ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަނީ: ބިން ހިއްކުމުގެ ސަބަބުން ގާ ހުދުވާތީ އެފަދަ މަސައްކަތްތައް މަޑުޖައްސާލަން ވަނީ ގޮވާލާފައި --- ފޮޓޯ/މިހާރު
02 މެއި 2024 - 20:12
ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވަމުން ދާތީ ބިން ހިއްކުމާއި ފަޅު ފުންކުރުން ފަދަ މަޝްރޫއުތައް މަޑުޖައްސާލަން މެރިން ރިސާޗް އިންސްޓިޓިއުޓުން މިއަދު އެދިއްޖެ އެވެ.
ފިޝަރީޒް އެންޑް އޯޝަސް ރިސޯސަސް މިނިސްޓްރީގެ ދަށުން ހިންގާ އިންސްޓިޓިއުޓުން ނެރުނު ބަޔާނުގައި ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވާ ގާ ހުދުވުމުގެ މައްސަލައަކީ މުޅި ދުނިޔޭގެ ހުރިހާ ކަނޑަކަށް އަސަރު ކުރާނެ ކަމެއް ކަމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ) އިން ބުނެފައިވާ ކަމަށެވެ.
އޭގެ އިތުރުން، މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގާ ހުދުވި ހަތަރު ވަނަ ފަހަރު އަދި ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ދުނިޔެއަށް ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވި ދެވަނަ ފަހަރު ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ ދިވެހިންގެ ދިރިއުޅުމާ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަރުތައް ގުޅިފައި ވާއިރު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން މެދުވެރިވާ ހާދިސާތަކުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށެވެ. އެއީ، ފަރުތަކުގެ މައްޗަށް ބަރޯސާވާ ޓޫރިޒަމާއި މަސްވެރި ކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް ބުންޏެވެ.
ރާއްޖޭގައި އެހާ ބޮޑަށް ގާ ހުދުވުމުގެ ފުރަތަމަ މައްސަލަ 1998 ވަނަ އަހަރު ފާހަގަ ކުރެވުނު ފަހުން، އެ ފަދަ ހާދިސާތައް ހިނގާ މިންވަރު އަވަސް ވަމުންދާ ކަމަށާއި މިހާރު ވެސް އެ ފަދަ މައުލޫމާތުތައް ލިބެމުންދާ ކަމަށް ބުންޏެވެ.
އެތަނުން ބުނިގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ފަރުތަކުގެ ގާ ހުދުވުމަށްފަހު އަލުން އިއާދަ ވާމިންވަރު އަވަހެވެ. އެކަމަކު، މިފަދަ ދުވަސްވަރެއްގައި ހިންގޭ އިންސާނީ ހަރަކާތްތަކުން ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވެ އަދި ހުރަސް އެޅުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
އެގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ ފަރުތަކުގެ މާހައުލަށް ވަގުތީ ގޮތުން ނަމަވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންތައްތައްކަން ބަޔާނުގައި ފާހަގަކުރި އެވެ.
"ކަނޑުތަކުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓް ކޮށްފައިވާ މި ދުވަސްވަރުގައި ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް (ފަޅު ފުންކުރުމާއި، ބިން ހިއްކުމާއި، ބީޗް ނަރިޝިން ފަދަ ކަންކަން) ވަގުތީގޮތުން މަޑުޖައްސާލުމަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައި ވެ އެވެ.
އެ އިދާރާއިން ބުނީ ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާ ހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް، ނޮއާއިން ހިންގާ "ކޮރަލް ރީފް ވޮޗް" ޕްރޮގްރާމުގައި ރާއްޖެ އޮތީ ތިން ވަނަ ގިންތީގައި ކަމަށެވެ.
ގާ ހުދުވުމަށް ކުރިމަތިވާ ސްޓްރެސްއަށް ބަލައި ގާ ހުދުވުމުގެ ހާދިސާތައް ދިމާވުން އެކަށީގެންވާ މިންވަރު އަންދާޒާކޮށް ބަހާލާފައިވަނީ ތަފާތު ފަސް ގިންތިއަކަށެވެ. އެ މައުލޫމާތުގެ ބޭނުމަކީ ގާ ހުދުވުމުގެ މައްސަލަތައް ކުރިއާލައި އަންދާޒާކޮށް ފަރުތައް މޮނިޓަ ކުރުމާއި ފަރުތަކަށް ސްޓްރެސް ކުޑަކުރުމަށް ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ކޮށްދިނުމެވެ.
