ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވާހަކަދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
29 މެއި 2024 - 17:14
މިދިޔަ ނޮވެމްބަރު މަހު މަގާމާ ހަވާލުވެވަޑައިގަތް އިރު ޕީއެސްއެމްގެ ދަރަނި ހުރީ 261 މިލިއަން ރުފިޔާގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒީނާ ވިދާޅުވީ، އެ ކުންފުންޏަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތުން ކަމަށެވެ. އެންމެ ބޮޑު ދަރަންޏެއްގެ ގޮތުގައި 122 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް އިރު އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 27 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ 25 މިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި ދައްކަން ޖެހޭ 88 މިލިއަން ރުފިޔާ ވެސް އެކުންފުނީގެ ދަރަނީގެ ތެރޭގައި ހިމެނެ އެވެ.
ދަރަނީގެ ތެރެއިން މިހާތަނަށް އެކި ފަރާތްތަކަށް ނުވަ މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީއެސްއެމް ހިންގާ އިމާރާތް. -- ފޮޓޯ: މިހާރު
ޒީނާ ވިދާޅުވީ، އެ ކުންފުނީގެ ދުވަހުން ދުވަހަށް ކުރާ ހަރަދު 20 ޕަސެންޓަށް މިހާރު ވަނީ ކުޑަކޮށްފައި ކަމަށެވެ. އަދި ބައެއް ބްރޮޑްކާސްޓިން ފީ އާއި ލައިސެންސް ފީތައް ނުދައްކާތީ އަރަމުންދިޔަ ޖޫރިމަނާތައް ހުއްޓުވުމަށް ބައެއް ލައިންސެންސް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އެވްރެޖުކޮށް މަހެއްގެ މައްޗަށް 1.5 މިލިއަން އާމްދަނީގެ ގޮތުގައި ލިބޭ. އެހެން ނަމަވެސް، މިއީ މަހެއްގެ މައްޗަށް، ކަރަންޓު ބިލަށް ވެސް އެކަށީގެންވާ އަދަދެއް ނޫން. ކަރަންޓު ބިލަށް އެކަނި ވެސް އެބަ އަރާ 1.9 މިލިއަން ވަރު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުންފުނީގެ މާލީ ހާލަތު އެހާ ދަށު ދަރަޖައެއްގައި އޮތުމުން، ކަރަންޓާއި ފެނުގެ ހަރަދުތައް ކުރަން ވެސް ދަތިތަކާ ކުރިމަތިވާ ކަަމަށެވެ.
ޒީނާ ވިދާޅުވި ގޮތުގައި މިވަގުތު ކުރަނީ ހަމައެކަނި ކުރަން ޖެހޭ ހަރަދުތައް އެކަންޏެވެ. ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރު ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި އެކަމަށް ދުރު ރާސްތާގެ މާސްޓާ ޕްލޭނެއް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ބްރޮޑްކާސްޓިން ކުންފުނި، ޕީއެސްއެމްގައި މިވަގުތު 384 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮން
30 May 2024
މަރްހަބާ...ދަރަނީގެ އާ އުސްމިނަކަށް އެރުނީމަ ތިކަމާވެސް ހަވާކޮޅެއް އަރުވަންވާނެ
އާސިމް ރިޒާ
30 May 2024
މިދިޔަ 5 އަހަރު އޮތީ އެމީހަކަށް ޖެހުނު ތަނަކުން ކެއުން. އޭގެ އެއް ހެކި މިވެސް
ހުސްބުޅި
30 May 2024
ސާބަސް. ތިޔަ ޙާލަތުގައިވެސް އެމްޑީޕީ ސަރުކާރަށް ކޮށްދެވުނު ކަމަކީ ބިގަށް 84 މިލިޔަން ރުފިޔާ އެއްވެސް ޚިދުމަތެއް ދައުލަތަށް ނުލިބި ބަދަލު ހޯދައިދީ ޗެއަރ ޕާސަން ހިތް ފުރާލަ ދިނުން. ހަމަ އެކަނި ޖޫރިމާނާ އަކަށް ދެއްވި ފައިސާއެކޯ. މިވެސް ބަދަލެއްކަމަށް ނިމުނީ. ޕީޖީ މައްސަލަ އިސްތިއުނާފުވެސް ނުކުރައްވަން ނިންމެވީ.
ޖުލައި2021
30 May 2024
384 މުއައްޒަފުން ލައިގެން ރޭޑިޔޯ ސުޓޭސަނަކާ ޓީވީ ސުޓޭޝަނެއް ހިންގަނީ ހާދަ ބޭކަރު މުއައްޒަފުން ގިނަވާނޭ. މިހާރު ރޭޑިއޯ ސުޓޭސަނެއް ހިނަގޭޏެ 2 މީހުންނަށްވެސް. ކޯއްކުރަން ސިޔާސީ ބޭޏުމަށް އެތަށް ސަތޭކަ ބަޔަކަށް ވަޒީފާ ދީގެން ރިކަރަންޓު ކަރަދު ބޮޑުކުރާކަށް
ކީއްކުރާނީ
30 May 2024
ޓެކްނޮލޮޖީގަ ކުރިއަރާ ވާހަކަ އެއްކޮޅުން ދައްކަނީ. އެކަމު ކޮންމެ ފިތަކަށް ފިތާލަން ވަކި މީހަކު މުސާރަ ދީފަ ބޭންދީމަ ޚަރަދު ބޮޑުވާނެ.
ނުއުމާން
30 May 2024
ފެނަކައަކީ ތިކަމުގެ ނަމޫނާ ކުންފުންޏެއް. ފެނަކަ އެކަނި ހުރި 2 ބިލިއަން އަށްވުރެ ގިނަ ދަރަނި. ވެރިކަމުން ފައިބައިގެން އެދިޔައީ ކުންފުނިތައް ދަވާލައިގެން
ރާހިލްް
30 May 2024
ރައީސް މުއިއްޒުގެ ސިޔާސަތަކީ އަރަނިވެރި ކުންފުނިތަކަކަށް ސަރުކާރުގެ ކުންފުނިތަށް ހެދުން. މިކަން މި ފަސްއަހަރު ފުރިހަމަ ވާނެކަމާމެދު އެއްވެސް ޝައްކެތް ނުކުރަން.
އަސްލަމް ވަހީދު
30 May 2024
ވަކި ކުންފުންޔެއް ނޫން ހުރިހާ ކުންފުނިތައްވެސް ދަރަނަވެރިކޮށް ބަގުރޫޓް ކޮށްފަ އިބޫ މި ފޭބީ. ހަމަ ނާގާބަލީ
އައްޔަ ސޭޓްް
30 May 2024
މާސްޓާ ޕްލޭނާ އެއްގޮތަށް ކަންކަން ދާނެ ކަމަށް އުންމީދުކުރަން. ޒީނާ މިއީ މިކަމަށް އެންމެ ގާބިލް ބޭކަބަލާ
ގައިސް
30 May 2024
ޕީއެސްއެމް ކިޔާނެ ކަމެއް ނެތް މުޅި ގައުމުގަ އޮތީ ތިޔަކަން ނިމިދިޔަ 5 އަހަރުގަ
މައިސަރް
30 May 2024
މުޅި ކުންފުނި ދަރުވާފަ އެދިޔައީ. ކީކޭ ބުނާނީ ދޯ.. ތި މައްސަލަ ވީ އެންމެ އަވަހަށް ބަލައި އެމީހުންނަށް ފިޔަވަޅު ނޭޅެންޏާ ދެންވެސް ވައްކަން ކުރަން ފުރުސަތު އެދެވެނީ