ފުވައްމުލަކުގެ ތިން ދާއިރާ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން
21 އެޕްރީލް 2024 - 21:20
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކުގެ ތިން ގޮނޑި ވެސް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފި އެވެ.
އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ފުވައްމުލަކުގެ ތިން ގޮނޑި ވެސް އެމްޑީޕީން ކާމިޔާބު ކުރި ނަމަވެސް މިއަދު ބޭއްވި މަޖިލީހުގެ އިންތިހާބުގައި ތިން ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.
ފުވައްމުލަކު އުތުރު ދާއިރާއަށް ހަމަދު އަބްދުﷲ ހޮވިފައިވާއިރު، މެދު ދާއިރާއަށް ހޮވިފައިވަނީ އެ ދާއިރާގެ މެމްބަރު ކަން ކުރިން ވެސް ކުރެއްވި އަލީ ފަޒާދެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި އަދި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.
ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ނަޒްރާ ނަސީމާ ވާދަ ކުރެއްވި އިބްރާހިމް ހުސައިނެވެ. ފުވައްމުލަކު އުތުރު ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަ ނުކުރި ނަމަވެސް އެ ޕާޓީން ތާއީދުކުރީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ކެންޑިޑޭޓް މުހައްމަދު ޝަރަފުއްދީނަށެވެ.
މަޖިލިސް އިންތިހާބުގައި ފުވައްމުލައް ސިޓީގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ ގިނަ ގޮނޑިތައް ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. އަދި މިހާތަނަށް އާންމުކުރި ނަތީޖާ ދައްކާ ގޮތުން ޕީއެންސީއަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ވަނީ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލުވެސް
22 April 2024
ވަކިވަކި އަތޮޅުތަކަށް ބަލާއިރު މިފަހަރު މުޅި އަތޮޅު އެއްކޮށް ސަރުކާރަށް ދިނީ 2 އަތޮޅު. އެއީ ފުވައްމުލަކާއި ރ އަތޮޅު.
މަހޭނެތިދާނޭ
21 April 2024
ކޮބާތާ އަފުންގެ މަހޭގެ ކަންބުލޮ؟ މަހޭ ބުނަނީ އެމަންޖެ ހޮވޭނެއޯ؟
މަންޖެ
22 April 2024
އެމަންޖެ ހުމާ ރަޖާ ލައިގެން އޮތީ..
ޛުލީނާ
21 April 2024
ޔާމީނު ގޮވައިގެން ޖަމީލާއި މަލީޙާއި ހިސްޓޯ ފުވައްމުލަކަށް ގޮސް ޕީއެންސީއަށް އެންޓި-ކެމްޕެއިންކޮށްގެން ކުރެވުނީ ކޮންކަމެއްބާ؟ ޔާމީނަށް ހީވަނީ މިގައުމުގެ ގިނަމީހުން ތާއީދުކުރަނީ ތިމަންނާއަށޭ. ތިމާގެ ޙައްޤުގައި 5 އަހަރުވަންދެން މަގުމަތީގައިތިބި މީހުން ދޫކޮށްލައި، އެމީހުނާ ދިމާއަށް ހިތަށްއެރިހައި އެއްޗެއް ގޮވަމުން، ތިމާގެ އަބުރަށް އެންމެބޮޑަށް އަރައިގަތް 2 މީހުންނަކީ މާރަނގަޅު ބަޔަކަށް ބަލައިގެން އުޅުނީމައި ރީތިވެއްޖެއެއްނު. ތިހިރީ ވެރިކަން ލިބިފައި.
ސައިމާ
21 April 2024
ޔާމީނު، ގޯ ހޯމް. ޔޫއާ ނޮޓް ވެލްކަމްޑް އިން އެފްވީއެމް. ހާދަ ހަޑިއެއް ފަހުވަގުތުވެސް ހޭވިޔޭ.