއެންސީއިން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
22 April 2024
ދުނިޔޭގެ އުސޫލު. އައްބާސީ ދައުލަތް ވެސް އުމަވީ ދައުލަތް ވެސް އެއްމެ މަތީގަ ޖެހިފަ ބިމާ ހަމަޔަށް ތިރިވީ.
އަޅި އަލީ
22 April 2024
ފިނިސް ޓާޓާ ގުޑްބާއީ!
މަހުޒޫމް
22 April 2024
މޭ ފުއްޕާފަ ދުނިޔެމަތީ ބޮޑާކަމާއެކު ފިޔަވަޅު ނޭޅުމަށާއި އެކަމުގެ ނިމުން އަންނާނެކަން މާތް ރަސްކަލާނގެ އޮތީ އަންގަވާފަ....މިއީ އަހަރުމެން އެންމެނަށް ދުނިޔެ ދައްކާ ނަމޫނާ...އެދުވަހު އަމިއްލަ އުފަން ރަށުގައި އެއްވެސް ތްރެޓެއް ނެތް ތަނުގައިވެސް ބޮޑީގާޑުންނާއި މޮޓޯކެޑްގައި ދަތުރުކޮށް ރައްޔިތުންނަށް ތިމާއަކީ މަޖިލިސް ރައީސްކަމުގެ ފޮނިސަޅިބާސާ ދެއްކުނު ހަނދާން މިއަދު އަންނާނީ ނިކަން ހިތި މަންޒަރާއި އިހުސާސްތަކާއިއެކު....ޝުއާއު އަށްވެސް މިއީ މެސެޖެއް...ޑެޕިއުޓީ މޭޔަރުކަން ގެއްލުނީމާ އިންތިހާބުން ބަލިވުމަށްވުރެ ދެރަވާނެ...ހިތްތިރިކޮށް ރައްޔިތުންނާއި މުވައްޒަފުންނާ ދޭތެރޭ ތިމާ އަމަލުކުރަން ދަސްކުރަންޖެހޭ
ބަނޑޭ ބޭބީ.
22 April 2024
އަސްލަމް ތިރީގައި ކޮށްފައި ހުރި ކޮމެންޓްތައް ކިޔާލަބަލަ. ލަދުން ދެލޯ ހުޅުވަން ނުކެރޭ އެހެރަ ކޮމެންޓް ތައް ބަލާފަ. އައްޑޫ ރައްޔިތުންނަށްވެސް ހުރި ހުތުރަކަށް އަސްލަމް ވެއްޖެ. ކިހާ ދެރަކަމެއް.
ރަދީފްއޮފިޝަލް.
22 April 2024
އަސްލަމާ ތޯ ކޮބާ؟
ވިސްނާ
22 April 2024
3 މަސްނުވެ ރައީސް އަޒުލުކުރަންއުޅުމުގެ ނަތީޖާ. އަމިއްއެދުމައިގެން ފޯނުވިނަމަ ގޮނޑިލިބުނީސް ކަންނޭގެ. މަޖްލީސް މީ ޕާޓީއާ ތިމާމީހާގެ ލާބައާ މަންފާއަށް ކަންކޮށް ގާނޫނު ހަދަން އޮތްތަނެއްނޫން. އެއީ ރައްޔިތުންގެ ލާބައާ މަންފާއަށް ކަންކަން ނިންމާ ގާނޫނުތައް ހަދަންއޮތް ތަނެއް
ޙިނި
22 April 2024
ޕާޓީ އުފެއްދި މިހާޔާ ޖެހިގަތީމަ ވާނީ މިކަހަލަ އެއްޗެއް
ބުޅާގޯނި
22 April 2024
އަދި ވެސް ފުއްޕާފަ އުޅޭތި މަޖުލީހުގެ ރައީސް ރައީސް ކަމަށް އައީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން މިބުނީ އަންނި އިސްތިއުފާ ދިނީ އިތުބާރު ނެތްކަމަށް ވޯޓް ނަގަން އުޅުމުން އަސްލަމަށް ނޫނެކޭ ބުނީ މިހެންވެގެންނެވެ އަވަހަށް މަހައްދާ އޮޑިއެއްގައި މަހައްދާން ތައްޔާރު ވެލާ
އިނަފް
22 April 2024
އނަފް އިޒް އިނަފް
ނައިބު
22 April 2024
ﷲ ގެ ކުޅަދުންވަންތަ ވެރިކަން. މީހުނަށް މަގާމު ދެއްވަނީ ވެސް އަދި އެމަގާމުން ވަކިވެ ދަނީ ވެސް ﷲ ގެ އަމުރުފުޅަށް. އެކަމާ އެކަކު ވެސް ދެބަސް ނުވާނެ. ދެން މަލާމާތްކޮށް އެއްޗެހި ގޮވުމުގެ އެއްވެސް މާނައެއް އެބައޮތްތޯ؟ މާދަމާ ކަންކަން ހިނގާނެ ގޮތް އަދި ވާނެ ކަމެއް ހަމަ އެކަކަށް ވެސް ނޭގޭނެ.
ތުއްތު މަނިކު.
22 April 2024
މަލާމާތެއްނޫން ކޮމެންޓް ތަކުގައި ކޮށްފައިވަނީ. ކޮމެންޓް ކުރިމީހުންނަށް އެއީ ކާކުކަމާއި އޭނާ ކަންކުރީ ކިހިނެއްކަމާއި މަޖިލީހަށް ހެދުނު ހޭލައިގެން ނުދެވޭ ކަމާއި ހާޒިރީގެ ފުލުގައި އޮންނަ މީހެއްކަމާއި އައްޑޫ ގޮނޑިއެއްގައި 20 އަހަރު ހުރެ އައްޑޫ ރައްޔިތުން ބޭނުންވިގޮތަށް މަޖިލީހުގައި ވަކާލާތު ނުކުރިވާހަކަ ދެއްކިމަކީ މަލާމާތް ކުރުމެއްނޫން.
ގަޅިނައިބު
22 April 2024
އަސްލަމާ އެކު ނައިބު ވެސް މަހައްދާން އެބަޖެހޭ އަސްލަމާއި ގުޅުމެއް އޮތީތޯ އަނެއްކާ ނައިބު؟