ޕީއެސްއެމްގެ އެމްޑީ ޒީނާ ޒާހިރު: ޒީނާ ވަނީ ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރުކަމުން މިއަދު އިސްތިއުފާ ދެއްވާފައި.--- ފޮޓޯ: ރައީސް އޮފީސް
24 އޯގަސްޓް 2024 - 17:22
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ދައުލަތުގެ މީޑިއާގެ އެންމެ އިސް މަގާމުން އިސްތިއުފާ ދެއްވިކަން ޒީނާ "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.
"އިސްތިއުފާ ދީފިން މިއަދު ހަވީރު 4:30 ގައި. އެހާ ވަރަށް ބުނެވެން އޮތީ،" އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޒީނާ ވިދާޅުވި އެވެ.
ޕީއެސްއެމްގެ އެމްޑީއަކަށް ޒީނާ އައްޔަން ކުރެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ރާއްޖޭގެ މީޑިއާގައި ވަރަށް ކުރިއްސުރެ ފެށިގެން މަސައްކަތް ކުރައްވާ ޒީނާއަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިބެއްޔާގެ ދަރި
25 August 2024
ނާގާބިލް މީހުންނާ ތަންތަން ހަވާލުކުރީމަ ދެތިން ދުވަސްނުވެ އިސްތިއުފާ ދީފަ ދާނެ.
ކޮޅު ދާލި
24 August 2024
މަ މި މަންޖެ ވަރަށް ރަނގަޅަށް ދަންނަން! ވަރަށް މަޑުމައިތިރި ވަރަށް ބަސް އަހާ ކުއްޖެއް!
ށަންތި
25 August 2024
ތި މަޑުމައިތިރި ކަމުގެ ފަހަތުގަ ވާ މަކަރުވެތިކަމާއި ނުބައކަން ވަރަށް ރަނގަަލަސް ތަޖުރިބާ ކޮށްފަ އަހަރެންވެސް މިހިރީ.
މުހައްމަދ
24 August 2024
ވަކިކުރުމުގެ ކުރިން ވަކިވީ. ވަކި ކުރާނެކަން ޔަގީންކަން ލިބުނީމަ ވަކިވުން ބުއްދިވެރި
ޢިސްމަ
24 August 2024
މަޖިލީހުގެ އިދާރާ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ވަކިކޮށްދޭންވީނު. މުޅި ތަން ޚަރާބުކޮށް ފިތުނަ ފަސާދަކޮއްލައިފި
ބުޅާގޯނި
24 August 2024
މަށަށް ހީވަނީ ހިތް ފުރޭވަރު ވީހެން ދެން އިވޭނީ ބިމެއް ނޫނީ ރޯހައުސް ނޫނީ އަމިއްލަ ފުލެޓެއް ނޫނީ ރާއްޖޭން ބޭރުން ބިމެއް ބައްލަވާގެން ނެވި ވާހަކަ ކަން ނޭނގެއެވެ.!!! މީވެސް ވެދާނެ ގޮތެއް:!!
ދޫމްކޯމީ
25 August 2024
ހުރޭ ވިނަރެސް ހަމަ ގައިމު ވެސް.
ރެމް
24 August 2024
ބެސްޓް އެމް.ޑީ އެވަރ ހޭޑް.
އަކްޝަމް.
24 August 2024
ޒީނާ ދެންވެސް ފެންނާނީ ސަރުކާރުން. ހަމަ ބުނެލީ
އަދުހަމް ތައުފީގް
24 August 2024
މީ ސިޔާސީ ވެގެން ހިތް ހަމަ ނުޖެހިގެން ވަކި ވި ވުމެއް ނޫން. ބަލަން ތިބޭ
ުޔެސް
25 August 2024
ޔަގީނެއްނު!! މާ ޓަފު ޖޮބަކައް ކަންނޭނގެ މި ކަނބުލޮ ލާނީ ދެން !!
އަމާން މުހައްމަދު
24 August 2024
މީނަޔަކަށް ނޭނގޭ މި ހިންގަން.
އިސްމާއިލް އުޝާމް
24 August 2024
ނުވާ މީހުން އިސްތިއުފާ ދެނީ