ޚަބަރު / އަބްދުއްރަހީމް އަބްދުﷲ (ސްޕެޝަލް އެޑްވައިޒަރު)

އަބްދުއްރަހީމް، މަޖިލިހުގެ ރައީސްކަމުގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން!

"]މޭ] 28 ގެ ފަހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލ. އަތޮޅުގައި އުފާފާޅުކުރާނަން. އެއީ އެ ވާހަކަ އިތުރަށް ދައްކާނެ ގޮތަކީ. ތިޔަބޭފުޅުން އިންތިޒާރުގައި ތިއްބަވާ،"

ޕީޕީއެމް/ޕީއެންސީން ވަރަށް ފަހުން ބޭއްވި ޑިސްކަޝަނެއްގައި އަބްދުއްރަހީމް (މ) އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ސަލީމް (ކ) އާއި ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަންނަ މަހުގެ 28 ގައި އެކުލަވައިލާ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އާ މެމްބަރުކަމުގެ ހުވާ ކުރައްވާ އަބްދުއްރަހީމް އަބްދުﷲ ރޭ ދެއްވައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާގެ މެމްބަރުކަމަށް ހޮވި އަބްދުއްރަހީމް، މަޖިލިހުގެ ރައީސްކަމަށް ވާދަކުރައްވައި އެ ކަން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވީ މަޖިލިސް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ރައީސް މުއިއްޒުގެ މި ވެރިކަމުގައި ފުރަތަމަ ފަހަރަށް ލ. އަތޮޅުގެ ދެ ބޭފުޅަކަށް ކެބިނެޓުން ފުރުސަތު ދެއްވި ދެއްވުމަކީ އެ އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވުން ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ރޭ ވިދާޅުވީ، ދެން އޮތީ މާ އުފާވެރި ޚަބަރުތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ، ރެ އަށް ވުރެ މާ އުފާވެރި ރެއެއް އަދި ލ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރާނެ ކަމަށެވެ.

"އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑެއް ނުދާނަން. އެކަމަކު ވެސް އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ޚަބަރު ދެމުން އަޅުގަނޑުގެ ވާހަކަކޮޅު މިހާ ހިސާބުން ނިންމާލާނަން،" ރައީސް މުއިއްޒަށް ވެރިކަން ހޯދައި ދިނުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ސިޔާސީ ކަންކަމުގައި ރައީސްގެ އެންމެ ބޮޑު އިތުބާރެއް އޮތް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ކާމިޔާބީ ފާހަގަކުރަން ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި އިއްޔެ ހަވީރު ބޭއްވި ސައިކަލް ބުރަށް ފަހު ވާހަކަ ދައްކަވަމުން އޭނާގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ވަނީ މަޖިލިހުގެ ރައީސްކަމުގެ ގޮނޑި އަށް ބައްޕަ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

ޕީއެންސީގެ ރަސްމިއްޔާތެއްގައި އަބްުދުއްރަހީމާއި ދަރިކަލުން ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ.

"]މޭ] 28 ގެ ފަހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލ. އަތޮޅުގައި އުފާފާޅުކުރާނަން. އެއީ އެ ވާހަކަ އިތުރަށް ދައްކާނެ ގޮތަކީ. ތިޔަބޭފުޅުން އިންތިޒާރުގައި ތިއްބަވާ،" ފައިސަލް ވިދާޅުވި އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން ހުވާކުރެއްވުން އޮންނާނީ އަންނަ މަހުގެ 28 ގަ އެވެ. އެ ދުވަހު އެ ބޭފުޅުން ހުވާކުރެއްވުމަށް ފަހު، ފުރަތަމަ ކަމަކަށް އޮންނާނީ އެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ. އެކަން ނިންމާނީ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އެ ވާހަކައިގެ ތަފުސީލަކަށް އަޅުގަނޑެއް ނުދާނަން. އެކަމަކު ވެސް އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ އަނެއްކާވެސް ހައްދުންމަތީގެ ތާރީހު ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ޚަބަރު ދެމުން އަޅުގަނޑުގެ ވާހަކަކޮޅު މިހާ ހިސާބުން ނިންމާލާނަން،"--- އަބްދުއްރަހީމް

މި ފަހަރުގެ އިންތިހާބުގައި 20 ވަނަ މަޖިލިހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ނަގާފައިވާއިރު، އެ ޕާޓީން ބޭނުންވާ ބޭފުޅަކަށް އެ މަޖިލިހުގެ ރައީސްކަމާއި ނައިބު ރައީސްކަން ލިބޭނެ އެވެ. މިހާތަނަށް ފާޅުގައި އެކަމާ އުޅުއްވާ ތަން ފެންނަނީ އަބްދުއްރަހީމް އެކަންޏެވެ. އެކަމަކު، ދިއްގަރު ދާއިރާ އަށް އަލުން އިންތިހާބުވި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ނަން ވެސް ލިސްޓުގައި އެބައޮތެވެ. ނަމަވެސް ނާޒިމް އަދި ހުންނެވީ ހިމޭނުންނެވެ.

