29 އެޕްރީލް 2024 - 13:30
މާފަންނު ސްޓޭޑިއަމްގައި އެފްއޭއެމުން ބަލަހައްޓާ ދަނޑު ސަރަހައްދުގައި ކުނި ގިނަވެ ގޮނޑަކަށް ވެއްޖެ އެވެ.
ދަނޑު ސާފު ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ސާފުކުރާ މުވައްޒަފަށް މުސާރަ ނުދޭތީ އޭނާ މަސައްކަތަކަށް ނުނިކުމެ އެވެ. އޭނާ އަށް މުސާރަ ނުދޭތާ ތިން މަސް ވެއްޖެ އެވެ.
އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރިފް ވަނީ، މުވައްޒަފަށް ގަވާއިދުން މުސާރަ ނުދެވޭ ކަމަށް އެއްބަސް ވެފަ އެވެ.
އޭނާ ވިދާޅުވީ މި އަންނަ މަހު އޭނާގެ މުސާރައިގެ ތެރެއިން ބައެއް އަދާކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެތަނުގައި ކުނި ގިނަވުމުގެ ސަބަބުން އޭގެ އުނދަގޫ ދަނޑު ބޭނުންކުރާ ފަރާތްތަކަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެފްއޭއެމްގެ މެނޭޖުމެންޓްގައި ވެސް އެކަމާ ކަންބޮޑުވެ ވާހަކަ އޮތީ ދެކެވިފަ،" ޖައުޝަން ވިދާޅުވި އެވެ.
"[ސްޕޯޓްސް] މިނިސްޓްރީގެ ބޭފުޅަކާ ވެސް އަޅުގަނޑު ވާހަކަ ދެއްކިން. އަޅުގަނޑު ދަންނަވާފަ އޮންނާނީ މިކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތައް ލިޔުމުން ފޮނުވާނަމޭ."
އޭނާ ވިދާޅުވީ އާ ފުޓްބޯޅަ ސީޒަން ފެށެންވާއިރަށް އެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. އާ ސީޒަން ފަށާނެ ދުވަހެއް ނޭނގެ އެވެ. ދަނޑުގައި މިހާރު ޕްރެކްޓިސް ކުރަނީ އެއްވަނަ ޑިވިޝަނުގެ އެކަޑަމީތަކުގެ ކުދިންނެވެ.
މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކި އެކަޑަމީއެއްގެ ކޯޗަކު ބުނީ ހާލަތު ގޯސްކޮށް އޮތީ ދަނޑުގެ ކޮމްޕައުންޑް އެކަނި ނޫން ކަމަށެވެ.
"ދަނޑުގެ ވިނަގަނޑުގެ ހާލަތު ވެސް އޮތީ ގޯސްކޮށް، ވިނގަނޑުގައި ވެސް ފުޅީގެ އުނގުރި ފަދަ ތަކެތި ވަރަށް ގިނައިން އެބަހުރި. ބޫޓަށް އަރައިގެން ކުޅުނަސް އެއިން އެއްޗެއްގެ މައްޗަށް އެރިއްޖެއްޔާ ކުއްޖެގެ ފަޔަށް ގެއްލުމެއް ވެދާނެކަމުގެ ބިރު އެބައޮތް،" އޭނާ ބުންޏެވެ.
އެ ދަނޑަކީ ވަރަށް ގިނަ ކުޑަކުދިން ވެސް ކުޅެން ދާ ދަނޑެކެވެ. ބެލެނިވެރިޔަކު ބުނީ، ދުވާ ނުބައި ވަހުން ވެސް ކެތްވާ ވަރު ނުވާ ކަމަށެވެ.
"އަނެއްކާ އެހާ ބަލި ގިނަ ދުވަސްކޮޅެއް މިއީ،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯޅަކޯ
30 April 2024
އެފް އޭ އެމް ގޮނޑަކަށްވީމާ ދަނޑުވެސް ވާނީ ގޮޏޑަކަށް
ހަސަންދި
30 April 2024
ދަނޑުތައް ބޭނުންކުރާ ފަރާތްތަކުގެ ޒިންމާއެއް ނެތީތޯ؟ އެކަޑަމީ ތަކުން ބޭނުން ކުރާ ދަނޑުތަކެއްތީ، ކީއްތަވާނީ އެމީހުން ތިތަން ސާފުކޮށްލިއްޔާ...؟!!
ަސދަ
30 April 2024
މިތަނަށް ކުނި އަޅާމީހުންވެސް މިއަށް ކޮމެންޓްކުރާނެ ރުޅިއައިސްގެން. އެފް އޭ އެމް އިން ބަލަހައްޓަންޖެހޭ އެކަމަކު ކުނި އަޅާ ބަޔަކު ތީގަ ގޯހީ
އިހްސާސް
29 April 2024
އެފްއޭއެމް އިހުމާލުވެއްޖެ. ތިތަނަށް ކުޅެންދާކުދިން ތިކަންކޮށްލުން ރަގަޅު. އަދި ތިޔަ ބިން އެފްއޭއެމްގެ ދަށުން އަތުލަންވެސްވެއްޖެ.
މޯޑޭ
29 April 2024
ކޮންމެ ކަމެއް އެފްއޭއެމްގެ ބޮލަށް ކަޑާލީމައި ނިމުނީ ދަނޑަށް ކުނިވާ ޒާތުގެ ތަކެތިވަންނަން ވީގޮތެއް ނޭގޭ، ފުޓްބޯޅަ ދަނޑަކީ ކާ އެއްޗެހި ވައްދަން ހުއްދަ އޮންނަތަނެއް ނޫން، ފެންފުޅި ވައްދައިގެން އެ ހުސްފުޅިތަށް ގިނަވެގެން، ކުނިވެގެން ނުބައި ވަހެއް ނުދުވާނެ، ބައެއް އެކަޑަމީ ތަކުން ކާއެއްޗެހި ވައްދާފައި ބާކީވާބައި އުކާލާފައި ދާތަން ފެނޭ، އެތަން ބޭނުން ކުރާ މީހުންގެވެސް ޒިންމާއެއް އެބައޮތް އެތަން ރީތިކޮށް ބާއްވަން
48343
29 April 2024
ދިވެހީންނާ ބަންގާޅީންނާ އެއްތަނެއްގާ އުޅޭއިރު އެތަން ދެން ކުނިވާނެވަރު ވިސްނާލަބަލަ.
ކޮރަލް
29 April 2024
ގޭންގް ތަކަށް ދީފަ ހުރި ދަނޑުތައް ސަރުކާރަށް ނަގަން ވީ އެވެ. އެމީހުން ގަޑި އަކަށް 500 ނަގަ ނަގާ އެހުންނަނީ އެވެ.
ޓޯކިއޯ
29 April 2024
އެއީ ކޮން ހިސާބެއްތަ އެޒާތުގެ ކުނި އެތަނަށް އެއްވާން. އެތަން ބޭނުންކުރާ މީހުން ނިމިގެން ދަމުން ކުރި ހަޑިޔެއް ސާފުކޮށްފަ ދާނަމަ ދޯ
ފޫޅުބޭ
30 April 2024
މަށަށްހީވަނީ ކުނިތައް އެއީ މަތިން ފޭބިއެއްޗެއްހެން. ލިޔުންތެރިޔާއަށްވެސް ހީވާކަހަލަ އެހެެން
ތޮލާލް
29 April 2024
ހުރިހާ އެކަޑަމީ ކުދިން އާެއި އެކަޑަމީ ސްޓާފުން އިސް ނަގައިގެން ދަޑުސާފުކުރުމުގެ ދުވަހެއް ހަމަޖައްސަންވީނު.. ހަމަ ހިޔާލެއް އިންގޭ.
ޕްރިންޓޮމް
01 May 2024
އެކަޑަމީ ތަކަށް ދަނޑުތައް ދީފަ އޮންނަނީ ހިލޭ. އެކަޑަނީތަކުން ކުދިން އަތުން މަހުފޯނަގައިގެބް އާމއދަނީ ހޯދަން ބޭނުން ކުރަނީ ހަމަ ތިދަނޑުތައް. ކޮބައި އެމީހުންގެ ޒިންމާ. އެފް އޭ އެމް ބޮލަށް ގޯސް ކަމެއްވިއްޔާ.