27 މެއި 2024 - 13:51
ބެޑްމިންޓަން ތަރި ފާތިމަތު ނާބާހާ އަބްދުރައްޒާގަށް ވިދިވިދިގެން ދެވަނަ ފަހަރަށް އޮލިމްޕިކްސްއިން ޖާގަ ލިބިއްޖެ އެވެ.
މި ފުރުސަތާ އެކު އޭނާ ވެފައި ވަނީ، ވިދިވިދިގެން ދެވަނަ އޮލިމްޕިކްސްއިން ޖާގަ ހޯދި ބެޑްމިންޓަންގެ ފުރަތަމަ އެތުލީޓަށެވެ.
ޓޯކިޔޯގައި 2021 ގައި ބޭއްވި 2020 ގެ (ކޮވިޑްގެ ސަބަބުން 2021 އަށް ފަސް ކުރި) އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލި އަންހެން އެތުލިޓަކީ، އޮލިމްޕިކްސްގައި ރާއްޖޭން ވާދަ ކުރި ބެޑްމިންޓަންގެ ފުރަތަމަ އަންހެން އެތުލީޓެވެ.
ނަބާ އަށް އޮލިމްޕިކްސްގެ ޖާގަ ދިނީ އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުން، އޭނާގެ ނަތީޖާ އަށް ބެލުމަށް ފަހު އޭނާގެ ނަތީޖާތައް ރަނގަޅު ވުމުންނެވެ.
ޓްރައިޕާޓައިޓް ކޯޓާގެ ޖާގަ ދެނީ، އޮލިމްޕިކްސް ކޮލިފައިން މަރުހަލާގައި ވާދަކޮށް ނެރޭ ނަތީޖާތައް ރަނގަޅު ކުރުމުންނެވެ. މިދިޔަ ތިން އަހަރު ތެރޭ ނަބާހާ އާއި ރާއްޖޭގެ އެހެން ކުޅުންތެރިން ވެސް ވަނީ ގިނަ މުބާރާތްތަކެއްގައި ކުޅެފަ އެވެ.
ނަބާހާ ކުރިން ކުޅުނު މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ: މުހައްމަދު ޝާބިން | އެމްއޯސީ
ނަބާ އަކީ، އޮލިމްޕިކްސް ޖާގަ ކަށަވަރުވި ރާއްޖޭގެ ދެވަނަ އެތުލީޓެވެ. ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ދެކުނު އޭޝިއާގެ އޮލިމްޕިކްސް ކޮލިފައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓްގެ ޝަރފު ހޯދައިފަ އެވެ.
ދެން ރާއްޖޭން ފުރުސަތު ލިބޭނީ ވައިލްޑްކާޑް ދައުވަތުގެ ދަށުން ޖާގަ ލިބޭ އެތުލެޓިކްސް އާއި ސްވިމިން އެވެ.
އޮލިމްޕިކް ކޮމިޓީގެ ޗެއާމަން މުހައްމަދު އަބްދު ސައްތާރު މީގެ ކުރިން ވިދާޅުވެފައި ވަނީ، މި އަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކްސް އަކީ، ރާއްޖޭން އެންމެ ބޮޑު ކޮންޓިންޖެންޓެއް ވާދަކުރާ އޮލިމްޕިކްސް ގޭމްސް އަށް ވާނެ ކަމަށެވެ.
މި އަހަރުގެ ގޭމްސް އޮންނާނީ ޖުލައި 26 ން އޯގަސްޓް 11 ވަނަ ދުވަހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވޯލް
29 May 2024
ތިއީ ތަބަކަށްލާފަ ދެންޔާ 2 ނޫން 10 ފަހަރުވެސް ވާދަ ކުރެވިދާނެ.
މޫސަ1
27 May 2024
އިންޑިޔާގެ ކުޅުންތެރިޔާ ޕީ ވީ ސިންދު ކޮލިފައިވީ ރޭންކިންގ އިން. ޓްތައިޕާޓައިޓް އަކީ އިންވިޓޭން އެއް ވަކިވަރަކަށް ޕޮއިންޓްސް ލިބިފައިތިބޭ ކޮލިފައިނުވާ ކުޅުންތެރިންނަށް ލިބޭ.. .
