ކޮންސްޓްރަކްޝަން އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުން އެންމެ އިސްކަމެއް ދޭނީ ގެދޮވެރިކަމުގެ މަޝްރޫއުތަކަށް ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
30 މެއި 2024 - 15:53
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮވެރިކަމުގެ މަޝްރޫއުތަކަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް ޕްލޭނިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސަލާމަތާ ގުޅޭ ކަންކަމަށް ފަހު އެންމެ އިސްކަމެއް ދެއްވާ ކަމަކީ ގެދޮވެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި އެހެންވެ އަންނަ އަހަރުގެ ބަޖެޓްގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެ ކަމަށެވެ.
އޭގެ ތެރޭގައި ބަޖެޓުން ފައިނޭންސް ކުރާ މަޝްރޫއުތަކާއި ޑޯނާ ފަންޑިން މަޝްރޫއުތަކާއި ލޯނުގެ ދަށުން ހިންގާ މަޝްރޫއުތައް ވެސް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބަޖެޓްގެ ބޮޑު ބައެއް ދާނީ ހައުސިން އަށް. އެހެން ނަމަވެސް މިހާރު ކުރިއަށް ދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށާއި އަދި އެކި ރަށްރަށަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބަޖެޓުން ކެޕޭސިޓީ ލިބޭ މިންވަރަކުން ކުރިއަށް ގެންދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މިހާރު ވެސް ހައުސިން ދެ މަޝްރޫއުއެއްގެ އެމްއޯޔޫގައި މި ސަރުކާރުން ސޮއިކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއީ ރަސްމާލޭގައި 15،000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަކާއި ބ. އޭދަފުށީގައި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަޝްރޫއު އެވެ.
މިނިސްޓަރު ވަނީ ރަސްމާލޭގައި އެންމެ ފުރަތަމަ އަޅާ 15،000 ހައުސިން ޔުނިޓް މަޝްރޫއުއާ ގުޅޭ މައުލޫމާތު ވެސް ހިއްސާ ކުރައްވައިފަ އެވެ.
ޗައިނާގެ ކުންފުންޏަކުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގައި ހައުސިން ޔުނިޓްތައް އަޅާނީ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭ ގޮތަށް ވަރަށް ކޮލިޓީކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްރޫއަށް ބޭނުންވާ ސާމާނު ވެސް އުފައްދާނީ ރާއްޖޭގައި ކަމާއި އެކަމަށް ބޭނުންވާ ފެކްޓްރީ ރަސްމާލެ އިން ހިއްކޭ އެންމެ ފުރަތަމަ ބިމުގައި އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމާލެ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ.
ރަސްމާލެ މަޝްރޫއު ހިއްކަން ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އަށެވެ. އެއީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށެވެ. ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން ދިނުމަށް ވަނީ ނިންމައިފަ އެވެ.
ދައުލަތުން ހަރަދެއް ކުރުމުގެ ބަދަލުގައި ބިންތަކެއް ދޭ ގޮތަށް 8 މަސް ތެރޭ މަސައްކަތް ނިންމަން މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ހަވާލުކުރި ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައި އޮންނަތާ ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ. އޭރުގެ ތާވަލަށް ބަލާ ނަމަ އެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ތެރޭގައި ނިންމަން ޖެހެ އެވެ.
މިނިސްޓަރު ވިދާޅުވީ ފުށިދިއްގަރުފަޅު ހިއްކަން ފެށި ފަހުން އެކަމަށް ބޭނުންވާ ފައިސާ ސީއެމްސީ އަށް ނުހޯދިގެން މަޝްރޫއު މަޑުޖެހިފައިވާ ކަމަށެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ މަޝްރޫއު އަލުން އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަޅުގަނޑުމެންނަށް މި އަހަރުގެ ނިޔަލަށް އެއްކޮށް ހިއްކާ ނިންމޭ ވަރަށް ތަފާތު އެކި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް. އޭގަ ވަރަށް ގިނަ ކާމިޔާބީތަކެއް ވެސް ލިބިފައި ހުރީ. އޭގެ ތަފްސީލް އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދިއުމުން ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
31 May 2024
އަބްދުﷲ މުއްތަލިބު ނިއުސް ކޮންފަރެންސް ދިން އިރު މަޝްރޫއު ތަކާބެހޭ ގޮތުން ވާހަކަ ދެެއްކެވި އިރު ވަރަށް ބޮޑަށް އިތުރުފުޅު ހައްދަވަމުން ގެންދެވިކަން ފާހަގަ ކުރެވޭ. އެކަމަކު ކޮންމެ އިތުރުފުޅެއް ހެއްދެވިޔަސް އެއީ ރައްޔިތުން ބަލައިގެންފައިވާ އިތުރުފުޅެއް.
