23 މެއި 2024 - 13:54
ގެނބުނު ޓޫރިސްޓަކު ސަލާމަތް ކުރަން ފޭބި ދިވެއްސަކު މަރުވެއްޖެ އެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ އައްޑޫ ހިތަދޫ ފައިސަލް، 39، އެވެ.
ފުލުހުން ބުނީ، އދ. ސެންޓަރާ ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓެއް ގެނބިގެން އެ މީހާ ސަލާމަތްކުރަން މޫދަށް ފޭބި މީހަކު ގެނބިގެން މިއަދު 11 ޖަހާކަން އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މީހާއަށް ދަނގެތީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާގައި ގެނބުނު ޓޫރިސްޓުގެ ހާލު ރަނގަޅު ކަމަށެވެ.
މޫސުން ގޯސްވެ، ފާއިތުވި ތިން ދުވަހު މެޓުން ވަނީ ރާއްޖޭގެ އެކި ހިސާބަށް އޮރެންޖް އެލާޓް ނެރެފަ އެވެ. ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ފަސް ދުވަހު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން މީގެ ކުރިން ބުނެފައި ވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުކުރުމުގައި ގިނަ ކަންކަމަށް ސަމާލުކަމަށް ދިނުމަށް ފުލުހުން އިއްޔެ ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ދުވަސްވަރު ކަނޑު ގަދަވުމުން ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނުކުރުމަށް ވެސް ވަނީ އެދިފަ އެވެ. ދަތުރުކުރަން ޖެހުނަސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ކުދި އުޅަނދުތަކުގައި ދަތުރުނުކުރުމަށް ޕޮލިހުން އެދިފައިވެ އެވެ.
އޭގެ އިތުރުން ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކުވެރިއެއްގެ ތަޖްރިބާ
24 May 2024
ތރާޅުހުރި ދުވަހެއްގާ ފަތަން ފަރިތަނޫން ޒުވާން ކުއްޖެއް ރާޅާ ދަމާގަނެ ގެނބެން ފެށުމުން އޭނާ އެހެން މީހުނާ ހަމައަށް އެކުއްޖާ ގެނެސްދިނުމާ އެކު އެންމެން ސަމާލުވީ އެކުއްޖާއަށް އެކަނި! އޭރު އޭނާ ވަރުބަލިވެ އެކީހެން ހަކަތަ ހުސްވެއްޖެ. ރާޅު ތެރެއިން ފައިޖެހޭ ހިސާބަށް އޭނައަށް ފޯރީ ކިރިޔާ. ބަނޑުދަމާފައި އެއްގަމަށް އަރާ އޮވެ ވަރުބަލި ފިލުވާފައި ބަލާލިއިރުވެސް ބައިވަރު މީހުން އުޅުނުއިރު އޭނަޔަށް ޖެހުނު ހާލު ދެނެހުރި މީހެއް ނެތްކަމަށް ބުނި.
raajje
23 May 2024
اِنّا لِلّهِ وَاِنّا اِلَيْهِ رَاجِعُون، ގެނބެމުންދާ ފަތަންނުދަންނަމީހަކު ސަލާމަތްކުރުމަށް ކައިރިވުމަކީ، އެކަމުގެ ތަމްރީނު ލިބިފަ ނުވަތަ ތަޖުރިބާނެތްމީހުން ކުރަން ވަރަށް ރިސްކީކަމެއް، ގެނބެމުނދާމީހާއަށް ގިނަފަހަރު ބިރުންގޮސް ވާނުވާއެއްނޭންގޭނެ، ސަލާމަތްކުރަން ކައިރިވާމީހާގެ ބޯމައްޗަށްވެސް އަރާނެ، ޓޫރިސްޓުން މޫދުގައިއުޅޭއިރު އެޓެންޑުވާންޖެހޭނީ ގެނބޭމީހުން ސަލާމަތްކުރެވޭވަރަށް ތަންރީނުލިބި އަދި ފަސްޓުއެއިޑުވެސް ކިޔަވައިގެންތިބިމީހުން،
ސުންބުލި
24 May 2024
ގެނބިގެން އުޅޭ މީހަކު ސަލާމަތްކުރަން އޭނަޔާ ގާތްވާ ވާނީ އަޑިންގޮސް ފަހަތުން. ކުރިމަތިން ގާތްވެއްޖެނަމަ އަރާ ބައްދާނެ. އެގޮތައް ބައްދައިފިނަމަ އޭނަގެ އަތްދަށުން ސަލާމަތްވާންހަދަންޖެހޭނެ ގޮތަކީ އަވަހައް އަޑިޔަށް ދެމިގަނޭ. އަޑިޔަށް ދާއިރަށް ދޫކޮއްލާނެ.