އެންމެ ފަހުގެ ސެޓްލައިޓް މައުލޫމާތަށް ބަލާއިރު ތ. އަތޮޅުން ދެކުނުގެ ސަރަހައްދުތަކުގައި މި ވަގުތު "އެލާޓް ލެވެލް 1"ގައި އޮތްކަމަށް ދައްކަ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި "އެލާޓް ލެވެލް 1" އަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށް އެ އިންސްޓިޓިއުޓުން ބުންޏެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުތައް އެލާޓް ލެވެލް 2 އަށް ފޯރުން އެކަށީގެންވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ބަރުބާދު
04 May 2024
މާލޭމަގުތަކައް ދުވާލު 3 ފަހަރައް ފެންޖަހާ މިހޫނުގަނޑު މަޑުކޮއްދިނުމައް ސަރުކާރައް ވަރައްބާރައް ގޮވާލަން. ހޫނުގަދަކަމުން މުޅިބޯ މިހާރު ހުދުވެއްޖެ.
ހަސަންބޭ
04 May 2024
އަހަރެމެންނަށް ގޯތި ލިބެން އޮތީ ބިން ހިއްކައިގެން.. ބިން ހިއްކުން މަޑު ޖައްސައިގެން ނުވާނެ. ގަލެއް ބޮލެއް ހުދުވިޔަސް ވަރިހަމަ.
ކާފިޔާތު
03 May 2024
ބަލަގަ ތިބުނަނީ ފައިގެ ފުންނާބު ކަހާތީ ބޯލުގެ ފުއްކިބަ ކަހާލާށޭ،، އެއް ހަށި ގަނޑެއް ނަމަވެސް ގުމުމެއް ނެތް ދެކަމެއް. ގާހުދުވުމާ ބިން ހިއްކުމާ ގުޅެމެއް ނެތް ފަދައިން.
ހުދޭހުދޭހުދޭ
03 May 2024
ގާހުދުވުން އެއީ އެއްވެސް މައްސަލަ އެއް ނޫނޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ ގަލަކީ ހުދު އެއްޗެކޭ
ގަލަކީ
03 May 2024
ކޮންކުލައެއްގެ އެއްޗެކޭ؟؟
ހިއްކާހިއްކާހިއްކާ
03 May 2024
ގާހުދުވިއަސް އެއީ އެއްވެސް މައްސަލަ އެއް ނޫނޭ އެމެރިކާ މިހާރު އެބަބުނޭ ހަމާސް އިން ހޮސްޓެޖުން ދޫކޮށްލާށޭ އެމެން ހަތިޔާރުދީގެން އިޒްރޭލުން މަރާލި 3 މިލިއަން މީހުންގެ ވާހަކަ އެމެރިކާއިން ނުދައްކާދޯ މަމެން ގައުމުގައި ކަންކުރާނެ ގޮތް އެމެރިކާގައި ތިބޭ ކަނޑުކޮހުންނަށް ނޭގޭނެއޭ ކަނޑުގައި މައިކްރޮޕްލާސްޓިކް ހުރެފައި މަސްވެސް ކަނީ ޕްލާސްޓިކޭ މަމެން މަސްކަން އެކަމަކު ލޭގައި ނުހުރޭދޯ މަސްކޮޅު ކޮޅު ކަނޑުކޮސް ވާހަކަ ނުދައްކާ ކަނޑުކޮހުންނޭ ރަސްމާލެ ހިއްކާ
ވާނުވާ.
03 May 2024
މިކަމަކީ ހަމަ އެއްވެސް މައްސަލައެއް ނޫން! ތި މެރިން ރިސާޗެއްގަ ތިބީ ކޯޗެއް އިނގޭ ބައެއްތަ؟ މުރަކަ އަދި ގަލަކީ އަބަދުވެސް، މިކިޔާ ޕޮލިޕް ތައް އޭގެ މަތީގަ އާލާވުމުން ދަށުގަ އަންނަ ފަށަލަތައް މަރުވާއެއްޗެއް..މުރަކަ ހަމަ އޭގެ ޒާތުގަ ކޮންމެތާކުވެސް އުފެދި ބޮޑުވާނެ...މަރުވެ ނެތިގެނެއް ނުދާނެ!!ހިއްކާ ތަންތަން ހަމަޖެހުނީމަ އަލުން އުފެދެންފަށާނެ...މީބަޔަކު މޭކަރައިގެން ފެއިލްވެގެން ހުޅުނބުތައް ނެއްޓޭތީ، ކޮންމެވެސް ފިތުނަޔެއް އުފެއްދޭތޯ ދައްކާ ހޮޅި ވާހަކަ!
އަލް އުސްތާޒު
03 May 2024
މިކަން ސިޔާސީ ކޮއްލަނިކޮށް މައްސަލަ ހައްލުވެދާނެ. މެރިން ރިސާރޗްގައި ކަމާ ބެހޭ ތަޖުރިބާ ހުރި މީހުން އެބުނަނީ ބިން ހިއްކުމުން ފަރުތައް މަރުވެޔޭ. އެ އަޑެއް ރައްޔިތު މީހަޔަށް އަދި ސަރުކާރަކަށްވެސް ނުއިި ވޭނެ. ދެ އިރު ދެދަޅާގައި އެންމެނަށްވެސް ކާން ލިބެނިކޮށް ނިމުނީ. ތިމާވެއްޓަށް އިހްތިރާމް ކުރުމަށްވުރެން ރައްޔިތު މީހައަށް ތަރައްގީ މުހިންމު. ރައްޔިތުންް ހެވި ދިލިފަ ތިބެނިކޮށް ޑިމޮކްރަސީގައި ސަރުކާރަށް ވެސް އޯކޭ.
