އިކޮނޮމިސްޓް އާޑަމް އޭޓަސް، ވޯލްޑް ބޭންކްގެ އެހެން އިގްތިސާދީ މާހިރުންނާ އެކު -- ފޮޓޯ: ނިޝާން އަލީ / މިހާރު
20 މެއި 2024 - 18:14
މިދިޔަ އަހަރުގެ ބަޖެޓު ޑެފިސިޓުގެ ބޮޑު ބައެއް ހޯދީ މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ކަމަށާއި ބޭންކިން ސެކްޓަރުގެ 30 ޕަސެންޓު ވެސް ބޭނުން ކުރަނީ ސަރުކާރުގެ ބޭނުމަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
މިއަދު ރަސްމީކޮށް ލޯންޗުކުރި ވޯލްޑް ބޭންކް އިކޮނޮމިކް އަޕްޑޭޓު ރިޕޯޓާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅައިދެއްވަމުން އިކޮނޮމިސްޓު އާޑަމް އޭޓަސް ވިދާޅުވީ، ސަރުކާރުން ފައިނޭންސިން ހޯދުމުގައި އެމްއެމްއޭ އާއި ކޮމާޝަލް އެހެން ބޭންކްތައް ބަރޯސާވާ ވަރު ވަރަށް ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ އާ ހަމައަށް އެމްއެމްއޭގެ 60 ޕަސެންޓް އެސެޓު އިވެސްޓްކޮށްފައި ހުރީ ސަރުކާރުގެ ސެކިއުރިޓީގައި ކަމަށެވެ.
"މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން، ބޭންކްތަކުން ސަރުކާރުގެ ސެކިއުރިޓީއަށް އިންވެސްޓް ކުރާ ވަރު ސްޓެބިލައިޒް ކުރަން މަސައްކަތް ކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މުޅި ބޭންކިން ދާއިރާގެ 30 ފައިސާ ހޭދަކުރަނީ ސަރުކާރުގެ ޓީބިލާއި ޓީ ބޮންޑަށް ކަމަށެވެ.
މިކަމުގެ ސަބަބުން މާލީ ދާއިރާ ކުރިއަށް ދިއުމަށް ދަތިތަކާ ކުރިމަތިވި ނަމަވެސް، މިދިޔަ އަހަރު ރާއްޖޭގެ ބޭންކިން ދާއިރާ ނުވަ ޕަސެންޓަށް ކުރިއަށް ގޮސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުން 2020 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާއާ ހަމައަށް ދިޔައީ ފައިސާ ޗާޕުކުރަމުންނެވެ.
ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކާއި ހަރަދުތައް ކުޑަ ކުރަން ވޯލްޑް ބޭންކުން ވަނީ ވަރަށް ބޮޑަށް ގޮވާލައިފަ އެވެ. އަދި ފިސްކަލް ރިފޯމުގެ އަމަލީ މަސައްކަތްތައް އަވަހަށް ފެށުމަށް އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއުތަސިމް
21 May 2024
ސޯލިހްއަށް 2018ގައި މަވެސް ވޯޓް ދިނީ. ނަަމެސް ގެންގުޅުނު ދެކޮޅު ނުޖެހޭ މިކަހަލަ ސިޔާސަތާއެކު ތާއިދު ކުރުން ހުއްޓާލީ. މުއިއްޒްއަށް ތާއިދު ނުކުރިޔަސް ފައިސާ ޗާޕްކުރުން ހުއްޓާލީމަ މަރުހަބާ ދެންނެވިން
އަކްޝަމް މުހައްމަދު
21 May 2024
މިއީ ސޯލިހް އިގްތިސާދު ހަލާކުކުރި ގޮތް. އެއްވެސް ދެކޮޅު ޖެހޭ ގޮތަކަށް ނޫން ކުރީ
ދިހާމް ހުސައިން
21 May 2024
މުއިއްޒްމެން ފުރަތަމަވެސް ކުރި ކަމަކީ ފައިސާ ޗާޕްކުރުން ހުއްޓާލުން. އެއީ މިކަމުން އަރައިގަންނަން ނެގި ރަނގަޅު ފިޔަވަޅެއް.
ހަސަން ނިހާމް
21 May 2024
މުއިއްޒްމެން މި އުސޫލުން ކަންކަން ނުކުރާނެ. އިގްތިސާދު މިހާރުވެސް މި ހިންގަނީ މިހާ ދަތިއިރު ފައިސާ ޗާޕްނުކޮށް.
މުހައްމާކަލޯ
21 May 2024
ވަކި ރައީސަކު އައިސްގެންބާ މިކަން މިވީ؟ ކޮމެންޓު ކުރާ އިރު ކަމުގެ ދެކޮޅު ބަލަން ވާނެ!
އާބިދު ސައީދު
21 May 2024
ކަލޯ އެހެންނެއް ނޫންތަ އެއޮތީ؟ ކިޔާބަ. ފައިސާ ޗާޕް ކުރުމުގެ ނަތީޖާ އެއީ
މަންސޫރު
21 May 2024
ޝުކުރު އަދާ ކުރަންވީ މަރުކަޒީ ބޭންކަށްނޫންތަ
އަހްމަދު ނޫރު
21 May 2024
އިގްތިސާދު ހިންގަންށޭ ކިޔާފަ ފައިސާ ޗާޕްކުރި 5 އަހަރު މިދިޔަ 5 އަހަރަކީ. މުޅި އިގްތިސާދު ހަލާކުކޮށް ފައިސާގެ އަގު ވައްޓާލީ
މުހައްމަދު މަފާޒް
21 May 2024
އެއްވެސް ތާކުން ތާކު ޖެހޭ އުސޫލަކަށް ނޫން މިދިޔަ ސަރުކާރުން ކަންކަން ހިންގީ. އިގްތިސާދު ފުޑާލީ ހަމަ
ޖުމާންް
21 May 2024
ރާއްޖެ ބަނގުރޫޓުވުމާ ކައިރީގައި އޮއްވައި ރައީސް މިވަނީ ދިވެހިންނަށް އައު ފެށުމެއް ގެނެސްދެއްވާފައި. ޝުކުރިއްޔާ ރައީސް ތި ކުރައްވާ ބުރަ މަސައްކަތްތަކަށް.
ވާސިފާ އަދްނާންް
21 May 2024
އެމްޑީޕީ އަކީ ވެރިކަން ކުރަން އެގޭބަޔެއްނޫން. އެމީހުންގެ ކަމަކީ ކައި ކައި ދައުލަތް ލޫޓުކުރުން. ރައްޔިތުންގެ ތަރައްޤީ މިދިޔަ ފަސްއަހަރު އޮތީ ބޮޑުތަނުން ހުއްޓިފައި.