ޣަސީމް
27 May 2024
ޓްރައިޕާޓައިޓް އަކީ ކޮލިފައިވުމެއް ނޫން. ރޭންކިން ޕޮއިންޓް އިން އަދި ކޮލިފިކޭޝަން އިންވެސް ކޮލިފައިނުވާ ޤައުމުތަކުގެ ރޭންކިންގ 250 ގެ ތެރޭ ހިމެނޭ ކުޅުންތެރިންނަށް ލިބޭ ފުރުސަތެއް.
ޙަލީފާ
27 May 2024
ނަބާ ވަނީ ކުރިންވެސް އޮލިމްޕިކްސް އައް ކޮލިފަިވެފަ. މީ ވައިލްޑް ކާޑުން އޮލިމްޕިކްސް އައް ދާ ބައެއް ނޫން. ޢެހެންވީމާ ރާއްޖެއިން އެންމެ ފުރަތަމަ އޮލިމްޕިކްސް އަށް ކޮލިފައިވި ކުޅުންތެރިޔާ އަކީ ދީމާ އެއް ނޫން. ބެޑްމިންޓަން އިން އަޖުފާން ވަނީ ކޮލިފައުވެފަ. ޢަދި ނަބާވެސް ވަނީ ދީމާގެ ކުރިން ކޮލިފައިވެފަ. ޓްރައިޕާޓައިޓް އަކީ ވައިލްޑް ކާޑެއް ނޫން. ކޮލިފައިވެގެން ލިބޭ ފުރުސަތެއް.
ނަލީ
27 May 2024
ޓްރައިޕާޓޭ އަކީ ކޮލިފައިނުވާ ޤައުމުތަކަށް ދޭ ފުރުޞަތެއް. މި ފުރުސަތު ލިބެނީ ރޭންކިންގ 250 ގެ ތެރޭ ތިބޭ ކުޅޫންތެރިންގެ ތެރޭ ހިމެނޭ ކުޅުންތެރިންނަށް. މިޔަކަށް ކޮލިފައިވުމެކޭ ނުކިޔޭނެ. މަރޭ މެޑަލްޖަހަން ފުރަތަމަ ކޮލިފަޔަރ އޭ ލިޔެފައިއޮތެއްކަމަކު.
ޑެމްހާ23
27 May 2024
އަޑު އެހި ގޮތުގައި ނަބާހާ އާއި ނަބީހާ މަސައްކަތްކުރީ ޑަބަލްސްއިން ކޮލިފައިވާން. އޭގެން ރަނގަޅު ރިސަލްޓެއް ނުނެރެވި، ދެން ލައްވާލީ އެއްޗެއް. ދީމާޔާ ގާއިވެސް ނުކުރެވޭ، ރިސަލްޓަށް ބަލައިފިއްޔާ.
ސުކުން
27 May 2024
ޓެނިހުން ކުއްޖަކު ކޮލިފައިނުވޭތަ؟ ގައިމުން މާލެއިން އެންމެ ބޮޑު ބިން ހޯދައިގެން ތިބެ ވަރަށް ވިޔާފާރި ކުރޭ.
ސަލީމްބައި
27 May 2024
ކޮބާތަ ޓެނިހުން އޮލިމްޕިކްސް އަަށް ނޮފޮނުވާތަ.ގައިމު ހަފީޒްމެން ދުނިޔެޭގެ ފެންވަރުގެ ކޯޗެކޭ ކިޔައިގެން ޕޯޗްގަލްއިިން މީހަކު ގެނެސްގެން ގޭސް އަނބުރާތަ 2 އަހަރުވެއްޖެ
ބަބުރުޗީ
28 May 2024
ހަފީޒް މެންނަށް ވާގޮތަކީ ޕްރެކުޓިސް ނިންމާފައި ކޯޓުން ނިކުންނައިރު މަރީގެ ބުރައުނުން ދުވާވަހުން ކޮންމެ ދުވަހަކު ކުޑަގޮތެއް ހަދާލާތީ ފުލަށްބަރުވަނީ. އެހެންވެ އަދި އެއުޅެނީ ކުލިފައި ނުވެގެން. ފަހަރެއްގައި އިތުރުބިމެއް އަނެއްކާވެސް ލިބިއްޖެއްޔާ ވައިލްޑް ކާޑަކުން ކުލިފައި ވެދާނެތޯޗެއް.