ވަގުންނޭ
03 May 2024
ގާހުދުވުން ކްލައިމެޓް ޗޭންޖް ވުން މީ މުޝްރިކުން ދައްކާ ކުފުރުވާ ޒާތުގެ ވާހަކަ ތަކޭ ހޫނެއް ނުވެއޭ އިންސާނުން ސިޓީ ތަކާއި ޓައުން ތައް ބިނާކުރާއިރު ވައްކަންކޮށްގެން ވަގުން ލައްވާ ކަންކަންކުރާތީއޭ އެގޮތަށް ހޫނުވަނީ ގާހުދުވިއަސް އެއީ އެއްވެސް މައްސަލަ އެއް ނޫނޭ ތިމާވެށީގެ އަލިފުބާ ވެސް ނުދަންނަ ކަނޑުކޮހުން ބުނޭ މައިކްރޮޕްލާސްޓިކް ކަނޑުގައި ހުންނާނެއޭ އެއީ ބުހުތާނު ދޮގެކޭ ކަނޑުގައި އުޅޭ ހުރިހާ މަސްތައް ކަނޑަށް ސީލަނީދޯ އެކަމަކު ކަނޑު ތައްޔަރުނުވޭދޯ
ބްރޯސް
03 May 2024
މިގައުމުގެ ކިޔަވައިދިނުމުގެ ފެންވަރު އެބަޖެހޭ ރަނގަޅުކުރަން.. އެހެން ނޫނީ މިކަހަލަ އެތައް ކަނޑުކޮހުން އުފެދޭނެ.
ފިޔޫޒު
03 May 2024
ދެން ކަލޭމެން ކިޔަވައިގެން ތިބޭ އެމެރިކާ މީހުން ހަނދަދިޔަކަން ގަބޫލު ކޮށްގެން..
ފަރަންޖީ
03 May 2024
އިލްތިމާސް ކޮށްގެން ތިކަމެއް ނުވާނެ! ދިވެހިރާއްޖެއަކީ އަހަރެމެން ދުނިޔޭގެ ފޯރަމްތަކުގައި ވަކާލާތުކުރާގޮތަށް ތިމާވެށްޓަށް ބަލައިގެން ތަރައްޤީކުރާ ބައެއްކަމަށްވަންޏާ ދެމަސް ދުވަސް ވަންދެން ބިންހިއްކުން ހުއްޓާލުމަށް ރައީސް އޮފީހުން އެންގުމެއް އެބަނެރެންޖެހޭ! ކާކު ތި އިލްތިމާސް ކޮށްގެން އެތައް މިލިއަންޑޮލަރެއްގެ ގެއްލުން އަމިއްލައަށް ބޮލުގަ އަޅާނީ؟ ތީދެން ތިމަންނަ ބުނީމެއްނޫންހޭ ބުނެލަންވެގެން ކުރާކަމެއް. އެއްވެސް އޮއްޓަރެއްހުރި ކަމެއްނޫން.
މަލާހު
03 May 2024
ގާ ހުދުވުމާއި ބިންހިއްކުމަކާއި ގުޅުމެއްނުވޭ.. ދުނިއޭގެ ހުރިހާހިސާބުތަކެއްގަވެސް ތިމައްސަލަދިމާވެގެން އުޅެނީ، އޮސްޓްރޭލިއާގެ ގްރޭޓް ބެރިއަރ ރީފްވެސް ހުދުވާތީ އުޅެނީ.
ރޯޒަސް
03 May 2024
ނޭންގޭ ވާހަކަ ނުދައްކާ. ބިންހިއްކާއިރު އަންނަ ކިސަޑުތަކާއި އިރުގެ އަލި ނުލިބުމުން ސަލާމަތްވާން މުރަކަތައް ވަރަށް ބުރަމަސަައްކަތްކޮށް އެނާޖީ ސްޕެންޑުކުރޭ. ސަލާމަތްވާ މުރަކަތައް ސަލާމަތްވަނީ އޭގެން އުފައްދާ ދަވަތަކަކުން ވެލި އެޅުން ކޮންޓްރޯލްކޮށްގެން. ގާހުދުވާންފަށަނީ މުރަކަތަކުގެ ކުދި ޕޮލިޕްތައް މަރުވާތީ. އެހެންވީމަ ބިންހިއްކުމާ ކަނޑުހޫނުވުމާ ދެކަން އެއްކޮށްއައީމައި މުރަކަޔަކު އެހާ ހިއްވަރަކާއި އެނާޖީއެއް ނުހުންނާނެ. އެއެއްޗިހި މަރުވުން އަވަސްވޭ.