ވައިކަރަދޫ ފަޅުތެރޭގައި މުށިމަސްތައް މަރުވެ ކުނިވެފައި - ފޮޓޯ: ފޭސްބުކް
26 އެޕްރީލް 2024 - 14:55
ހދ. ވައިކަރަދޫ ފަޅުތެރެއަށް ވަން އެތައް ހާސް މުށިމަސް މަރުވެ، ފަޅުތެރެ މި ފަހަރުވެސް އެއްކޮށް ކުނިވެއްޖެ އެވެ.
ވައިކަރަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނުހާމް "މިހާރު" އަށް ވިދާޅުވީ، އެ ރަށު ފަޅަކީ އާންމުންކޮށް ވެސް ގިނަ އަދަދެއްގެ މަސް ވަންނަ ތަނެއް ކަމަށާއި އާންމު ހާލަތްތަކުގައި ފަތިހު ވަދެފައި އިރު އޮއްސެން ވާއިރަށް މަސްތައް ފަޅުތެރެއިން ނުކުންނަ ކަމަށެވެ.
ނަމަވެސް ރޭ މަސްތައް ފަޅުތެރެއިން ނިކުންނަ ގަޑީގައި، ލޮނުގަނޑު އުފުލި މަސްތައް ފަޅުތެރޭގައި ތާށިވީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ވަގުތު ރަށުގެ ރައްޔިތުން ނިކުމެ ގިނަ އަދަދެއްގެ މަސް ހިފި ކަމަށާއި މަރުވީ ނުހިފި ބާކީ ހުރި ބައި ކަމަށެވެ.
"ފެންގަނޑު އެރި ގަޑީގައި މަސް ހިފި މީހަކު ހާހެއް ކަހަލަ ގޮތަކަށް. މިއަދު ނުހިފުނު ބައި މަރުވެގެން މައްޗަށް މި އެރީ،" ނުހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިރު އެރިއިރު އެތައް ހާސް މަހެއް މަރުވެ ކުނިވެގެން މައްޗަށް އަރާފައިވާ ކަމަށެވެ. ރަށު ޒުވާނުންނާއި ކައުންސިލް ގުޅިގެން ހެނދުނު މައްޗަށް އަރާފައިހުރި ބައި އެއްކޮށް ސާފުކޮށްފައިވާ ކަމަށާއި މެންދުރު ފަހު އަނެއްކާ ވެސް އެކަމަށް ރަށު ރައްޔިތުންނަށް ގޮވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހެނދުނު ކައުންސިލާއި ރައްޔިތުން ގުޅިގެން ނަގައިގެން ވަޅުލިން ދެ ޕިކަޕަށް ވުރެ ގިނަ މަސް، ޖޭސީޕީ 10 ލޯޑުވަރު ގެންދިޔައިން. މިހާރު މުޅި ފަޅު އެއްކޮށް ކުނިވެފައި އޮތީ، މީހުންނަށް އުޅެން އުނދަގޫވާ ވަރަށް،" އޭނާ ވިދާޅުވި އެވެ.
ވައިކަރަދޫ ފަޅުތެރޭގައި މުށިމަސްތައް މަރުވެ ކުނިވެފައި - ފޮޓޯ: ފޭސްބުކް
ވައިކަރަދޫ ބަނދަރު ހަދާފައި އޮތީ ރައްޔިތުން އޭރު އެދުނު ގޮތަށް އެއްވެސް ވަރަކަށް އޮއެނުދެމޭ ގޮތަށް ކަމަށްވާތީ، ކޮންމެ ހޫނު މޫސުމެއްގައި ވެސް މިކަން ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެކަން ދިމާވަނީ ހޫނުވުމުން ފެންގަނޑުގައި ފެހި އުފެދި، މައިކްރޯލްތައް ގިނަވެ، ފަޅުތެރޭގައި އޮކްސިޖަން ހުސްވެގެން ކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރަށް އެކި ފަހަރަުމަތީން ދަންނަވާފައިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ވެސް ހިއްސާކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލައަށް ހައްލު ގެނައުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އެތެރެ ތޮއްޓާއި ބޭރރު ތޮށި މަރާމާރުކުރަން ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި މިއީ އަވަސް ހައްލެއް ރައްޔިތުން ބޭނުންވާ ކަމެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯޕައްޓާ
28 April 2024
ހޫނުވުމުން ފެންގަނޑުގަ ފެހިއުފެދެންޏާ ދެން ފެންއަޅައިގެން ކައްކާ އެއްޗެހީގަ ހުންނާނީ ތިޔަ މައިކުރޯލެއްނު.