އޮނަރަބްލް އަފީފު ދީދީ
23 May 2024
ރާއްޖޭގެ ރިސޯޓްތަކުގައި ލައިފްގާޑުންގެ ގޮތުގައިތިބި ބިދޭސި އެންމެންގެ ވޯކްވީސާ މިއަހަރަށްފަހު ކެންސަލް ކުރާނެކަމަށާއި މީގެފަހުން ލައިފްގާޑުންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ތަނެއްގައި ބިދޭސިއަކަށް މަސައްކަތް ކުރަން ހުއްދަ ނުދޭނެކަން ސަރުކާރުން އިއުލާންކޮށް މިދެންނެވި ޤަވާއިދު ގެޒަޓް ކުރާންޖެހޭ. # ރާއްޖޭގެ ގިނަ ރިސޯޓް ތަކުގެ ޕޫލް އަދި ބީޗްގައި ވަޒީފާ އަދާކުރަނީ އެމީހުން ރާއްޖެ އައުމުގެ ކުރިން ދުވަހަކު މޫދު ނުފެންނަ ނޭޕާލް ފަދަ ޤައުމު ތަކުގެ މީހުން!؟
އަބްދޫލް
24 May 2024
ނުކުރާނެ. ކޮންމެ ސަރުކާރެއްވެސް މިއޮންނަނީ ވިޔަފާރިވެރިން އަތްދަށުގަ ދެން އެމީހުން ރުޅިއަންނާނެ ކަމެއް ކުރާނެތަ؟
އަލޯބެ
23 May 2024
ގިނަރިސޯޓްތަކުގަ ސޭފްޓީ އެންޑް ސެކިޔުރިޓީގަ މަސައްކަތްކުރަނީ ފަތަންނޭގޭ ނޭޕާލްމީހުން!!
ޙިނި
23 May 2024
ޕުރޮފެޝަނަލް ތަންރީނުތައް ނުދީ ދިވެހިން މަރަން ކުރާކަމެއްތަމީ. ފަތުރުވެރިކަމޭކިޔާފަ އެއްވެސް ސްޓޭންޑަޑެއް އޮންނަ ތަނެއްނޫންމީކީ، މީރާޔައް ލީބޭ ޓެކުސް ލިބުނީމަ ސަރުކާނުގެ ޒިންމާނިނުމީ. ޓޫރިޒަމް މިނިސްޓުރީ އަދި ސަރުކާރައް ދައުވާ ކޮއްބަލަ.
ޑީވާނާ
24 May 2024
ސުކުން ޖަހަން ދަސްކޮށްބަލަ
ލުބްލާ2024
23 May 2024
މަރުވީތަ، ނިޔާވީތަ، ޝަހީދުވީތަ؟
raajje
23 May 2024
އަޅުގަނޑަށް ވިސްނެނީ ޝަހީދުވީކަމަށް، އަޅުގަނޑަކީ ދީނީޢިލްމުވެރިއެއްނޫނަސް އަޅުގަނޑަށް ލިބިފައިހުރި ޢިލްމުގެ އަލީގައި ހީކުރެވޭގޮތެއްމީ
އަހްމަދު 111
24 May 2024
އިސްލާމީ ފިޤްހުގައި ބުނާގޮތުން (އިން ޝާ ﷲ) މަރްޙޫމް ފައިޞަލްއަކީ އުޚްރަވީ ޝަހީދެއް. އެކަމަކު ޝަހީދުންގެ ލަޤަބު (ޚާއްޞަ ލަގަބެއް) ދެވެނީ ސީދާކޮށް ޖާނުން ނުރައްކަލާ ކުރިމަތިލައިގެން މާތްﷲގެ ދީނާ އުއްމަތުގެ ހައްގުގާ އެކަމާހުރެ މަރުވާ މީހުނަށް. މަރްޙޫމް ހުސެން އާދަމް، މަރްޙޫމް އަފްރާޝީމު ޢަލީ ފަދަ ބޭފުޅުން އޭއީ އެގޮތަށް ޝަހީދުވެ ދިޔަ ބޭފުޅުން.
އަލީބެ
23 May 2024
ފަތުރުވެރިކަމަށް 50 އަހަރު . ލިބުނު ތަޖުރިބާއެއް އިބުރަތެއް ކިޔާދޭނެ ވާހަކައެއްނެރް. 1000 އަހަރު ކުރީގެ ބީޗް ފިޔަވާ.
ރޯޒަސް
23 May 2024
ހާދަ ހިތާމަވެރި ޚަބަރެކޭ. ފައިސަލް އަށް ސުވަރުގެ މިންވަރު ކުރައްވާށި. ސެންޓާރާއިން އޭނަގެ ވަޒީފާއަށްޓަކައި ވީ ޤުރުބާނީ ދަނެ އޭނާގެ އައިލާއަށް ދިގުމުއްދަކަށް އެހީވާނެކަމަށް ހީކުރަން.
ރިސޯޓް ބޯއި
23 May 2024
ކޮންމެ ރިސޯޓަކަށް ލައިފްގާޑުން މަޖްބޫރު ކުރަންވީ. އިތުރު ދިވެހިންނަށް ވަޒީފާ ވެސް ލިބޭނެ. ފުރާނަ ތައް ވެސް ސަލާމަތް ކުރެވޭނެ.
8
23 May 2024
މިހާ ގަދައިރު ޓޫރިސްޓެއްކަމަކު މޫދަށް ފައިބައިގެންނުވާނެދޯ.
ސަލީމު އިދުރީސް
23 May 2024
މިހާ ގަދަދުވަސްރު ހޮޓާތައް ނުވިއްކީމަ ޓޫރިސްޓުން މޫދައް ނުފައިބާނެ! އެމިހުން އަބަދު ރޫމުގަ ތިބޭނަމަ ގޭގަވެސް ތިބެވިދާނެ މިތަނައް ނަޔަސް