އެމްއެންޑީއެފް އާއި އެމެރިކާ ސިފައިން ގުޅިގެން ބާއްވާ ތަމްރީން
05 މެއި 2024 - 18:54
އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑުގެ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ރާއްޖޭގައި ތަމްރީނުތަކެއް މިއަދު ފަށައިފި އެވެ.
ދިވެހި ސިފައިންނާއި މޮންޓާނާ ނޭޝަނަލް ގާޑުގެ ގުޅުން ގާއިމްކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2021 ގަ އެވެ. އޭގެ ފަހުން މޮންޓާނާ ނޭޝަނަލް ގާޑުގެ މި ތަމްރީނުތައް ރާއްޖޭގައި އަންނަނީ ބާއްވަމުންނެވެ.
އެމްއެންޑީއެފުން މިއަދު ބުނީ "ބްލެކް މާލިން" ގެ ހަތަރު ވަނަ އެޑިޝަން މިއަދުން ފެށިގެން މި މަހުގެ 28 އާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. މީގެ ތެރެއިން ބައެއް ތަމްރީނުތައް ލ. ކައްދޫގައި ވެސް ބާއްވާނެ އެވެ.
އެ ތަމްރީނުތަކުގެ ތެރޭގައި އިންޓެލިޖަންސާއި ލޮޖިސްޓިކްސް އާއި މެޑިކަލް އާއި އީއޯޑީ އަދި އިންފެންޓްރީއާއާ ގުޅުން ހުރި ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖޭގައި މިއަދު ފެށި އެމެރިކާ އާއި ދިވެހި ސިފައިންގެ ތަމްރީނުތަކުގައި ބައިވެރިވާ ބައެއް ސިފައިން.---ފޮޓޯ: އެމްއެންޑީއެފް
އެ ތަމްރީން ފެށުމަށް މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަވާ އެމެރިކާގެ ހުންނަވާ ސަފީރު ހިއުގޯ ޔޮންއާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ އާއި މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަ ޖެނެރަލް ޕީޓަ ރޮނެކް ބައިވެރިވެވަޑައިގަތެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާނާއި މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަ ޖެނެރަލް ޕީޓަ ރޮނެކް މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ޑިފެންސް މިނިސްޓްރީ
މި ތަމްރީނުތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ މޭޖަ ޖެނެރަލް ޕީޓަ ރޮނެކް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ ވެސް މިއަދު ބައްދަލުކުރެއްވި އެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހި ސިފައިންނާއި މޮންޓާނާ ނޭޝަނަލް ގާޑާ ދެމެދު މިހާރު އޮތް ގުޅުމާ ބެހޭ ގޮތުން އަދި ދިފާއީ ދާއިރާ އިން ދެ ގައުމުން އިތުރަށް ކުރިއަށް ގެންދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
09 May 2024
ތިޔައީ ކޮންތަނަކުން ލިބުނު މައުލޫމާތެއް. ވޭތުވެ ދިޔަ ބައި ގަރުނު ތެރޭގައި ތިން ހަތަރު ހަނގުރާމަކޮށްފި. މިލިޔަނުން އިންސާނުން (ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިން) ގަތުލުކޮށްފި. މޮޅުވި އެއްވެސް ހަނގުރާމައެއް ނެތް. 20 އަހަރު، ނިރުބަވެރި ތާލިބާނުންނާއި ހަނގުރާމަކޮށްގެން ވެސް ބަލި. ލީބިޔާގައި ވީ ބަލި. އިރާގުގައި ވީ ބަލި. ސީރިޔާ ގައި ވީ ބަލި. މިހާރު ޔޫކްރޭނުގައި ހިނގަމުންދާ؛ ރަޝިޔާ - އެމެރިކާގެ ޕްރޮކްސީ ވޯރ އިން ވެސް ބަލިވަމުން ދަނީ.
މައްލި
06 May 2024
އެމެރިކާއިން އޮންލައިން އޯޑަރުކޮށްގެން އެއްޗެހި ގެނެސްގެން ބޭނުންކުރެވޭ، ގަމީސްލެވޭ ޖީންސް ލެވޭ ދިވެހި ސިފައިން އެމީހުންނާއި އެކު ތަމްރީނުހަދައިގެން ނުވޭ ، ބައެއް ދިވެހިންގެ ވިސްނުން
އަފްޝީން
06 May 2024
ތަމްރީން ހޯދުމަކުން މައްސަލައެއް ނެތް. މިތާ ބޫޓްސް ނެތިއްޔާ
އައުޝަން
06 May 2024
މިދިޔަ ސަރުކާރުން އުޅުނީ އިންޑިޔާ ސިފައިން ގެނެސްގެން މިތާ ބަހައްޓަން. ކުރީވެސް އެކަން. މިކަހަލަ ތަމްރީން ނަމަ އޯކޭ
މައުމޫން މުހައްމަދު
06 May 2024
ދިވެހި ސިފައިންގެ ކޮލިޓީ ރަނގަޅުވާނެ މިކަހަލަ ތަމްރީން ދީގެން.
1206
06 May 2024
އެމެރިކާ އާ ދެމެދު ތިޔަ އޮތް ގުޅުމަކީ އަހަރުމެން މާ ބޮޑު ޝައުގުވެރިކަމެއް ހުރި ގުޅުމެއް ނޫން. އަދި ކިއެއް ތިޔަ ގުޅުން އޮތުމަށް ވުރެ ނެތުން މާ ރަނގަޅު.
އެނދިމަރިޔަނބު
06 May 2024
އެމެރިކާމީހެކޭ ބުނެފިއްޔާ ވެރިން ތިބޭނީ ސަޖިދައަށްވެސް ތިރިވާން ތައްޔާރަށް! ރަޝިޔާއާ ގުޅުން ބާއްވާ، މިބތަނަށް ޓުއަރިސްޓުން އަންނަނީ ރަޝިޔާއިން، މެޑިސިން ކިޔަވައިދެނީ ރަޝިޔާއިން. އެމެރިކާ ތީ ހަންފެތުރުންނޫން ކަމެއް ކުރާ ބައެއް ނޫން. ދުނިޔޭގަ ލެއްވި އެންމެ މުނާފިގު ގައުމު.
ސިދުގީ
06 May 2024
އެމެރިކާ ގެ ސިފައިންނާ އެއްކޮށް ތަމްރީނު ހެދުން މާނައެއްނޫން މިތާގަ އެމީހުން ގާއިމުވެ ތިބުން.
މައިސަރް
06 May 2024
އެމެރިކާ އަކީ މިލިޓަރީ ކަންކަމުގަ އެންމެ ރަނގަޅު ގައުމު. މީގެން ދިވެހިންނަށް އިންތިހާއަށް ފައިދާވާނެ
ޝައުދީ
06 May 2024
ގައުމުތަކާ ގުޅިގެން ސިފައިންނަށް އިތުރު ތަމްރީނު ދިނުން އެއީ ހަމަ ވަރަށް ސަޅިކަމެއް. މައްސަލަޔަކީ ކުރީ ސަރުކާރުން އެހެން ގޭމެއް މި ރާއްޖޭގަ ކުޅެން އުޅުނީމަ އިންޑިޔާ ގުޅިގެން