މީގެ ކުރިން މަޖިލިހުގައި ދެ ދައުރު ފުރިހަމަ ކުރެއްވި އަބްދުއްރަހީމްގެ 20 ވަނަ މަޖިލިހުގެ އިންތިހާބު ކާމިޔާބީ ފާހަގަކުރުމަށް ހަވާ އެރުވުމާ އެކު ބޭއްވި ކުލަގަދަ ހަފުލާގައި އޭނާ ވިދާޅުވީ، ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް މުއިއްޒު ކަމަށާއި އެހެންވެ މި ސަރުކާރު ދަމަހައްޓައި ނެގެހެއްޓުމަށްޓަކައި ފޮނަދު އަށް ވުރެ ބޮޑަށް ވަކިން މަސައްކަތް ކުރަންޖެހޭ އެހެން އެއްވެސް ރަށެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކެބިނެޓުން ލ. އަތޮޅަށް ފުރުސަތު ދިނީ ރައީސް މުއިއްޒު ކަން އަބްދުއްރަހީމް ރޭ ވަރަށް ބޮޑަށް ފާހަގަކުރެއްވި އެވެ. މި ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި ލ. އަތޮޅުގެ ދެ ބޭފުޅުންނަކީ އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އެ ދެ ބޭފުޅުން ވެސް ނިސްބަތްވަނީ ފޮނަދު އަށެވެ.

އަބްދުއްރަހީމް ރޭ ވިދާޅުވީ، އޭނާގެ ސިޔާސީ ހަޔާތުގައި މިހާ ހިސާބަށް ވަޑައިގެންނެވުނު ސަބަބަކީ ފޮނަދޫގެ ރައްޔިތުން ކަމަށެވެ. އެ ރަށުގެ ރައްޔިތުން ދިން އެހީތެރިކަމާއި އެއްބާރުލުން އަދި އިތުބާރު އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑު އަބަދުވެސް ހަނދާން ކުރާނަން، އަބަދުވެސް ހަނދާނުގައި ހުންނާނެ އަޅުގަނޑު މަގާމަކަށް ދިޔަ ކަމަށް ވިޔަސް އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތޭނެ. ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ހިތުގައި އަބަދުވެސް އޮންނާނީ އިހުތިރާމާއި ލޯބި. ކުރާ ތައުރީފު،" ސަރުކާރު ހިންގާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ރޭގެ ހަފުލާގައި މިނިސްޓަރު ފައިސަލް ވެސް ވަނީ ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލައި މި ސަރުކާރުން އެ އަތޮޅު ތަރައްގީ ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ލ. އަތޮޅުގައި "ވަން އައިލެންޑް" ކޮންސެޕްޓުގެ ދަށުން ހަތަރު ރިސޯޓު ހެދުމާއި ގަން-ފޮނަދޫ ސިޓީއަކަށް ބަދަލުކުރުމެވެ. އޭނާ ދެއްވި ޔަގީން ކަމަކީ ދެން އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގަން-ފޮނަދޫން އިންތިހާބު ކުރާނީ މޭޔަރެއް އަދި ސިޓީ ކައުންސިލްގެ މެމްބަރުން ކަމެވެ.

މި ފަހަރު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި އަބްދުއްރަހީމް ކާމިޔާބު ކުރެއްވީ 1،649 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން އަބޫބަކުރަށް ހޯއްދެވުނީ 491 ވޯޓެވެ. މި އިންތިހާބުގައި މާވަށު ދާއިރާ ފިޔަވައި ލ. އަތޮޅުގެ ތިން ދާއިރާ ވެސް ކާމިޔާބުކުރީ ޕީއެންސީންނެވެ. މާވަށު ދާއިރާގެ ގޮނޑު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

57 ކޮމެންޓް, 69 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 4%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިކަމުގަ ތާއީދު ކުރަން

29 April 2024

އަދުރޭ ދެކެ ކިތަންމެ ހިތްހަމަ ނުޖެހުން ހުއްޓަސް، އެބަ ޖެހޭ މިހާރު ލާމު އަދި އައްޑޫ ފޯމުލަށް އަދި ގއ. ގދ މިތަން ތަން މެކުހަށް ޖަހާލަން، މާލެ ހުޅުމާލެ އަށް ބަލައިގެން ތިބެވޭކަށް ނެތް.

The name is already taken The name is available. Register?

