22 އެޕްރީލް 2024 - 05:42
ޖެނޯއާ (އޭޕްރީލް 22) – އިޓަލީގެ ދެވަނަ ޑިވިޝަނުގެ ކްލަބް، ސަމްޑޯރިއާ ކުޅުންތެރިންނާއި ކޯޗު އަންޑްރެއާ ޕިރްލޯ ކާނާ ވިހައްވެއްޖެ އެވެ.
ޖެނާއޯ ސިޓީގެ ދެވަނަ ޑިވިޝަނުގެ ޑާބީ މެޗުގައި ސްޕެޒިއާއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗުގެ ކުރިން ޓީމު ބައްދަލުކޮށްލަން ސީފުޑަށް ހާއްސަ ރެސްޓޯރެންޓެއްގައި މެންދުރުގެ ކެއުން ބޭއްވި އެވެ.
އޭގެ ފަހުން އެ ޓީމުގެ ބައެއް ކުޅުންތެރިން ބަނޑަށް އުނދަގޫވާތީ އުޅުނެވެ. މެޗު ކުރިއަށްދިޔައިރު އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ބައިވެރިއެއް ނުވެވުނެވެ.
އެންމެ ބޮޑަށް އަސަރުކުރީ ފުރަތަމަ 11 ގައި ފަށާނެ ކަމަށް ބެލެވުނު ފަބިއޯ ޑެޕައޯލީ އަށެވެ. އެކަމަކު އޭނާ ހުންނަން ޖެހުނީ ބެންޗުގަ އެވެ.
ބައެއް ކުޅުންތެރިންނަށް ދަނޑަށް ވެސް ހާޒިރު ނުވެވުނު ކަމަށް އިޓަލީގެ މީޑިއާތަކުން ބުންޏެވެ.
ޖެރާޑް ޔެޕެސް، ޑެނިއެލް ގިލާޑީ، އެންޓޯނިއޯ ބަރޭކާ އަދި އެންޑްރިއާ ކޮންޓީގެ ބޭރަށްހިންގާތީ ދަނޑަށް ވެސް ހާޒިރު ނުވެވުނެވެ.
ޓީމަށް އެ މައްސަލަ ދިމާވި ނަމަވެސް ސްޕެޒިއާ ދެކޮޅަށް ކުޅުނު މެޗު ސަމްޑޯރިއާއިން އެއްވަރު ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy