ކަނޑު ގަދަ ދުވަހެއްގައި ފެރީއެއް ދަތުރުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 މެއި 2024 - 12:34
މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުކުރުމުގައި ގިނަ ކަންކަމަށް ސަމާލުކަމަށް ދިނުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ފުލުހުން ވަނީ ވިއްސާރަވެ، މި ދުވަސްވަރު ކަނޑު ގަދަވުމުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނުކުރުމަށް އެދިފަ އެވެ. އަދި ދަތުރުކުރަން ޖެހުނަސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ކުދި އުޅަނދުތަކުގައި ދަތުރުނުކުރުމަށް އެދިފައިވެ އެވެ.
އޭގެ އިތުރުން ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
މޫސުން ގޯސްވުމުން ޅ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކަށް ހަވީރު 4:00 ވަންދެން ވަނީ އޮރެންޖު އެލާޓް ނެރެފަ އެވެ.
އެ ހިސާބުތަކަށް ގަޑިއަކު 4 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy