ކުރިން ހިންގި ރަހީނު ކުރުމުގެ މައްސަލައެއްގައި ފުލުހުން ހަރަކާތްތެރިވަނީ.--
28 މެއި 2024 - 23:21
މާލޭގެ ގެސްޓް ހައުސްއެއްގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން ދޫކޮށްލި މީހާ އަލުން ހައްޔަރު ކޮށްފި އެވެ.
ނޭޕާލްގެ ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނީ މާފަންނު ވީބީ މާޓް، ގޯޅިތެރޭގައި ހުންނަ "ސްކައި ލޭންޑް" ކިޔާ ގެސްޓް ހައުސްއެއްގަ އެވެ. ފުލުހުން އެ މީހާ ސަލާމަތް ކުރީ އޭނާ އެ ގެސްޓްހައުސްގައި ރަހީނުކޮށްގެން ގެންގުޅޭތާ ހަފުތާއެއް ފަހުން މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.
އެ މައްސަލާގައި ބަންގްލަދޭޝްގެ ދެ ފިރިހެނުން ހަމަ އެ ރޭ ހައްޔަރުކުރި އެވެ. އެކަމަކު، އޭގެ ތެރެއިން އެކަކު އެރޭ ކޯޓުން ދޫކޮށްލައި އަނެއް މީހާ ތަހުގީގުގެ ބޭނުމަށް 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ހުއްދަ ދިނެވެ.
ނަމަވެސް ފުލުހުން މިރޭ ބުނީ ކޯޓުން ދޫކޮށްލި 30 އަހަރުގެ މީހާ މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން މިހާރު ހުއްދަ ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ނުދިން ނަމަވެސް ނޭޕާލްގެ މީހާ ރަހީނު ކުރީ ފައިސާގެ މައްސަލައެއްގައި ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
29 May 2024
ޓެރަރިޒަމް ގެ އަމަލެއް ހިންގީމަ 10 ދުވަހަށް ބަންދު ކޮށް ދޫކޮށްލުމަށް ވުރެ ޑިޕޯޓް ކުރުން ރަނގަޅު ވާނެ އެވެ. ތަކުރާރު ކޮށް ކުށް ނުކުރެވޭނެ އެވެ. ގިނައީ ތަކުރާރު ކޮށް ކުއް ކުރާ ކުއްވެރީންނެވެ.
އޮނަރަބްލް އަފީފު ދީދީ
29 May 2024
ތިމީހާއަކީ "ދިވެހިރާއްޖޭގެ އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް ރާއްޖޭގައިއުޅޭ ބިދޭސިއެއްނަމަ" އޭނާދޫކޮށްލުމަކަށް ދުސްތޫރީ ހަމަތަކުގެމަތިން ކޯޓަކަށް ނޭންގޭނެ. # އަދި މިދެންނެވިގޮތަށް އޭނާހުރިނަމަ ކޯޓް އަމުރެއްނެތިވެސް އޭނާ ރާއްޖެއިން ފޮނުވާލެވެންދެން ހައްޔަރުކުރުމުގެ ފުރިހަމަބާރު ޤާނޫނީގޮތުން އިމިޤްރޭޝަން ކޮންޓްރޯލާރއަށް ލިބިގެންވޭ. އަދި އޭނާގެ މައްޗަށް ތިޔަ ތުހުމަތު ނުކުރެވުނަސް އިމިޤްރޭޝަން ޤާނޫނާއި ޙިލާފު ވެފައިވާތީ އޭނާ ހައްޔަރު ކުރެވެންވާނެ.
ޞަތަރުފުލް
29 May 2024
"ނަމަ" ތިވިދާޅުވީ ކިހިނެއްވެގެންބާ؟ އިމިގިރްޝަނާ ޚިލާފަށް އުޅޭ މީހެކޭ ލިޔެފައެއްނެތެއްނޫންތޯ؟