ގޮއްޔެ.
31 May 2024
ތިޔައީ ދަޅަ ދައްކާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކިޔާ ބަންޖަކަށްވެއްޖެ. ވެރިކަމާ ޙަވާލުވީފަހުން 6 މަސްވެގެންދިޔައިރު، ހަދާ ނިމިފައިހުރި ފުލެޓްތައް އެހެރީ ދޫނުކޮށް ހިފަހައްޓާފައި. އެކަމަކު ގޯތިދިން މީހުން އެތަންތަން ހަދާ ކުއްޔަށްދީ ހެސްކިޔާފައި އާމްދަނީ ހޯދަމުންދަނީ. ކޮބައިތޯ އިންސާފަކީ؟ ތިޔަފުލެޓްތަކެއްގެ އިންތިޒާރުގައި ފޯމު ލައިގެން ތިއްބާ އެތައްބަޔަކު ނިޔާވެސްވެއްޖެ.
އަފްރާސިޔާބު
31 May 2024
ނިޔާވުމެއް ނުހުއްޓުވޭނެ. ކިތަންމެ ދޮގެއްހެދިޔަސް އެކަން ހަމަޖެހިފައިވާ ގޮތަކަށް ބަދަލެއްނައިސް ކުރިއަށް ދާނެ.
އޮނަރަބްލް އަފީފު ދީދީ
31 May 2024
ބޯހިޔާވަހިކަމުގެ ނަމުގައި "ބަޖޭޓްގެ ބޮޑުބައެއް ކ.މާލޭމީހާއަށް އާމްދަނީ ލިބޭނެ ވަސީލަތް ޤާއިމްކޮށްދިނުމުގެ ބޭނުމަށްޓަކާ" އޭނާ ކުއްޔަށްދޭނެ ފުލެޓް ހަދިޔާކުރަން ތިގޮތަށް ތިކަން ކުރުމުގެ ނަމުގައި އޭނާއަށާއި ދައުލަތަށްވެސް ބުރައަކަށް ނުވާގޮތަށް ތިކަން ކޮށްލަންވީ ނޫންތޯ. # އެގޮތުން މާތްވެގެންވާ މުޤައްދަސް ރަށްކޮޅުގެ ބިންވެރިންގެ ތެރެއިން ހޮވާލެވޭ ބަޔަކަށް އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު 30000ރ ބަޖެޓުން ދޭންޖެހޭގޮތަށް ހަދާލީމާ ނިމުނީ ނޫންތޯ.
އަސް
30 May 2024
ރަސްމާލޭގަ ފްލެޓް އަޅަން އެމްއޯޔޫ ހެދި އިރު އަދި އެތަން ހިއްކާ ނިމޭނެ ދުވަހެއް ނޭގޭ، މުޅިން ދެކޮޅު ނުޖެހޭ ވާހަކަ ނު ތި ދެއްކެނީ.
އޮނަރަބްލް އަފީފު ދީދީ
30 May 2024
ކ.އަތޮޅު މާލޭ މީހާއަށް "ހިލޭ" ފަންސަވީސް މިލިޔަން ރުފިޔާގެ ގޯތި ދީފައި އަދި އަދި ދައުލަތް ދަރަނިކޮށް އެތައް ބިލިޔަން ރުފިޔާގެ ދަރަނި ނަގައިގެން އިމާރާތް ކޮށް ކ.މާލޭ މީހާއަށް ކޮންޓްރެކްޓް އުސޫލުން ފައިސާދައްކާ ޙަލާސްކުރަން (މަހަކު ވަކިވަރެއް ދައްކަން) ދީފައި ހުރި "ފުލެޓް ވިހި ތިރީސް ހާސް ރުފިޔާއަށް ކުއްޔަށްދީގެން އެތަންތަނުން މާލީ ނަގާ ނެގުމަކީ ދައުލަތުގެ މުދަލުން ވައްކަން ކުރުން ފަދަ ކަމަކަށްވާއިރު" އެފައިސާ ހޯދަން ނޫޅުމަކީވެސް އިހްމާލެއް އިގޭތޯ.