ޝަރީފު އިބްރާހީމް

28 April 2024

ޢަބްދުއްރަހީމް ތި މަޤާމަށް ރަނގަޅެވެ. އެހެނަސް މާ ފޮނި ނުކަނޑުއްވާށެވެ. މިހާރުވެސް ކުރިން ގުޅީމަ ފޯނު ނެގި ކިތަންމެ މީހަކު 100 ފަހަރު ގުޅުޟުންވެސް ފޯނު ނުނަގާކަން މީ ޙަޤީޤަތެވެ. ތިމާއަށް ތިފަދަ މަތީ މަޤާމަކަށް އާދެވުނީ އެހެން ބައެއްގެ ވަރަށް ބުރަ މަސައްކަތުންކަން ދަްނަން ޖެހޭނެއެވެ. އަހަރެންނަށް ވެސް ގުޅުނު އަދަދެއް ނޭނގެއެވެ. އެއީ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެކެވެ. އެކަމަކު މިފަރު މުޢިއްޒު ރައީސްކަމަށް ހޮވުނުފަހުން އަދުރޭ ދުރުވެއްޖެ.

The name is already taken The name is available. Register?

ޕޫރުބެ

28 April 2024

ނާގާބިލު މަގާމުތަކަށް ރައްޔިތުން ވެރިން އިޚްތިޔާރު ކުރުމަކި ފަހުޒަމާނުގެ ޢަލާމާތެއް! ހުރިހާ އެއްޗެއް ދުނިޔޭގެ ދަހިވެތިކަމަށް ވިއްކާބަޔަކީ އެއްވެސް އަގެއް ހުރި ބައެއް ނޫން! ރިޔާސީ ވޯޓާއި، ޕްރައިމަރީ އާއި، މަޖުލީހުގެ ވޯޓާއި، ޕާޓީީގެ ވޯޓާއި، ކައުންސިންގެ ވޯޓާއި އަދި އތމކ ވޯޓް ވިއްކާބަޔަކަށް ކޮން ހެވެއް އޮތީ، އެއްބަޔަކު މަގާމަށް، އަނެއް ބަޔަކު ފައިސާ އަށް އަނެއް ބަޔަކު ބޭރު ދަތުރަށް، އަނެއް ބަޔަކު ތަރައްގީއަށް.

The name is already taken The name is available. Register?

ވޯޓު

29 April 2024

ވޯޓުލާ މީހުންގެ ތެރެއިން ކިތައް މީހުންނަށްތޯ އިނގެނީ ވެރިއެއްގެ ގައިގަ ހުންނަންޖެހޭ ސިފަތައް؟ އެންމެން އެއްބަސްވޭ މިސާލަކަށް އިޚްލާސްތެރި ވާން ޖެހޭކަން. އެކަމަކު އެކަމާ ބެހޭގޮތުންވެސް މި އިނގެނީ ތުންތުންމަތިން ދެކެވޭ ވާހަކަތަކެެއް. ވީމާ ވެެރިން އިޚްތިޔާރު ކުރަން ކުފޫ ހަމަވޭތޯ އަޅުގަނޑުމެން. ޤައުމީ މަސްލަހަތް އިސްކޮށް ވޯޓު ދޭން ބެނުންވިޔަސް، އެ މަސްލަހަތަކީ ކޮބައިކަން ދެނެގަތުމުގެ ޤާބިލްކަމެއް ގިނަމީހުންގެ ނެތް. ދެރަކޮށްލަން ބުނި އެއްޗެއް ނޫން މި

The name is already taken The name is available. Register?

އެދުވައިސަރު

28 April 2024

ތި މަގާމު ނުދީފިއްޔާ ވާނެ ބޮޑާހާކާލަން ރަނގަޅަށް

The name is already taken The name is available. Register?

އަސްލުވާހަކަ

28 April 2024

ތިކަމަށް މާ ޤާބިލު މީހުން ތިއްބަ ނާޤާބިލު މީހަކު އަމިއްލައަށް އިސްވުމަކީވެސް އަދި ޤާބިލް މީހުން ތިއްބަ ނާގާބިލު މީހަކު ހޮވުމަކީވެސް އިސްލާމްދީން ހުއްދަކުރާ ކަމެއްނޫން. އިސްލާމްދީން ސިފަކުރަނީ ނާގާބިލު މީހުން ބޮޑެތި މަޤާމުތަކަށް ނެގުމަކީ އަމާނާތްތެރިކަން އެތަނަކުން ގެއްލިއްޖެކަމުގެ ހެއްކެއްކަމަށް. ދީނުގެ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭކަމަށް ބައެއް މީހުން ގަބޫލުކުރާ ގިނަބަޔަކު ތިބި ސަރުކާރެއްގައި މިގޮތަށް ދޫކޮށްލާނެކަމަށް ހިޔެއް ނުކުރަން.

