ޚަބަރު / ޓްރެފިކް ގަވާއިދު

ހައިވޭގައި ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ މީހުންނަށް ފިޔަވަޅު އަޅައިފި

ހައިވޭގައި ހެލްމެޓް ނާޅާ ސައިކަލުގައި ދަތުރުކުރި ދެ މީހުން: އެ ދެ މީހުން ވަނީ ޖޫރިމަނާ ކޮށްފައި

17 މެއި 2024 - 14:04

34 comments

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ހައިވޭ މަތިން ހެލްމެޓް ނާޅާ، ސައިކަލުގައި ދަތުރުކުރި ދެ މީހަކަަށް ފިޔަވަޅު އަޅައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ފެންނަނީ ޒުވާން ފިރިހެނަކާއި އަންހެނަކު ހައިވޭ މަތިން ހެލްމެޓް ނާޅާ ބާރު ސްޕީޑުގައި ދުއްވާފައިވާ ތަނެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އެކްސް"ގައި ވިދާޅުވީ، އެ ދެ މީހުން މިހާރު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

"މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދެއްވުމަކީ މަގުގެ އަމާންކަމަށް ކޮށްދެވޭ އަގުހުރި ހިދުމަތަކަށް ވާނެ،" ޝިފާން ވިދާޅުވެފައިވެ އެވެ.

ސިނަމާލެ ބްރިޖާއި ހައިވޭގައި ދަތުރު ކުރާއިރު ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެކެވެ.

34 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 13%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލީ ބަލީ

18 May 2024

ދެ ހެލްމެޓުގެ އަގައްވުރެ ޖޫރިމަނާ ކުރި އަދަދު ކުޑަނަމަ މާދަމާވެސް ހެލްމެޓް ނާޅާ ދުއްވަފާނެ.

The name is already taken The name is available. Register?

އަހަރެންގެ ތަލަ

19 May 2024

ރަނގަޅު ވާހަކައެއް؛ އަހަރެންވެސް ހައިވޭއަށް އަރަންވީމަ ކޮންމެފަހަރަކު އައު ހެލްމެޓެއް ގަންނަނީ.

The name is already taken The name is available. Register?

އިހްސާސް

17 May 2024

ހެލްމެޓު އަޅަން މިމީހުންނަށް ނަސޭހަތްތެރިވި މީހަކަށް މިމީހުން އަދަބެއްދިންވާހަކަ ވެސް އަޑުއިވޭ. މިއީ އަނެއްކާ ތެދެއްތަ؟

The name is already taken The name is available. Register?

ހސވސމސ

17 May 2024

ސޯސަލް މީޑިޔާގައި ހޫނުކޮށްލީމައި ފުލުހުން ފަހާދުވަނީ. މިނޫންވަރެއް ވާނީ ކިހައިދުވަހަކުންބާ

The name is already taken The name is available. Register?

ބާބް

17 May 2024

ހެލްމެޓް ނާޅައި ދިޔުމަށްވުރެން ވަކި ދެރައެއް ނޫން ޖަލްސާ ބާއްވަމުން ދެސައިކަލް ނުވަތަ 3 ސައިކަލް އެއްހަމައެއްގައި ދާ ޒުވާނުންނާހުރެ. މިހާރު އަންހެން ބޭފުޅުންވެސް އެގޮތަށް ދުއްވަމުންދޭ. މިގޮތަށް ދުއްވާ މީހުންނާ ހުރެ ބޮޑު ދުއްޕާނަކަށްވެފައިި އޮންނަނީ. ފޮނިބޮޑުވެ ތިމާމީ މާމަތީބައެއްކަމަށް ދެކި އެހެންމީހުންނަށް ނުރައްކާވާގޮތަށް އެހެން ދުއްވަނީ. ނޫނީ ތިމާމެންގެ ޖާހިލުކަމާއި އަގަލުކުޑަކަން އެއީ. މިފުލުހުންވެސް އެކަންކަމަށް ފިޔަވަޅެއް އަޅަނީކީ ނޫނިއްޔާ.

The name is already taken The name is available. Register?

ލަބީދު

18 May 2024

ހެޔޮކޮށް ތިބުނީ....ބުރިޖައް އަރާގޮތައް ތިބެނީ ކޮފީގަ

The name is already taken The name is available. Register?

ހާމަ333

17 May 2024

މާލެއަކީ މިހާރު މުޅިރާއްޖޭގެ ހުރިހާ ރަށެއްގެ މީހުންގެ މިލްކެެއް....އެކަކަށްވެސް މިހާރަކު ނުބުނެވޭނެ ރަށަށްދާށެކޭ...އެެއީ އެންމެންގެ ރަށް...ހިތުން މޮޅު އަނގަފަޅާތި ބޮލުގަ ތެތްކަމެއްނެތަސް.

The name is already taken The name is available. Register?

ބުލްބުލް

17 May 2024

ތިޔް ދެމީހުން ވެމްކޯ ކުދިންނާ އެކު އެއްމަސް ވަންދެން ކުނި ނަގަން ފޮނުވަ ބަލަ....އޭރުން ތިކަން ހުއްޓިދާނެ

The name is already taken The name is available. Register?

