ޒަމީރު ގަތަރުގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
12 މެއި 2024 - 18:34
ގަތަރުގެ ބޮޑުވަޒީރު އަދި އެ ގައުމުގެ ފޮރިން މިނިސްޓަރު މުހައްމަދު ބިން އަބްދުއްރަހްމާން އަލް ތާނީއާ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖެ އާއި ގަތަރުގެ ގުޅުމާ ގުޅޭ ގޮތުން ވާހަކަދައްކަވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި ރާއްޖެއާއި ގަތަރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން ގަތަރަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުގައި ޒަމީރު ވަނީ އެ ގައުމުގެ ބޮޒުވަޒީރާ އެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖޭގެ އިގްތިސޯދަށް ގަތަރުން ފޯރުކޮށްދޭ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.
Honoured to meet with HE Sheikh Mohammed bin Abdulrahman bin Jassim Al Thani @MBA_AlThani_, Prime Minister & Minister of Foreign Affairs of #Qatar.
— Moosa Zameer (@MoosaZameer) May 12, 2024
We discussed future avenues for collaboration to advance the 🇲🇻-🇶🇦 development partnership. I thanked Qatar’s leadership for their… pic.twitter.com/mhBtqa64G7
ދުނިޔޭގެ ކަންބޮޑުވުން ހުރި ކަންކަމާ ގުޅޭ ފޯރަމްތަކުގައި މަޝްވަރާ ކޮށްގެން ކަންކަަން ހައްލު ކުރެއްވުމާ މެދު ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ވާއިރު، ފަލަސްތީނުގެ ގައްޒާ އަށް ގަތަރުން ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ އަގު ޒަމީރު ވަޒަން ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަމް ވަހީދު
13 May 2024
ހަގީގަތަކީ އަބަދުވެސް މިގައުމަށް އެހީ ވަނީ އަރަބި ގައުމުތަކުން. އެ ގައުމުތަކާ ގުޅުން ނެތީމަ މިދިޔަ 5 އަހަރު އެހީ ނުލިބުނީ
އިމްދާދް މުހައްމަދު
13 May 2024
މިހެން ވާންޖެހޭނެ. ރައީސް މުއިއްޒްމެން ތަރައްގީ ގެންނާނީ އަރަބި ގައުމުތަކާ ގުޅިގެން.
މުސްތަފާ ކަރީމް
13 May 2024
މިދިޔަ ސަރުކާރުން އަރަބި ގައުމުތަކާ އެއްވެސް ގުޅުމެއް ނެތް. މުޅިންވެސް އުޅުނީ އިންޑިޔާ ވެގެން.
ދިހާމް ހަސަން
13 May 2024
އަރަބިން ދޭނެ އެހީ. ގުޅުން ބަދަހި ކުރޭ ބޮޑަށް.
އާސިމް ރިޒާ
13 May 2024
މިސަރުކާރުން ކުރިޔަށް ދާ ގޮތް ވަރަށް ރަނގަޅު. އަރަބިން އެހީވާނީ އެދުމެއް ނެތި
އަބާން މުހައްމަދު
13 May 2024
މި ސަރުކާރުން ފެނިގެން މިދަނީ އަރަބި ގައުމުތަކާ ގުޅިގެން ކުރިޔަށް ދާތަން.
ޝިމްލާާ
13 May 2024
ރައްޔިތުންބޭނުންވަނީ މިފަދަ ދަތުރުތަކުން ފޮނި ނަތީޖާ ނެރުން. ގަތަރަކީ ރާއްޖެއަށް އެހީވުމުގައި އަބަދުވެސް ދެމިހުންނާނެ ގައުމެއް
އަލްސަންް
13 May 2024
ގަތަރަކީ އަބަދުވެސް ރާއްޖެއާއި ގުޅުން ބަދަހި ގައުމެއް. ގިނަ ކަންކަމުގައި ރާއްޖެއަށް އެހީތެރިވެދީ ރާއްޖެ ކުރިއަރުވަން ގިނަ މަސައްކަތްތަކެއްކޮށްފަވާ ގައުމެއް. މި ސަރުކާރުގެ އަމާޒަކީ ގަތަރުގެ ފުރިހަމަ އެއްބާރުލުމާއެކު ގިނަ މަޝްރޫއްތަކެއް ކުރިޔަށް ގެންދިޔުން.
ވާސިމާާ
13 May 2024
މި ސަރުކާރުން ގަތަރާއެކު ބޮޑެތި އިންވެސްޓްމަންޓް ރާއްޖޭގައި ގާއިމްކުރުމަކީ ވަރަށް ދެކެން ބޭނުންވާ ދުވަހެއް
ނާޒިމް އަލީީ
13 May 2024
ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތުން ރާއްޖެއަށް ނުހަނު މަންފާނެ ކަމަށް ގަބޫލްކުރެވޭ.