05 މެއި 2024 - 14:29
މެންޗެސްޓާ (މެއި 5) – މި އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ގާޑިއޯލާ ބުނީ އެންމެ ފަހުގެ ޔޫރޯގެ ފައިނަލަށް އިންގްލެންޑަށް ދަތުރުކޮށްފައި ވުމާއި 2018 ގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ދަތުރުކޮށްފައި ވުމުން އިންގްލެންޑް މިހާރު އޮތީ ރަނގަޅު މަރުހަލާގައި ކަމަށް ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ، ސިޓީން ވެސް ޗެމްޕިއަންސް ލީގު ހޯދުމުގެ ކުރިން ދަތުރު ކުރީ އެ މަގުން ކަމަށެވެ.
"އެ ޓީމު ވަރަށް ރަނގަޅު އެއީ ހަމައެކަނި ސްޓައިކަރުންގެ ދައުރަކުން ނޫން. މުޅި ޕެކޭޖް ރަނގަޅު. ގެރެތު [ސައުތުގޭޓް] އަށް އެނގޭ އޭނާ ދެން ކުރަން ޖެހޭނެ ކަމަކީ ކޮބައިކަން،" ގާޑިއޯލާ ބުންޏެވެ.
"އެހެންވީމަ އަހަންނަށް ގަބޫލުކުރެވޭ އަދި އެހެން މީހުންނަށް ވެސް ގަބޫލުކުރެވ އިންގްލެންޑުން މިކަން ކޮށްފާނެކަން. އިންގްލެންޑްގެ ގައުމީ ޓީމުގެ އެންމެ ފަހުގެ މުބާރާތްތަކަށް ބަލައިފިނަމަ ވޯލްޑް ކަޕާއި ޔޫރޯ – އެ ޓީމު އޮތީ ފިޔަވަޅެއް ކުރިއަށް އަޅާފަ. އެ ޓީމު އޮތީ ތައްޓާ ވަރަށް ކައިރިއަށް ގޮސްފަ... ކޮންމެ ދެ އަހަރަކުން އެ ފެންވަރުގައި ދަމަހައްޓަންޏާ ކާމިޔާބާ ހަމައަށް ދެވޭނެ. އަހަރެންމެ [ސިޓީން] ވެސް ކާމިޔާބާ ހަމައަށް ދިޔައީ ހަމަ އެގޮތަށް."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް.
06 May 2024
ނުވާނެ އެއްކަމެއް ވެސް.ދިވެހިރާއްޖެ މިނިވަންވިފަހުން އަދި ކަލޭމެންނަށް އެއްޗެއް ނުލިބޭ.