24 އެޕްރީލް 2024 - 07:05
ހޮލީވުޑް އަދި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޮޕްރާ މި އަހަރުގެ "މެޓް ގާލާ" އަށް ނުދާނެ ކަމަށް ބުނެފި އެވެ.
ފެޝަންގެ ދުނިޔޭގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ މެޓް ގާލާ އަށް ނުދެވޭނެ ކަމަށް ޕްރިޔަންކާ ބުނީ އޭނާ ނެރޭޓްކުރާ ޑޮކިއުމެންޓްރީއެއް ކަމަށްވާ "ޓައިގާ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި މީހަކު ކުރި ސުވާލަކަށް ދިން ޖަވާބުގަ އެވެ. މެޓް ގާލާ އަށް ނުދެވެނީ އޭނާ ބުނި ގޮތުގައި، ހޮލީވުޑްގެ ފިލްމު "ހެޑް އޮފް ސްޓޭޓް"ގައި މަސައްކަތް ކުރަމުން އަންނާތީ އެވެ.
ޕްރިޔަންކާ އަކީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މެޓް ގާލާގައި ބައިވެރިވެފައިވާ ފަންނާނެކެވެ.
ހޮލީވުޑްގެ ޒުވާން އެކްޓަރު ޒެންޑާޔާ ފިޔަވާ އެހެން އެއްވެސް ފަންނާނަކު އެ އެވެންޓަށް ދާ ކަމަށް އަދި އެނގިފައި ނެތް ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.
ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް އެންމެ ފުރަތަމަ އެކުގައި ފެނުނީ 2017 ވަނަ އަހަރު ބޭއްވި މެޓް ގާލާ އިންނެވެ.
މިދިޔަ އަހަރުގެ މެޓް ގާލާގައި ޕްރިޔަންކާ ހުރީ ވެލެންޓީނޯގެ ރިސްކޫ ތައި-ސްލިޓް ގައުންއެއް ލައިގެންނެވެ. އަދި ނިކް ހުރީ އޯވާ ސައިޒް ސޫޓެއްގަ އެވެ.
މި އަހަރުގެ މެޓް ގާލާ އޮތީ އަންނަ މަހުގެ ހަ ވަނަ ދުވަހު ނިއުޔޯކުގެ މެޓްރޯޕޮލިޓަމް މިއުޒިއަމްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޅި އަލީ
25 April 2024
ވަރަށް ބޮޑު ކަމަކުން މިސަލާމަތް ވީ!
2024
25 April 2024
ޕީސީ ނުދާނެ ތިކަހަލަ އާދައިގެ ހަފްލާތަކަށް....ބޮއިހަލަކި
2024
24 April 2024
ޕީސީ ނުދަންޏާ އަހުންވެސް ނުދާނަން..... ބޮއިހަލަކި
ގޮތަބެޔާ
24 April 2024
ޕްރިޔަންކާބަދަލުގައި ދުނީ ފޮނުވަން ވީ އެއް ނޫން...
އިދުރީސްބެއްޔާ
24 April 2024
ނުވާނެ!!!.. ޕުރިޔަންކާ ނުދަންޏާ މަވެސް ނުދާނަން. ވަރަށް ފޫހި
ރަހުމާމާ
24 April 2024
ނަސީބެއްނު މީނާ ތުއިލަރުވުން ބަލަން ނުޖެހޭނެ
ުެއުޑު
24 April 2024
އާން، ޕްރިޔަންކާ ގެ ބަދަލުގަ ދަނީ ސުނީތާ އޯ.