22 އެޕްރީލް 2024 - 11:41
އަންނަ ބުރާސްފަތި ދުވަހު މޯލްޑިވިއަން އިން ފަށާ ކޮލަމްބޯ ދަތުރުތަކުގެ ދެކޮޅު ޓިކެޓެއްގެ އެންމެ ކުޑަ އަގަކީ 165 ޑޮލަރު ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަންގެ "ލޯ ފެއާ" ރޭޓުގައި 165 ޑޮލަރަށް ކުރާ ކޮލަމްބޯ ދަތުރުތަކުގައި 30 ކިލޯގެ ބެގެޖާއި މީލް ޕެކެއް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މޯލްޑިވިއަން އިން ބުނީ ކޮލަމްބޯ އަކީ ބޭސްފަރުވާއަށް ދިވެހިން ދަތުރުކުރާ ގައުމަކަށް ވާއިރު، އެކަމަށް ލުއި ހޯދާދިނުމުގެ ގޮތުން ކޮލަމްބޯގެ ނަވަލޯކާ ހޮސްޕިޓަލުން މޯލްޑިވިއަންގެ ފަސިންޖަރުންނަށް ހާއްސަ ލުއިތަކެއް ހޯދައިދީފައިވާނެ ކަމަށެވެ.
މޯލްޑިވިއަންގެ ފަސިންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން ހިލޭ ކޮންސަލްޓޭޝަނާއި މެޑިކަލް ހިސްޓްރީ އިވެލުއޭޝަނާއި ބޮޑީ މާސް އިންޑެކްސް ބެލުމާއި ޑައިޓީޝަނަކަށް ދެއްކުމާއި ޑެންޓަލް ސެކަލާއި ފެނުމުގެ ޓެސްޓު ހެއްދޭނެ އެވެ. އަދި މޯލްޑިވިއަންގެ ފަސިންޖަރުންނަށް އޯޕީޑީއިން ހެއްދޭ ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސެންޓުގެ ޑިސްކައުންޓާއި އެކްސްރޭއިން ފަސް ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެ އެވެ.
މޯލްޑިވިއަންއިން ކޮލަމްބޯއަށް ހަފްތާއަކު ދެ ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ.
މޯލްޑިވިއަންއިން ދަތުރުކުރުމަށް އެ އެއާލައިންގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި އޮފީހަށް ގޮސްގެން ވެސް ޓިކެޓް ބުކް ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
24 April 2024
ދަތުރު ތިގޮތަށް އޮތުމުން ބައެއް މީހުނަށް ކަމުދާނެ. ވީކެންޑްގާ ކުރު ޗުއްޓީއެއް ހަދާލަން ގޯހެއްނޫން. އެކަމަކު މީހަކު ނުވަތަ ބަޔަކު ތަނަކަށޤ ދާނީވެސް ކޮންމެސް ވަރެއްގެ ކަމަކުތާ. ޗުއްޓީ މާބޮޑަށްވެސް ކުރުވީމާ ބާޒާރުކޮށްލުމާ ކަންކަމަށް އެބަ އުނދަގޫވޭ. ތިގޮތަށް ދަތުރުތައް ފެށިޔަސް އުންމީދަކީ އަދި އިތުރު ދަތުރުތައް އިތުރު ގޮތަކަށް ބޭއްވުން. މިސާލަކަށް ބުދައިގަ ގޮސްފަ ހޮނިހިރު ދުވަހުގެ ރޭ އަން ގޮތަށް. ނޫނީ ބުރާސްފަތިދުވަހުގެ ރޭ ގޮސްފަ ހޯމަދުވަހުގެރެޔަށް.
އައްޑޫޫމީހާ
22 April 2024
އައްޑޫ އެއްކޮޅު 1663 ރުފިޔާ! ދެކޮޅު 3326 ރ. އެއީ 215 ޑޮލަރު.
ވެއްޓުނު އަސްލަމް.
22 April 2024
މޯލްޑިވިއަން އަކީ ކ.މާލޭ މީހުންނަށް އަގުހެޔޮކޮށް ދަތުރު ކޮށްދޭން މާލޭ ސަރުކާރުން ހަދައިގެން އުލޭ ކުންފުންޏެއް. ނުޖެހޭ އައްޑޫގެ ޓިކެޓް އަގުހެޔޮކުރާކަށް.
ލަންކާމަގެ
22 April 2024
މިއީ ވަރަށް އުފާވެރި ހަަބަރެއް. ދެން ވީކެންޑް ހަދާލަން ވެސް ލަންކާ އަށް.