އެމީލިއޯ

17 May 2024

ރަށައް ދޭބަލަ ދެމީހުން. ރަށައް

The name is already taken The name is available. Register?

މާލޭޭ

17 May 2024

ނާތަހުޒީބު މީހުން ރަށަށް ގޮސް ތިހެން އުޅެބަލަ.

The name is already taken The name is available. Register?

އާމިނަތު.

17 May 2024

ކޮންބަޔަކު ރަށަށް ފޮނުވަން. ރަށުގައި ބީރައްޓެހިވެފައިތިބީ ތިރަށު މީހުން. އެހެންނުން ވާނީ އެހާ ކަންނެއްބައެއް. ކުލިން ދިރިއުޅެން ދަސްވެފައިތިބި މަސައްކަތް ނުކުރާ ބައެއް. މިހާރު ތިރަށަކީ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނާއި ބަންގާޅީންގެ ރަށެއް. ކަލޭމެން ރަށުން ބޭރުވެބަލަ0.

The name is already taken The name is available. Register?

ނާޒިމް.

18 May 2024

އާމިނަތު. ތިބުނީ ހަމަ ރަނގަޅަށް. ބަރާބަރު.

The name is already taken The name is available. Register?

ކޮކޮޮކޮކޮ

19 May 2024

ދިވެހި ކުލާހަކަށް ދާންވީ ސުކުން ދަސްކުރަން...'ރަށައް' މިތާ އިންނަނީ އ ސުކުން ތަ ؟؟؟

The name is already taken The name is available. Register?

ކޮރަލް

17 May 2024

ބްރިޖް އަކީ ވ ސެކިއުރިޓީ ހައި ތަނެކެވެ. އެތާ ވ ގިނަ ކެމެރާ ތައް ހަރު ކޮށްފަ ހުންނާނެ އެވެ. އެފަދަ ތަނަކުން ދަތުރު ކުރި އިރު ފުލުހުންނަށް ނޭނގުނެވެ. ސަމާލު ކަމަށް އައީ ސޯސަލް މީޑީޔާ އިން ފެނުނު ވީޑިއޯ އަކުންނެވެ. މިއީ ފުލުހުންގެ ފެއިލް ވުމެކެވެ. 24 އެބަލަން ހުންނަ މީހުން ސީސީޓީވީ ފްޓޭޖް ތައް ބަލަމުން ދާނަމަ ބާރަށް ދުއްވާމީޙުންވެސް އެނގޭނެ އެވެ. ބްރިޖް އިން އަރާފަ ފެއިބުމުގެ ކުރީން ހުއްޓުވޭނެ އެވެ.

The name is already taken The name is available. Register?

ލުބްލާ2024

17 May 2024

ޒުވާނުންނަށް އެނގޭ އިންތިހާބު ކައިރިވީމަ ތި ޖޫރިމަނާ މާފުކޮށްދޭނެކަން. ޒުނާނުންނަށް އެނގޭ މި ގައުމުގަ ކަންކަން ހިނގާގޮތް.

The name is already taken The name is available. Register?

މޯޓަރ ސައިކްލިސްޓް

17 May 2024

ބްރިޖާއި ހައިވޭ މަތިން އެއް ހަމައެއްގައި ތިބެގެން ސައިކަލުގައި ފާޑަކަށް ސަކަރާތްޖަހަމުން ދިޔަ ދެ ގްރޫޕާއި މީގެ ދެދުވަސް ކުރިން ވެސް ދިމާވި! މަ މީ ދެތިންމަހު 1 ފަހަރު ގޮތަކަށް ހުޅުމާލެއަށް ދާމީހެއް! އަދި ސައިކަލުގައި ލޯގަނޑު ހުރޭތޯ ޓެއިލް ލައިޓް ދިއްލޭތޯ ޕޮލިހުން ޗެކުނުކުރާތާ ވީ ދުވަހެއް ނޭނގެއެވެ! އެންމެންގެ ރައްކަލަށް ބްރިޖާއި ހައިވޭ ކަވަރވާ ގޮތަށް ކެމެރާ ހަރުކޮށްގެން ގަވައިދާ ޚިލާފަށް ހުންނަ ވެހިކަލާއި ނުރައްކާ ވާގޮތަށް ދުއްވާ މީހުން ވަގުތުން ފިޔަވަޅު ނާޅަނި ކީއްވެ ބާއެވެ؟ ގައިމު ކޮންމެ އިންޖީނުލީ އެއްޗެއް ދުއްވަނީ އަހަރަކަށް އެތަށް ރުފިޔާ ދައްކައިގެންނެވެ.

The name is already taken The name is available. Register?

ޢަލީ ސ

17 May 2024

ކީއްކުރަން ސައިކަލުގައި ލޯގަނޑު ހުރޭތޯ ބަލަންވީ. އެ ބޭނުން ކުރާ %99 މީހުން އެ ބޭނުން ކުރަނީ އަމިއްލަ މޫނު ބަލަން. ފަހަތުން އަންނަ އުޅަނދުފަހަރު ބަލާކަށް ނޫޅެ. އެމީހަކާ އެމީހެއް. ކޮންމެ މީހަކުވެސް އަމިއްލަޔަށް މިކަހަލަ ކަންކަން ރަނގަޅު ކުރަންވީނުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454