ޚަބަރު / ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން

65 އަހަރުން މަތީ މީހުންނަށް ދާއިމީ އައިޑީ ކާޑެއް

އައިޑީކާޑެއް: 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާ ގޮތް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ވަނީ ބުނެފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑު މުއްދަތު ހަމަނުވާނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން މިއަދު ބުނެފި އެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ބޭނުން ކުރެވޭނެ މުއްދަތުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލަ ދިރާސާކުރަމުން އަންނަ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި ނެޝަނަލް ރެޖިސްޓްރޭޝަންގެ ބޭފުޅުން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އެކަމާ ގުޅިގެން ނެޝަނަލް ރެޖިސްޓްރޭޝަނާ ހަވާލުވެ ހުންނެވި ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް ޔޫސުފް އަބްދުއްޣަފޫރު ވިދާޅުވީ، 10 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންގެ ކާޑުގެ މުއްދަަތަކީ ފަސް އަހަރު ކަމަށާއި އޭގެ މަތީގެ މީހުންގެ މުއްދަތަކީ 10 އަހަރުގެ ކަމަށެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންގެ އައިޑީކާޑުގެ މުއްދަތު ހަމަނުވާ ގޮތް ހަދަން ނިންމީ، މިހާރު އޮންނަ ގޮތުން ދޮށީ އުމުރުގެ ބައެއް މީހުންގެ އައިޑީކާޑު މުއްދަތު ހަމަވެ އާ ކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބެމުން ދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މެންބަރުން ވަނީ އެ ގޮތަށް އަމަލުކުރަން ފެށޭނީ ކޮން އިރަކުންތޯ ސުވާލު ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ޔޫސުފް ވިދާޅުވީ، ޑިޕާޓްމެންޓް އޮފް ރެޖިސްޓްރޭޝަނުން މިކަމުގައި ފަންނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ކަރުދާހެއް ތައްޔާރުކޮށް މިހާރު ކެބިނެޓަށް ފޮނުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި ކަމުގައި އިތުރަށް ގޮތެއް ނިންމާނީ ކެބިނެޓުން ކަމަށެވެ.

20 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 15%
icon wow icon wow 0%
icon inlove icon inlove 55%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2024

01 May 2024

މިގައުމުގަ އައިޑީކާޑާއި، ޕާސްޕޯޓާއި، މޯލްޑިވިއަން ޓިކެޓް މިއީ ރައްޔިތުމީހާ އަތުން ފެލާއެއްޗެތި....ބޮއިހަލަކި

The name is already taken The name is available. Register?

އަލީރާޖާ

30 April 2024

މީހާގެ މުއްދަތު ހަމަވީމަ ކާޑު ހަމަނުވާގޮތަށް ދޯ؟

The name is already taken The name is available. Register?

raajje

30 April 2024

ދުވަސްވީމީހުނަށް ދޭންޖެހޭ ގަދަރާ ލޯތްބާ އިހުތިރާމު ރާއްޖޭގައި ދެވެމަކުންނުދޭ! ލިބޭ -/5000ރ ގެ އަރާމުވެސްކުރަނީ މަދު މީހަކަށް، އޭގެބޭނުންކޮށްލަނީ އެމީހެއްގެ ދަރިންނުވަތަ ބަލަހައްޓާމީހުން، ރާއްޖޭގައި މިހާރުމިއޮތް އާބާދީގެ 65 އަހަރުންމަތީގެ %99 ބޭފުޅުންނަކީ އަމިއްލައަށް ބޭންކުއެކައުންޓުބަލާ އޭޓީއެމުން ލާރިނަގާ ހަދަންއެނގޭ މީހުނެއްނޫން! އެހެންވެ ގިނަފަހަރު ކާޑުގެ ޕިންވެސް އެނގެނީ އެހެންމީހަކަށް! އިތުބާރުކުރެވޭ ދަރިންވެސް ގިނަފަހަރު ހަދަނީ މަކަރު

The name is already taken The name is available. Register?

ގެވެށި

01 May 2024

ތިޔަބުނީ ތެދެއް. ޓެކްނޯލޮޖީ އެޑްވާންސް ވަނީ އިންސާނުންނަށް އޮބިއޮންނަ ވަރަށް ވުރެ މާ ބާރަށް. ދެން ރާއްޖޭކަހަލަ މައިން ބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ކަމޭނުހިތާ ގިނަ ބަޔަކު އުޅޭ ތަނެއްގައި ވާނީ ހަމަ ތިޔަހެން.

