ކުޅުދުއްފުށީ މަގެއް: އެ ރަށުން ކަރަންޓު ކެންޑުނީ މިއަދު ހެނދުނު 9:00 ހާއިރު.-- ފޮޓޯ: ކޭއޯ
16 މެއި 2024 - 14:27
ހދ. ކުޅުދުއްފުށީގެ އިންޖީނަކަށް ދިމާވި މައްސަލައަކުން ބައެއް ސަރަހައްދުތަކުން ވަކި ވަގުތުތަކެއްގައި އަނެއްކާ ވެސް ކަރަންޓު ކަނޑަން ފަށައިފި އެވެ.
ކަރަންޓުގެ ކެނޑުމުގެ މައްސަލަ ކުޅުދުއްފުއްޓަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވެ، މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް މިދިޔަ މަހު ވެސް މުޅި ރަށުން ކަރަންޓު ކެނޑުނެވެ. ނަމަވެސް ފަހުން ވަނީ އެ ރަށަށް ޖަނަރޭޓަރެއް ފޮނުވައި މައްސަލަ ހައްލު ކޮށްފަ އެވެ.
ކުޅުދުއްފުށީ ފެނަކަ ކޯޕަރޭޝަނުން ބުނީ އެ ރަށު އިންޖީނުގޭގައި ބޭނުންކުރާ އިންޖީނުތަކުގެ ތެރެއިން އެއް މެގަވޮޓުގެ އިންޖީނެއްގައި މައްސަލަ ޖެހިފައިވާތީ އެ މައްސަލަ ހައްލު ކުރެވެންދެން ރަށުގެ އެކި ހިސާބުތަކުން ވަކި ވަގުތު ތަކެއްގައި ކަރަންޓު ކަނޑާނެ ކަމަށެވެ.
އިއްޔެއިން ފެށިގެން އެ ރަށުގެ ފެނަކަ އިންޖީނުގެ އިން ދަނީ އެ ދުވަހެއްގައި ކަރަންޓު ކަނޑާނެ ވަގުތުތަކާއި ކަރަންޓު ކަނޑާނެ ސަރަހައްދުތައް އިއުލާން ކުރަމުންނެވެ.
މިއަދު މެންދުރު 12:00 އިން ފެށިގެން މިރޭ 8:00 އާ ދެމެދު އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ފެނަކަ އިން ބުންޏެވެ. ފެނަކަ އިން ބުނީ ކަރަންޓު ކަނޑާލާ ސަރަހައްދުތަކަށް އެއް ގަޑި އިރު ފަހުން އަލުން ކަރަންޓު ދޫކުރާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންފައްތަ
16 May 2024
ކައުންސިލް އިންތިޚާބު ކައިރިވީމަ އެދުވަސްކޮޅަށް ރަނގަޅުވާނެ
ޑރ ވާންޗޯ
16 May 2024
ކަރަންޓް އެކަނިތަ، ދެންވެސް އަތުޖެހުނު އެއްޗެއްވިއްޔާ ކަނޑާފަބަހައްޓާ!!!!!.
އޮނަރަބްލް އަފީފު ދީދީ
16 May 2024
ރާއްޖޭގެހުރިހާ ސިޓީތަކަކަށްދޭންޖެހޭ ޔޫޓިލިޓީޒް ހިދުމަތްތައް ކަމާއިގުޅުންހުރި ރާއްޖޭގެ އެންމެބޮޑެތިކުންފުނިތަކާއި ޙަވާލުކުރުމަށްޓަކާ އެމްޓީސީސީއާއި WAMCO ފަދައިން ކުޅުދުއްފުށި، ތިނަދޫ، ފޯއްމުލަކާއި އައްޑޫސިޓީގެ ކަރަންޓްގެކަންކަން State Electric Compy ސްޓެލްކޯއަށް އަދި ބޯފެނާއި ނަރުދަމާގެހިދުމަތް MWSC އާއި ޙަވާލު ކުރުން ރަނގަޅު. # ބޮޑެތި ހުރިހާ ސިޓީތަކެއްގެހިދުމަތް މިދެންނެވިގޮތަށް މިކުންފުނިތަކަށްބަދަލުކޮށްފިނަމަ ހިދުމަތުގެފެންވަރު ރަނގަޅުވާނެ.
އޮނަރަބްލް އަފީފު ދީދީ
17 May 2024
ހުރިހާ ސިޓީތަކެއްގެ ފެނާއިނަރުދަމާގެ ހިދުމަތް MWSC އަށް، ކަރަންޓްގެހިދުމަތް State Electric Company އަށް، ކުނި އުކާލުމުގެ ހިދުމަތް WAMCO އަށް، އަދި އެތެރޭގެ އާންމު ދަތުރުފަތުރުގެ ހިދުމަތް (އެއްގަމާއި ކަނޑުގެ) އެމްޓީސީސީ އާއި ޙަވާލުކޮށްގެން މެނުވީ ރައްޔިތުން އެދޭފަދަބަދަލެއް ނާންނާނެ. # މި ބަދަލުގެސަބަބުން ކުދިރަށްތަކަށް ދަތިކަމެއްނެތި FENAKA Cooperation އަށް ކަރަންޓްގެހިދުމަތް ދެވޭނެ އަދި ސަރުކާރުން ފެނަކައަށް އިތުރަށް ސަބްސިޑައިޒްވެސް ކުރެވޭނެ.
ފޮނިފޮނިޓައްޕު ކުމާރު
16 May 2024
މީވެސް ފާޑެއްގެ ދާއިމީ ހައްލެއް. ދާއިމީ ވަގުތީ ހައްލެއް. އެހެންނޫންތޯ؟
މަންޒޫރު
16 May 2024
ފެނަކައިގައި ތިބި ތަޖްރިބާ ހުރި ދުވަސްވީ މީހުން ވެރިކަން ބަދަލުވާއިރަށް ވަޒީފާގެ ނުތަނަވަސްކަން އުފެދޭކަންކަން ކޮންމެވެރިކަމެއްގައި އެބަކުރެއެވެ. ނަތީޖާއަކީ ފެނަކައިގެ ޚިދުމަތަށް ބުރުއެރުމެވެ. ކޮންމެ ވެރިކަމެއްގައިވެސް ގޯސް ހަދަނީ މެނޭޖްމަންޓްގައި ތިބޭ ސިޔާސީވެރިންނެވެ. އިނގިލި ދިއްކުރަނީ އިންޖިނިއަރުންނާއި ޓެކްނީޝަނުންނަށެވެ. ފެނަކަ ފަދަ ކުންފުންޏެއް ހަމައެކަނީ ސިޔާސީ ވިސްނުމުން ވިސްނައިގެން ޚިދުމަތްދޭން ދިމާކޮށްފިނަމަ ވާނީ މިހެންނެވެ.