25 މެއި 2024 - 16:58
މާފަންނު ގެސްޓްހައުސްއެއްގައި މީހަކު ރަހީނު ކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
މާފަންނު ވީބީ މާޓް، ގޯޅިތެރޭގައި ހުންނަ "ސްކައި ލޭންޑް" ކިޔާ ގެސްޓްހައުސްގައި ނޭޕާލްގެ ފިރިހެނަކު ގެންގުޅޭތާ ހަތް ދުވަސްވެފައި ވަނިކޮށް ފުލުހުންގެ އެންޓި-ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުން ރޭ ވަނީ އެ މީހާ ސަލާމަތް ކޮށްފަ އެވެ.
އެ މައްސަލާގައި ދެ މީހަކު ހައްޔަރު ކުރި އިރު އެކަކު ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލައިފަ އެވެ.
ދެވަނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ 10 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
އެ ދެ މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.
ފުލުހުން ބުނީ އޭނާ ރަހީނު ކޮށްފައި ވަނީ ފައިސާ އާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. ނޭޕާލް މީހާ ރަހީނު ކޮށްގެން ހަފްތާއެއް ވަންދެން ގެންގުޅުނު ނަމަވެސް އޭނާގެ ހާލު ރަނގަޅެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމާވެށި
26 May 2024
ބަންދު ކޮށް ފި އެވެ. ދޫކޮށްލައިފި އެވެ. ބަންދު ކޮށްފި އެވެ.
ގަމާރު ވަކީލުން
26 May 2024
އެބްޑަކްޝަން ކިޑްނެޕިންގ ހައިޖެކިންގ މީ ބޮޑެތި ކުށްތައް 10 ދުވަސް ހެއްވާކަމެއް މީރާވައިގެން ކުރާކުށްތަކުގެ ކެޓަގރީގައި ހިމެނޭކަންކަން ބެލުމަށް ދުވަސްނަނގާނެކަން ނޭނގޭ ބަޔަކަށް ކޮން އިންސާފެއް ޤާއިމްކުރެވޭނީ ތިން ބާރުން އެއްބާރޯ ބޯހަލާކު
ކޮރަލް
25 May 2024
ޑިޕޯޓް ކޮށްލަ ބަލާށެވެ. ބަންދު ކޮށްފަ ދޫކޮށްލަނީ އެވެ. ބަންދު ކޮށްފަ ދޫކޮށްލަނީ އެވެ. ބިދޭސީން އަތުގަ މިލިއަނުން ފައިސާ އެބަހުއްޓެވެ. ދެތިން ލައްކަ ރުފިޔާ ދިނުން އެމީހުންނަށް އެއީ ބޮޑު ކަމެއް ނޫނެވެ. ދެން އެންމެން ބަހާލާނީ އެވެ.