މުޑަހަންޖާ
27 April 2024
ކަމެއް ދިމާވާއިރަށް ރަށު ރައްޔިތުންނަށްތަ އަދިވެސް ގޮވަނީ، ރަށު ރައްޔިތުން މެރި މަސްތަކެއްތަ ތިޔާ. ބަލަގަ ތިކަހަލަ ކާރިސާޖެހުނީމަ ތިކަން ކުރަން އެޓޯލްސް މިނިސްޓްރީއާއި ސިފައިންނާއި ފުލުހުންނާއި މިހެންގޮސް ނަންހުސްވާވަރަށް އަހަރަކު ބިލިއަނުން ބަޖެޓު ކަހައިގެން އެތިބެނީ. ކ.މާލޭގަ ދުވަހަކުވެސް ރައްޔިތުންނަށް ގޮވައިގެން ފަޅުތެރެ ކުނިފިލުވާތަ.
ކާށިމީދޯ
27 April 2024
ކޮބާ އީޕީއޭ ހަދާވާހަކަ އަބަދުވެސް ގޮވާނެ. ކޮންގޮތަކަށް ހަދާފައިވާ އީޕީއޭއެއްބާ. ކަރުދާސްކޮޅެއްދޯ
ނުރަބޯ ސައީދު
27 April 2024
ޑިމޮކްރަސީގަ ވާނީ އެހެން. ރައްޔިތުން ބޭނުންގޮތަށް ހުރިހާކަމެއް ދޫކޮއްލަން ޖެހެނީ ރައްޔިތުންގެ ވޯޓް ބޭނުންވާތީ. ގާނޫނާ ގަވައިދަކަށް ތަބާވާކަށް ނުޖެހޭނެ. "ގަވައިދާ ޚިލާފަށް ޕާކް ކުރިޔަސް ދެން ސްޓިކާރ އެއް ނުޖަހާނެ"
ކަންގަނާ
27 April 2024
ނަމަވެސް ރޭ މަސްތައް ފަޅުތެރެއިން ނިކުންނަ ގަޑީގައި، ލޮނުގަނޑު އުފުލި މަސްތައް ފަޅުތެރޭގައި ތާށިވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ނެތް
27 April 2024
އަހަރެމެން ކުޑާވަރު އިރު ދިޔަވަރު ބޮޑުވީމާ މަސްތައް ފަޅަށްވަންނަނީ. ދިޔަވަރު އަޑިވާއިރު ނުކުންނަނީ.
އަބްޑޫޅް +
27 April 2024
މިހާރު ތިޔަރަށު އަލިކަތީބު ކޮބައިތަ؟
ޢަލަގަސް
27 April 2024
ރައްޔިތުންގެ ކުށެއްނޯންނާނެ ގޯސްވާނީ ވެރިން މީވ ވާހަކަ
ފަހުދު.
27 April 2024
ވައިކަރަދޫ ރައްޔިތުން ބޭނުންވީ ގޮތަށް ސަރުކާރުން އޮއެނުދެމޭހެން ބަންދަރު ހެދުމުން މަސްތަޢް މަރުވަނީ. ދެން ކުނިވަސް ނުދުވާގޮތަށް ރައްޔިތުންގެ ނޭފަތްތައް އޮޕަރޭޝަން ކުރަންވީނު. ސަރުކާރުގަ އެދޭ. އަހަރެމްން މިތިބީ ޓެކްސްފައިސާ ދައްކަން ތައްޔާރަށް
ލަސް
27 April 2024
މައިކްރޯލް ގިނަވީއޭ؟