28 އެޕްރީލް 2024 - 07:29
ބާމިންހަމް (އޭޕްރީލް 28) – ވީއޭއާރްގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގު ހަލާކުވެއްޖެ ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.
އެސްޓަން ވިލާއާ ދެކޮޅަށް ޗެލްސީ ރޭ ކުޅުނު މެޗު، 3-2 ން އެ ޓީމު މޮޅުވި ކަމަށް ހީކުރެވުނެވެ. އެއީ އެ ޓީމުގެ އެކްސަލް ޑިސާސީ މެޗުގެ ފަހު ވަގުތުގައި ވައްދާލި ލަނޑުންނެވެ.
އެކަމަކު އެ ލަނޑު ބާތިލް ކުރީ ވީއޭއާރްގެ އެހީގައި ބާލުމަށް ފަހު އެވެ. އެ ލަނޑު ޖެހުމަށް ޗެލްސީން އުފެއްދި ބިލްޑް އަޕްގައި އެސްޓަން ވިލާގެ ބެނޮއާ ބަޑިއާޝީލް ކޮއްޕާލި ކަމަށް ރިވިއުއިން ދެއްކި އެވެ.
ޕޮޗެޓީނޯ ބުނީ އެ ލަނޑު ޖަހަން ޗެލްސީގެ ކުޅުންތެރިން މަސައްކަތް ކުރި އިރު ފައުލެއް ނުފެނުނު ކަމަށެވެ. އެކަހަލަ ކުޑަ ކޮއްޕާލުމެއް އަޅާނުލާ ދޫކޮށްލެވުނީސް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެންނާއި ކަލޭމެން [ނޫސްވެރިން] އަދި ދަނޑުގައި ތިބި އެންމެން ވެސް މެޗު ބަލަން ތިބި އިރު ފައުލެއް ނުފެނުނު. ދެން ވީއޭއާރުން ރެފްރީގެ ނިންމުން ބަދަލުކޮށްލީ. އަހަންނަށް އެއީ އާދައިގެ ކުޑަ ކަމެއް. ނިންމުން އޮތީ އެތަންކޮޅުގައި،" މެޗަށް ފަހު ކްލޮޕް ބުނެޏެވެ.
"އަހަރެން ދެކޭގޮތުގައި ޕްރިމިއާ ލީގާއި އިނގިރޭސި [ފުޓްބޯޅަ] އަށް (ވީއޭއާރް) ގެ ސަބަބުން ކުޑަކޮށް ގެއްލުން ލިބިއްޖެ. ދުނިޔޭގެ އެންމެ މޮޅު ލީގަށް ވާން ބޭނުން ނަމަ އެ ނިންމުންތައް ހިމާޔަތް ކުރަން ޖެހޭނެ.. [އެއީ] އަމިއްލައަށް ލިބިގަންނަ ގެއްލުން. އަހަރެންގެ ޓީމަށް ގެއްލުން ލިބުނު ކަމެއް. އަހަރެންގެ ކުޅުންތެރިން، ސަޕޯޓަރުންނަ ވެސް."
މެޗުގެ ފުރަތަމަ ހާފު ވިލާއިން ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. އެކަމަކު ދެވަނަ ހާފުގައި ޗެލްސީގެ ނޮނީ މަޑޫކޭ އާއި ކޯނޯ ގަލަގާ ލަނޑުތަކުން ނަތީޖާ ހަމަހަމަ ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy