ޕީއެސްއެމުން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި އެ ކުންފުނީގެ އެމްޑީ ޒީނާ އާއި ޑީއެމްޑީ ޔާމީން އަދި އެހެން ބައެއް އިސްވެރިން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
29 މެއި 2024 - 16:29
އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދާފައިވާ ކަމަށާއި ހުރިހާ މެޗެއް ވަގުތުން ދައްކާނެ ކަން ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބޭއްވި މީޑިއާ ބްރީފިންއެއްގައި މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، ޔޫރޯ ފުޓުބޯޅަ މުބާރާތް ދެއްކުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ދިވެހި ކުންފުންޏަކީ ޕީއެސްއެމް ކަމަށެވެ.
"ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް. ޕީއެސްއެމްގެ ޓީވީއެމް އަދި ޔޭސްޓީވީން ގެނެސްދޭނަން އިރާދަ ކުރެއްވިއްޔާ،" ޒީނާ ވިދާޅުވި އެވެ.
ޓީވީއެމާއި ޔޭސް ޓީވީ އިން ވަގުތުން ހުރިހާ މެޗެއް ވެސް އަލްޓްރާ އެޗްޑީކޮށް ގެނެސްދިނުމަށް ހަމަޖެހިފައި ވާއިރު، ބެލުންތެރިން މި ކަމަށް އިތުރު އަގެއް ދައްކާކަށް ނުޖެހޭނެ އެވެ.
އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވި "ޔޫރޯ 2020" ދައުލަތުގެ މީޑީއާ އިން ގެނެސް ނުދިނުމުން އާއްމުން އެކަމާ ކަންބޮޑޫވުން ފާޅުކުރި ކަން ފާހަގަކުރައްވައި ޒީނާ ވިދާޅުވީ، އެ މުބާރާތް ނުދެއްކުނީ، މި ސަރަހައްދަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ދައްކާ ސޮނީ ކުންފުންޏަށް ދައްކަން ޖެހިފައި ހުރި ދަރަނިތައް ނުދައްކާ ހުރުމުން ކަމަށެވެ. އެކަމަކު، މި އަހަރުގެ މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދީ އެ ދަރަނި ދެއްކުމުގެ ޕްލޭނެއް ހެދުމަށް ފަހު ކަމަށް ޒީނާ ވިދާޅުވި އެވެ.
ހަމަ އެއާ އެކު، މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް ހޯދުމަށް ސަރުކާރުގެ ފަރާތުން ޕީއެސްއެމަށް ދިން އެއްބާރުލުމަށް ޒީނާ ވަނީ މިއަދުގެ ބައްދަލުވުމުގައި ޝުކުރު އަދާކުރައްވައިފަ އެވެ.
ޖަރުމަނުގެ 10 ސިޓީއެއްގައި މި އަހަރުގެ ޔޫރޯ މުބާރާތް ބާއްވާނީ ޖޫން 14 އިން ޖުލައި 14 ގެ ނިޔަލަށެވެ. ޖުމުލަ 24 ޓީމު ވާދަކުރާ މި މުބާރާތުގައި މުޅި އެކު 51 މެޗު ކުޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމު
30 May 2024
ރަށްޔިތުންގެ ޓެކުސް ފައިސާއިން މުސާރަދޭ، ދައުލަތުގެ އެންމެ ތައުލީ މީ ފެންވަރު ދަށް ވެރިން ތިބިތަން ? އެޗްއޯޑީގެ %5 ވެސް ބުތިބޭނެ ގުރެޖުއޭޓް ލެވެލްގަ.. އެހެން ނަމަވެސް އޭގެން ކޮންމެ މީހަކު ގެޔަށް ގެންދޭ 25000 އާއި 30000 ދެމެދު އަދަދެއް މީގެ ތެރޭގަ އެބަތިބި އޯލެވެލްގެ އެއްވެސް ޕާސް އެއްނެތް މީހުންވެސް މައުލޫމާތު ހޯދާ ލިގަތުމުގެ ޤާނޫނުން ނޫސްވެރިން މިމައުލޫމާތު ރަށްޔިތުންނަށް ހާމަ ކޮށްދިނުން މުހިތްމު މިކަންކޮށްދީ ?
އެމްޑީސް
30 May 2024
ދިވެހި ރައްޔިތުމީހާ އަށް ހިލޭ ޓީވީ ޓިއުންކޮށްލައިގެން ބަލާލެވޭނެ ގޮތެއް ހެދޭކަށްނެތްތޯ. ޓީވީއެމް ޗެނަލް ވެސް މީޑިއާނެޓަށް ލާރިދީގެން ނޫނީ ނުބެލޭ ސަބަބަކީ ކޮބާތޯ؟
އެމްޑީޒް
30 May 2024
އެންޓެނާއެއް ގުޅާލައިގެން ޓިއުންކޮށްލީމަ ރާއްޖޭގެ ޗެނަލްތައް އަދިވެސް ފެންނާނެ. ކިތަންމެ ދުވަހެއް އެގޮތަށް ބަލާތާ. މީޑިއާނެޓަށް ނޫނެކޭ ބުނަމާ.
ދޮން ހަސީނާ
29 May 2024
މޯލްޑިވިއަން އައިޑްލް ފަށާކަށް ނުވޭތޯ؟ އެއީ މަގޭ ބެސްޓް ޝޯ. މިއީ ހުނަރުވެރި ލަވަކިއުންތރިން އުފައްދާ ޕްރޮގްރާމެއް.
މޮހޯ
29 May 2024
މިދިޔަ ސަރުކާރުން މީއާނެޓާ ޑީލް ހަދައިގެން ވޯލްޑުކަޕުން ދިވެހިން މަހުރޫމުކުރިގޮތަށް ޔޫރޯއިން މަހިރޫމު ނުކުރިކަން ރަނގަޅު.
ބެލުންތެރިޔާ
29 May 2024
އޭޝިޔަން ކަޕް ތީވީއެމުން ނުދެއްކީތީ، ޔޫރޯއެއް ޓީވީއެމުން ނުބަލާނަން. ދިވެހިންނަށް ހުވަފެނުގައިވެސް ޔޫރޯ ނުކުޅެވޭނެ، އެކަމު އޭޝިއަންކަޕް ކުޅެވިދާނެ.
ޔޫރު
30 May 2024
ކަލޭ ނުބެލިއެކޭ ކިޔާފަ ކޮންކަމެއް
ކަލޯގަޔާޔާ
29 May 2024
މިދިޔަ ޔޫރޯ ނުދެއްކުނީ ދަރަނީގެ ސަބަބުން ކަމަށްވާއިރު އަދިވެސް އެ ދަރަނި ނުދައްކާ ކަމަށްދޯ މިވަނީ
އާދަަނު
29 May 2024
ޝުކުރިއްޔާ ޑރ. ރައީސް މުއިއްޒު.
ގުލުމީ
29 May 2024
ގައުމު ހަމަމަގަށް އެބައެޅޭ
ސޮލާހު މޫސާ
29 May 2024
ސާބަހޭ މުއިޒު ، އިބޫ ވޯލުޑުކަޕު ދިވެހިން މަހުރޫމުކުރީ މުއްސަނދިންނާ ޑީލުހަދާގެން