The name is already taken The name is available. Register?

މިންބަރުން

28 April 2024

އެހެންވެގެންބާ މިހާ ގާބިލް މީހުން މަޖިލީހަށް ހޮވާފައި މިވަނީ.. މަޖިލީހަށް ހޮވިފައިވާ މީހުންނަށް ބަލާއިރު އަބްދުއްރަޙީމް އަކީ ވަކި ގާބިލްކަން ކުޑަ ބޭފުޅަަކަށް ނުވާނެ..

The name is already taken The name is available. Register?

ފެންސު

28 April 2024

ތިކަހަލަ ގަދަބަސް ބުނާތީ ކަމުނުދަނީ. އެންމެންވެސް ދަނޭ އަދުރޭކަން މަޖިލިސް ރައީސްކަންކުރާނީ. އެއާވިއްދައިގެން ގަަދަބަސް ބުނަންޏާ މީހާގެ އަގު ވެއްޓި މަގުބޫލުކަން ދަށްވަމުންދާނީ. އެއީ ފޮނިކެނޑުމަކީ ހަރުދަނާމީހުންގެެ ސިފައެއްނޫން. ބަލާބަލަ ރައީސް މުޢިއްޒު، ގަދަބަސް ބުނެވެންއެބައޮތް، ނަމަވެސް އެހެންއުޅޭތަނެއްނުފެނޭ. މަޑުމައިތިރިކަން އިސްކުރާތަަން ފެެންނަނީ.

The name is already taken The name is available. Register?

އަލިފުތާ

28 April 2024

އެ އެއްޗަކުން ފެލޭނީ އެ އެއްޗެއްގަ ހުރި ދިޔައެއްތާ އެވެ. އެ ފެލޭތަން ތިޔަ ފެނިލައްވަނީ. ކޮލިޓީއެއް ނެތް.

The name is already taken The name is available. Register?

ސިޔާސީ ދިރާސާ

28 April 2024

ދައުލަތުގެ އެންމެ ބާރުގަދަ މަގާމުތައް އަބުދުއްރަހީމްގެ ކޮންޓްރޯލްގައި.. ފިނޭންސް ، ޓޫރިޒަމް ، މަޖިލިސް ، އަދި ބަޔެއް ކުންފުނިތައް .. ބަޔެއް މިނިސްޓްރީ ތަކުގެ ޑިޕާރޓްމަންޓްތައް ހެޑު ކުރަނީ އާއިލާ ބޭފުޅުން.. ޢަބްދުއްރަޙީމް ވެރިކަމާއި ފިޔަވަޅަކަށް ގާތަށް ޖެހިލަނީ.. ރައީސް މުއިއްޒު ވިސްނައިގެން ނެތިއްޔާ ބަޔެއް ބާރުގަދަ އަތްތައް މަޖިލިހަށް ނުފޫޒު ފޯރުވައި މަނިކުފާނަށް ސިޔާސީ ގޮތުން އަންނާނެ ޕްރެޝަރަކަށް ވާނެ..

The name is already taken The name is available. Register?

ކެނެޑީ

28 April 2024

މީދެން ދިވެހި ޑިޒަނައިކާދޯ

The name is already taken The name is available. Register?

ޙައިރާވްއެޖެ

28 April 2024

މީ ދިވެހިޤައުމުގެ ވެރިކަމާ ތޮޅުމުގެ އަލާމާތަކަށް ނުވެ ހިނގާދާނެބާ

The name is already taken The name is available. Register?

ޕީޕީއަށްވަފާތެރިބޯއި

27 April 2024

އަބްދުއްރަހީމު އަށް މަޖިލިސްގެ ރައީސް ކަން ނުލިބިއްޖެނަމަ މެންބަރުކަމުން އިސްތިއުފާ ދިނުމަށްފަހު އަނެއްކާވެސް އެނބުރި ރައީސް އޮފީހުގެ "ޚާއްޞަ" ވަޒީރު ކަމަށް ދާނެ. އެހެންވީމަ ހެދުނު ކޮންމެ އެއްޗެއް ހަދައިގެން ވޯޓުދޭ ކޮންމެ މެންބަރަކަށް ޓުއަރިޒަމުން ރަށެއް ދީގެން ވެސް މިފަހަރު ތިޔަކަން ވެސް ކުރާނެ. ގާސިމް އާއި ޝިޔާމް ވެސް އެތިބީ ނުނިދިފަ ތިކަމަކާހުރެ. ނާޒިމް (ނަމިރާ) އަކީ މުއިއްޒުގެ ކެންޑިޑޭޓު އެހެންކަމުން ވާގޮތް ބަލަން ތިބެމާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454