20 މެއި 2024 - 19:43
އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި އެދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން އެދިވަޑައިގެންނެވީ ނަތަންޔާހޫ އާއި އިޒަރޭލްގެ ޔޯވް ގަލަންޓްގެ އިތުރުން ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އާއި ގާޒާގައި ހުންނަވާ ލީޑަރު ޔަހްޔާ ސިންވާރު ހައްޔަރު ކުރުމުގެ އަމުރަކަށެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަތަންޔާހޫ އާއި ޔޯވް ގަލަންޓްގެ ހައްޔަރު ކުރުމުގެ އަމުރެއް ފައިލް ކުރެއްވުމުން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
#ICC Prosecutor @KarimKhanQC announces applications for arrest warrants in relation to Benjamin Netanyahu and Yoav Gallant in the context of the situation in the State of #Palestine ⤵️https://t.co/WqDZecXFZq pic.twitter.com/bxqLWc5M6u
— Int'l Criminal Court (@IntlCrimCourt) May 20, 2024
އެކަމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި ބައިނަލްއަގުވާމީ ގާނޫނަށް ވުރެ އެއްވެސް ގައުމެއް މައްޗެއް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހިފާފައިވާ ފަލަސްތީނުގައި ހިނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ރޯމް ސްޓެޓޫޓްގައި ބައިވެރިވާ ގައުމެއްގެ ހައިސިއްޔަތުން އިސްރާއީލުން ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ސާބިތުވާ ވަރަށް ހެކި އައިސީސީގެ ޕްރޮސެކިއުޓާ އޮފީހުން އެއްކޮށްފައިވާ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ރާއްޖެއިން ހުރިހާ މަގެއް ހޯދާނަން،" ރައީސް ވިދާޅުވި އެވެ.
އިސް ޕްރޮސެކިއުޓަރު ކަރީމް ހާންގެ އެދިވަޑައިގަތުމާ މެދު ގޮތެއް ނިންމުގެ ބާރު އޮތީ ކޯޓުގެ ފަނޑިޔާރުންނަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްތަފާ ކަރީމް
21 May 2024
މި ރައީސް ނޫނީ ހަގީގަތުގައިވެސް ނުދެކެން ފަލަސްތީނުގެ ހައްގުގައި މިހާ ބަސްބުނާ ވެރިޔެއް. މިއަދު ބަލާލިން ޔޫއޭއީ ދުބާއީގެ ވެރިޔެއް ބުނިތޯ. ނެތް ބުނެފަ
އަކްމަލް އަލީ
21 May 2024
ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް ރައީސް މުއިއްޒައަކީ އިސްލާމީ އުއްމަތަށް ހުރި ނަމޫނާ ވެރިޔެއް.
މޫސާ ސިރާޖް
21 May 2024
ރައީސް މުއިއްޒްއަށް ވޯޓް ދިން މީހެކޭ ބުނަން ހަމަ ފަހުރުވެރިކަމާއެކު ބުނަން ކެރޭ. އެހާ ޕްރައުޑް މިރައީސްއަށް.
މަހްޒޫީމް
21 May 2024
މިކަމާ ނެގެޓިވް ކޮމެންޓް ކުރާ ކުދިންނަށް ނޭނގެނީތަ މިއީ ސައުދީ ފަދަ ބޮޑުތި އިސްލާމީ ގައުމުތަކުން ކުރަން ނުކެރުނު ކަންކަން ކަން. އަހަރުމެންގެ ރައީސް މިވަރު ކުރީމަވެސް އަހަރުމެން ޖެހޭ ފަހުރުވެރިވާން
އިސްމާއިލް އީސަ
21 May 2024
ފަހުރުވެރިވޭ މިކަހަލަ ފަލަސްތީނުގެ ދިފާއުގައި ވަކާލާތު ކުރާ ވެރިޔަކު ގައުމުގެ ހުންގާނުގައި ހުރީމަ
ަގުއިރަވަާ
21 May 2024
އަންނިމެން ވަރަށް ރުޅިއަންނާނެ.
ޕީއެޗްޑީ
21 May 2024
ދައުވާގެ އެއްބައި ދޯ މި ކިޔަވައިގެން ހުރި މީހާ ކީ. ފަލަސްތީންގެ ވެރިން ހައްޔަރު ކުރަން ވެސް ދައުވާގައި އޮތް
އެނެލިސްޓެއް
21 May 2024
ފަލަސްތީންގެ ވެރިންނާއި ދެކޮޅަށް ހުށަހަޅާފައި އޮތީ މީހުން މެރުމާއި ރަހީނު ކުރުމާއި ހަނގުރާމައިގެ ޖަރީމާ ހިންގުން. މި ސާބިތު ވާނެ. އިޒްރޭލްގެ ވެރިންނާއި ދެކޮޅަށް ހުށަހަޅާފައި އޮތީ ބަނޑަށް ޖެއްސުން. އިޒްރޭލުން ކޯޓްގައި ބުނާނީ ކޮންމެ ދުވަހަކު އެތައް ޓްރެކެއްގެ އެހީ ވެއްދީމޭ. ސާބިތެއް ނުވާނެ. ޒަޔަނިސްޓުން އަޑިއަޑިން ޖަހާ ދަންތުރައެއް ތީ ފަލަސްތީންގެ ލީޑަރުން ހައްޔަރު ކުރަން.
އަލްމާލްދީފީ
21 May 2024
ތީ ފަލަސްތީންގެ ވެރިން ހައްޔަރުކުރަން ކުޅޭ ޑްރާމާއެއް އެމެރިކާޔާއި ޒަޔަނިސްޓުން އަޑީ ތިބެގެން. މިހާރު ލާފައި އޮތީ ފަލަސްތީންގެ ވެރިންގެ މައްސަލަޔާއި އެެއްކޮށް. ދެން ކޯޓުން ދިރާސާކުރުމުން ސާބިތު ވާނީ ފަލަސްތީންގެ ޣައްޒާގެ ވެރިން އިޒްރޭލަށް ހަމަލާދީ އެތައް ޔަހޫދީނެއް މަރައި ރަހީނުކޮށްފައިވާތީ އިޒްރޭލުން ގާނޫނުތަކާއި އެއްގޮތަށް ކުރާ ދިފާޢީ ހަގުރާމައެއް ކަމަށް. ކުރިން ޖެނެެސައިޑެއް ކަމަށް ލީ މައްސަލައިގައި ވެސް ހުކުމް ކުރީ ޖެނަސައިޑެއް ނޫން ކަމަށް.
އިސާ މުހައްމަދު
21 May 2024
ފަހުރުވެރިވަން މިކަހަލަ ވެރިޔެއް މިގައުމަށް ލިބުނީމަ