އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ--ފޮޓޯ: އެމްއެމްސީ
03 މެއި 2024 - 14:06
ރާއްޖޭގެ މީޑިއާތައް މާލީ ގޮތުން މިނިވަން ކަމާއެކު ހިނގާ ތަންތަނަށް ހެދުމަށްޓަކައި ގައުމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ (މުސްތޮ) ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދެއްވި ހިތޯބެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ އެންމެ މައިގަނޑު އަސާސްތައް ކަމުގައިވާ ތެދުވެރިކަމާއި ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމުގައި ނޫސްވެރިން ދެމިތިބުމަށް އެންމެ ބޮޑު ބާރެއް ލިބިގެންދާނީ އެ ފަރާތްތަކުގެ މާލީ މިނިވަން ހޯދުމަށް އަހަންމިއްޔަތުކަން ދީގެން ކަމަށެވެ.
"ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުން ދާއިރު ދިވެހި ނޫސްވެރިންނާއި މީޑިއާތަކަށް މާލީ މިނިވަންކަން ހޯދުމަށް، ގައުމީ، އިދާރީ އަދި ފަރުދީ ފެންވަރުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ،" މުސްތޮ ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވީ ނަމަވެސް ނޫސްވެރިންނާއި މީޑިއާތަކަށް އަބަދުވެސް ގިނަ ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްތަކުން އެކިއެކި ހުރަސްތައް ކުރިމަތިވާ ކަމަށާއި ނޫސްވެރިންނަށް އަނިޔާ ކުރުމާއި ފުރައްސާރަ ކުރުމާއި އިންޒާރު ދިނުން ފަދަ ކަންކަން ހުއްޓާލައިގެން މެނުވީ ޑިމޮކްރަސީގެ އަސާސް ގައުމުގައި ނޯންނާނެ ކަން އެންމެން ގަބޫލު ކުރަން ޖެހޭ ކަމަށް ވެސް މުސްތޮ ވިދާޅުވި އެވެ.
"ހަމަ އެހެންމެ ރާއްޖެއިން މަރާލާފައިވާ ދެ ނޫސްވެރިންނާއި ފަލަސްތީނުގެ ޣައްޒާއިން މަރާލާފައިވާ އެތަކެއް ނޫސްވެރިންނަށް އިންސާފު ނުލިބި ހޭދަވާ ކޮންމެ ދުވަހަކީ ވެސް، މުޅި ދުނިޔޭގެ ނޫސްވެރިކަމަށް ވެސް ލިބޭ އިއާދަނުކުރެވޭ ބޮޑު ގެއްލުމެއްކަމުގައި އަޅުގަނޑު ދެކެން،" އޭނާ ވިދާޅުވި އެވެ.
މުސްތޮ ވިދާޅުވި ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް އާއި އެހެނިހެން ގޮތް ގޮތުން ނޫސްވެރިކަމަށް ވެސް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ އިރު މީޑިއާގެ ވަސީލަތްތަކުން ފަތުރާ ހަބަރާއި މައުލޫމާތަކީ ނުފޫޒުން އެއްކިބާވެފައިވާ ސައްހަ މައުލޫމާތުތަކަށް ހެދުމަށް ސަމާލު ކަން ދޭން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަގޮތް
04 May 2024
ކުޑަ އަގެއްގަ މަސައްކަތް ކުރާނެ ތަނަކާ، ނޮން މަނެޓަރީ އެހީވުން ރަނގަޅު،
76890
04 May 2024
މީޑިޔާތަކުގެ މުވައްޒަފުންނަށް ވަޒީފާއިން ވަކިވީމާ ސަލާމް ނުޖަހައި އުޅެވޭވަރުގެ އެލަވަންސަކާއި މުޅި އާއިލާއަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ ގޮތްހަދައި ދެވުނީމަނޫންތޯ މީޑިއާތަޢް ކޮޅަށްޖެހޭނީ.
ހާސިން
04 May 2024
ތިކަން ކުރަން މިހާރުވެސް މި ސަރުކާރުން ފަށައިފި. މިއަދުވެސް ރައީސް ތިވާހަކަ ބުނި. އައު މަޖިލީހާއެކު ބާރަށް ކުރިޔަށް ދާނެ
އަމީން މުހައްމަދު
04 May 2024
މީޑިޔާ ވިލެޖް. ބަޖެޓް އިން ފައިސާ. މިވަރުން ވާނެ. މިއީ ރައީސް މުއިއްްޒް ބުނި ކުރާނެމޭ.
އަދުހަމް ސަޢީދު
04 May 2024
ރައީސް މުއިއްްޒް އޮތީ ތިކަން ކުރާނެ ގޮތް ބުނެފަ. ބަޖެޓް އިން ދޭނެ ކަމަށްވެސް ބުނެފަ. ސޯ؟
ނަކަދް
04 May 2024
ސަރުކާރުން ފައިސާ ދިނީމާ މާލީ މިނިވަންކަން އެލިބުނީ ދެއްތޯ؟
މިނިވަނުން
03 May 2024
ވަކި ވަކި ރައްޔިތުން ވެސް މާލީ ގޮތުން މިނިވަން ކޮށްދެއްވާ.
ބުއްތަމަ
03 May 2024
ތިން ބާރުން އެއްބާރު ކަމުގައިވާ ޖުޑިޝަރީ އެކްޒެކެޓިވްގެ މާލީ އަޅުވެތިކަމުގަ އޮތް އޮތުން ރައީސް ޑރ މުއިއްޒު ނިމުމަކަށް ގެންނަވާނެކަމުގައި އުއްމީދުކުރަން.
ފަޅޯބިނދެބިނދެފައި
03 May 2024
ނުކިޔަބަލަ ފަޅޮލޭ. މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން ދިވެހިން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
03 May 2024
ސަރުކާރުން އެލަވަންސް ދެންޏާ މީޑިޔާގެ މިނިވަންކަމަށް އަސަރުނުކުރާނެތޯ؟
ޖުއްބާ
03 May 2024
އެއީ ސަރުކާރައް މަދަހަ ސަނާކިޔާ މީޑިޔާތަކައް އެކަނި، ދެއްތޯ......