ލައިފްސްޓައިލް / ދަރިން ތަރުބިއްޔަތުކުރުން

ކުޑަދަރިފުޅު ނިދާ އެނދުގައި ނުނިދާ ނަމަ ދެން ހަދާނީ ކިހިނެއް؟

ބައެއް ފަހަރު ކުޑަދަރިފުޅު ނިންދަވަން އުޅުމަކީ ބޮޑުވޭނެކެވެ. މަންމައިން ވަރުބަލި ކޮށްލާ ކަމެކެވެ. އަދި ނިންދަވާފައި އެ ކުދިން ވަކިން ނިދާ އެނދަން ހަމަ ލުމާއެކު ހޭލައެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ފުރަތަމަ 6 މަހުގައި ދަރިފުޅު ނިދާ އެނދު ރަނގަޅީ މައިންބަފައިންގެ ކޮޓަރީގައި ބެހެއްޓުމެވެ.

މީގެ އިތުރުން މި ކަންކަމަށް ވެސް ވިސްލާލުން ވަރަށް މުހިއްމެވެ.

ޓެމްޕަރޭޗަރު: ކޮޓަރި ފިނިކޮށް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. މާ ބޮޑަށް ކޮޓަރި ހޫނުވެއްޖެ ނަމަ، ދަރިފުޅުގެ ފުރާނަ އަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ އެވެ. ފިނިހޫނުމިން އެއްވަރެއްގައި ބެހެއްޓުމަށް ފަންކާއެއް ބޭނުން ކުރުން މާ ރަނގަޅު ވާނެ އެވެ.

ހެދުން: ކުދިން ނިދަން ބާއްވާ އިރު، އެ ކުދިންނަށް އަރާމު ވާނެ ކަހަލަ ހެދުމެއް ލައްވަން ވާނެ އެވެ. ގަޔަށް މާ ދޫކޮށް ހުންނަ ހެދުމުން އެ ކުދިންގެ ފައިގެ އިނގިލި ފަދަ ތަންތަނުގައި އަޅައިގަންނަ ގޮތް ވުމުން ނިދަން އުނދަގޫ ވާނެ އެވެ. އަދި ނިދަން ލައްވާ ހެދުމުގެ ފެބްރިކް އަކީ ރޫމް ޓެމްޕަރޭޗަރަށް ފިޓް ވާނެ ފެބްރިކަކަށް ހަދަން ވާނެ އެވެ.

ސްވެޑްލް: އިތުރު ހޫނުކަމާއި ރައްކާތެރިކަން ފޯރު ކުރުމަށް ބްލޭންކެޓުން ހަދާފައި ހުންނަ ސްވެޑްލް އެއް ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް އެ ކުދިން އެނބުރެން ފެށުމުން ސްވެޑްލް ކުރުން ހުއްޓާލަން ވާނެ އެވެ.

އަޑު: ކުއްޖާ ބަނޑުތެރޭގައި އޮންނަ އިރު އިވޭ އަޑުތަކެއް މަދެއް ނުވާނެ އެވެ. އެގޮތުން އެ ކުދިންނަށް ކޮންމެވެސް ކަހަލަ އަޑެއް އިއްވުމުގެ ގޮތުން ކޮންމެވެސް ކަހަލަ މިއުޒިކް އެއް ނުވަތަ އެހެން ވެސް އަޑެއް އިވޭ ގޮތަށް ޖަހާލައިފައި ބަހައްޓާށެވެ.

މަސައްކަތް ކުރާނެހެން ހީވާ ހުރިހާ އެއްޗެއް ބެހެއްޓުން

ދުވާލުގެ ވަގުތުތަކުގައި ރަނގަޅަށް ނިދާފައި، ރޭގަނޑުގެ ވަގުތުތަކުގައި އެ ކުދިން ނިދާ އެނދުގައި ނުނިދުން ވެސް އެކަށީގެން ވެއެވެ.

މަޑުމަޑުން ބަދަލުތައް ގެނައުން

ދުވާލުގެ ފުރަތަމަ ނެޕް އެ ކުދިން ނިދާ އެނދުގައި ނިންދަވަން މަސައްކަތް ކުރާށެވެ. އަދި އެ ގޮތަށް މަސައްކަތް ކޮށްފި ނަމަ، މަޑުމަޑުން ނެޕް ނަގާ ވަގުތުތަކުގައި އެ ގޮތަށް މަސައްކަތް ކުރާށެވެ. ހުރިހާ ގަޑިއަކު ނޫނެވެ. އެކަމަކު ފަހަރަކަށް ވުރެ ފަހަރެއް އިތުރު ކޮށްލަން ވާނެ އެވެ.

ނިދާ އެނދު އެ ކުދިން ޝާއުގުވެރިވާ ގޮތަކަށް ހެދުން

ދަރިފުޅަށް ކަމުދާ ގޮތަކަށް އެނދު ތައްޔާރު ކުރަން ވާނެ އެވެ. އެކި ކަހަލަ ވާހަކަ ފޮތާއި ބޯޑާއި މިއުޒިކް ހުންނަ ކުޅޭ އެއްޗެހި ނިދާ އެނދުގައި ބާއްވާށެވެ. އަދި އެ ކުދިން ނިދާ އެނދުގައި ހުންނަ އިރު ކުދިން ޝައުގުވެރިވާނެ އެއްޗިހި ވަށައިގެން ފެންނަ ގޮތަށް ބަހައްޓަން ވާނެ އެވެ.

ގެންގުޅޭ އެއް ރޫޓިންއެއްގައި ހިފެހެއްޓުން

ރޭގަނޑު ނިންދަވާ ގަޑިތަކާއި ދުވާލު ނެޕް ނަގާ ގަޑިތައް އެއްގޮތެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރާށެވެ. އެ ކުދިންނަށް ވިސްނަދެން ޖެހޭނީ މެންދުރުގެ ކެއުމަކީ ނެޕަކަށް ފަހު ލިބޭނެ އެއްޗެއް ކަމަށެވެ. އަދި މެންދުރު ކެއުމަށް ފަހު ދެން އިންނާނީ ކުޅެން ލިބޭނެ ވަގުތުކޮޅެއް ކަމެވެ.

ކުދިން ނިިންދަވަން އުނދަގޫތަކެއް ކުރިމަތިވާ ނަމަ، މިފަދަ ކަންކަމަށް ކޮންމެ ވެސް ވަރެއްގެ ސަމާލުކަމެއް ދީގެން މަސައްކަތް ކޮށްލާށެވެ. އެހީތެރިކަމެއް ލިބިދާނެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 40%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454