ހެއިލީ އާއި އެމިނެމް ކައިވެނީގެ ހަފުލާގައި
26 މެއި 2024 - 07:27
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އެމިނެމްގެ ދަރިފުޅު، ހެއިލީ ޖޭޑް ސްކޮޓް ކައިވެނިކޮށްފި އެވެ.
ހެއިލީ، 28، އަކީ އެމިނަމްގެ ދެވަނަ ދޮށީ އަންހެން ދަރިފުޅެވެ. އެ މީހުންގެ ކައިވެނި ހަފުލާ އޮތީ އެމެރިކާގެ ބެޓްލް ކްރީކްގެ މިޝިގަންގަ އެވެ. ހަފުލާގައި ބައިވެރިވީ އާއިލާ އާއި އެންމެ ގާތް ރަހުމަތްތެރިންނެވެ.
މި ހަފުލާގައި ލަވަކިޔުންތެރިޔާ 50 ސެންޓާއި، ޑރ. ޑްރޭ އަދި ޖިމީ ލަވިން ބައިވެރިވި އެވެ.
ކައިވެނީގެ ހަފުލާގެ ތެރެއިން އެމިނަމް އާއި ދަރިފުޅު ހެއިލީގެ ނެށުމެއް ފެނިގެންދެ އެވެ.
ހެއިލީ އަދި އޭނާގެ ފިރިމީހާ އީވަން އެމްސީކްލިންޓޮކް އަކީ 2016 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅުން އޮންނަ ދެ މީހުންނެވެ. އެ މީހުންގެ އެންގޭޖްމެންޓް ހަފުލާ އޮތީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.
ހެއިލީ އަކީ މަޝްހޫރު ޕޮޑްކާސްޓަ/ސޯޝަލް މީޑިއާ އިންފްލުއެންޒާ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރޫ
26 May 2024
އެމިނެމްގެ ލަވަ މޮކިންގ ބާޑް އަކީ ހެއިލީގެ ވާހަކަ ކިޔައިދޭ ލަވައެއް. ހާއްސަކޮށް އެމިނެމްގެ ކައިވެނީގެ މައްސަލަތަކާ ހެދި ހެއިލީ ބެލެނިވެރިކަމުގަ ދިމާވި ގޮންޖެހުންތައް. ގިނަ ބަޔަކަށް ހެއިލީ އެނގެނީ އެ ލަވައިގެ ސަބަބުން.