The name is already taken The name is available. Register?

ދުފާބާކުލި

30 April 2024

ތިޔައީ ޑިޕާޓްމެންޓުން ނިންމަންޖެހޭ ކަމެއް ނޫންބާ؟ ކޮންމެކަމެއް ކެބިނެޓާ ހަމައިންތަ ނިމެންޖެހެނީ؟

The name is already taken The name is available. Register?

ދޮންބިލަތް

30 April 2024

އައީޑީކާޑު މުއްދަތު ހަމަވިޔަސް ތަންތަނުން ބަލައިގަންނަން ޖެހޭނެ. މުއްދަތަކީ އެމީހާ ދިރިހުރިކަން ނޫނީ އަސްްލުމީހާކަން ސާބުތުކޮށްދޭނެ އެއްޗެއް ނޫން. އެކަމަކު ގިނަ މީހުންނަށް ހީވަނީ މުއްދަތުހަަމަވީމަަ ދެން އެމީހާ އަކީ މަރުވެފަހުރިމީހެކޭ ނޫނީ އެއީ ދިވެހި ރައްޔިތެއް ނޫނޭ. ދެެން ޚިދުމަތްދޭން އިންކާރުކުރޭ. އައިޑީކާޑުގައި ޖަހާފަ ހުރި ފޮޓޮލާއި އެމީހާ ކިތަންމެ ވައްތަރުވިޔަސް މުއްދަތު ހަމަވީމަ އެމީހާއަކީ އަސްލުމީހާކަށް ނުވޭ. އެއްވެެސް ހަމަޖެހޭ އުސޫލެއްނޫން

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

30 April 2024

ޕާސްޕޯޓުވެސް 10 އަހަރަށް ހަދަންޖެހޭ! ދުނިޔޭގެ ބައެއްގައުމު ފިލިޕިންސް ކަހަލަ ގައުމުގަ ޕާސްޕޯޓްގެ މުއްދަތަކީ 10 އަހަރުދުވަސް!

The name is already taken The name is available. Register?

ވާސިފާ އަހްމަދްް

30 April 2024

ދުވަސްވީ މީހުންނަށް މިސަރުކާރުގައި ހާއްސަ ޤަދަރެއްވޭ. މިދިޔަ ފަސްއަހަރު ވި އިހުމާލުތަކެއް މިސްރުކާރުން ތަކުރާރެއްނުކުރާނެ. މިއީ ހެޔޮވެރިކަމެއްގެ ކޮޅުމަތި.

The name is already taken The name is available. Register?

ފަރީ މެޑަމް

30 April 2024

ހަމަ އެކައްޗެއް، އެޗްއާރު ޒުލޭ، ޑީއެމް އާލީ ވެގެން އެތަނުގައި އިންނަވާ އެންމެ ދުވަސްވީ ހިންގުން ތެރި މުވައްޒަފުން ކުރި މަރާލާ މޯޓިވޭޝަން ގެއްލުވާލައިފި

The name is already taken The name is available. Register?

މަނިިކާ ރޯއްދާާ

30 April 2024

ކޮންމެ ފަހަރަކު އެހާ ބަލިކޮށް އުޅެމުން ދުވަސްވީމީހުންގެ މިކަހަލަ ކަންތަށް ކުރަންޖެހެނީ ވަރަށް ދަތި ހާލުގައި. އެހެންނަމަވެސް މިބަދަލާއެކު އެތަށް ގުނަޔެއް ފަސޭހަވެގެންދާނެ.

The name is already taken The name is available. Register?

ފާއިޒްް

30 April 2024

ރާއްޖޭގެ އެންމެ މުހިންމު އެންމެން ބަލަންޖެހޭ އެއް ބަޔަކީ ދޮށީއުމުރު. މިފަދަ ލުޔަކާއެކު ރައްޔިތުންނަށް އުފާވެރިކަން ގެނުވައިފި

The name is already taken The name is available. Register?

މިހާލު

30 April 2024

އައިޑީ ކާޑަކީ އޭގެ ޒާތުގަ މުއްދަތު ހަމަވަންޖެހޭ އެއްޗެއް ނޫން. މައުލޫމާތު ބަދަލުވެގެން،ބާވެ ކިޔަން ނޭގިގެން ނޫނީ ގެއްލިގެން އޯކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454