ގުދުގުދާބެއްޔާ
31 May 2024
މާލޭ މީހުންނަށް ހިލޭބިންދިނީ ރައްތަކުގެރަށްޔިތުންނަށް އެމީހުންގެ ރަށުން ހިލޭ ބިންދިން އުސޫލުން!25 މިލިޔަންރުފިޔާ ގޯތީގެ އަގު އެރުވީ މާލޭ މީހުން ކުރިކަމަކުންނޫން!ގާނޫނަށް ބަދަލުގެންނަނަމަ ދިވެހިކޮންމެރައްޔިތަކުވެސް ޖެހޭނީ ބިންގަންނަން!ހިލޭ އެއްވެސް ރަށެއްގެ ބިން ދެވިގެންނުވާނެ! އޭރުން އައްޑޫއިން އަފީފުދީދީ މެންނަށް ހިލޭބިންލިބުންވެސް ހުއްޓިގެންދާނެ!ވީމާ މިހާރުއޮތްގޮތުން ރަށްރަށުގެ މީހުންނަށްއެރަށުން ހިލޭބިން! މާލޭމީހުންގެރަށުންގަންނަގޮތައްނުހެދޭނެ
ތެދެއް.
31 May 2024
ތިކަން ދެނެހުރި ދައުލަތުގެ ވެރިޔަކު ނެތީމާ ކުރާނީ ކީއްތޯ؟ މޮޅުމީހާއަށް މޮޅުގޮތް މިޤައުމުގައި އޮތީ. ނިކަމެތިމީހާ ޖެހޭނީ ގަނަތެޅެން
މަމީކީ
31 May 2024
ބަލަ އެހެން ރައްރަށުންވެސް ހިލޭ ދެނީ އެރަށެއްގެ މީހަކަށް.
އޮނަރަބްލް އަފީފު ދީދީ
30 May 2024
ތިކަމަށް ހައްލުހޯދޭނީ ގޯތި ގެދޮރާއި ބިމާއިބެހޭ ޤާނޫނު އިސްލާޙްކޮށް ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފުރީކޮށް އޭނާ ހޯދާ 2 ވަނަ ބިމާއި ފުލެޓުން %50 ޓެކްސް އަދި އިތުރަށް ހޯދާ ކޮންމެ ފުލެޓަކާއި ބިމުން ދައުލަތަށް %100 ޓެކްސް ނަގާން ކަޑައަޅާ "ސޯޝަލް ހައުސިންގ ސްކީމް ތަކަށް ދޮގު މައުލޫމާތުދިނުމާއި އެފަދަކަމަކަށް އެހީވެރިވުމަކީ ޖިނާޢީ ކުށެއްކަމަށް" ނިންމުމުގެއިތުރުން ރާއްޖެއަށް ޕްރޮޕަޓީ ޤާނޫނެއް ވުޖޫދުކޮށް ފުލެޓް ބަނޑުއެޅުން ހުއްޓުވަން މަސައްކަށްކޮށްގެން.
ކުމާރުބެ
30 May 2024
މުއިޒު ސްޕީޑް ހަބޭސް މިހާރު އެހެރީ ފުލެޓް ތަށް ބޮޑުބައި ކޮންކުރިޓް މަސައްކަތް ގޮސްއޮތް ހިސާބު ފޮޓޯއިން ފެންނަން. އިބޫ އަކަށްނުވާނެ.
އަސް
30 May 2024
ކޮންތާކު މުއިއްޒު އަޅަން ފެށި ފްލެޓެއް؟ ފޮޓޯގަ އޭނީ އިބޫ އަޅަން ފެށި ފްލެޓް ތަކުގެ ފްޓޯއެއް.
ޒުހޫރު.
30 May 2024
އަނެއްކާވެސް މާލޭ މީހުންނަށް ޙަޒާނާ ބަހާލަން ރާވަނީދޯ ؟ ވަރުގަދަ ކަމެއް މިއޮތީ.
ގެދާނޯމޮސް
30 May 2024
ތިއިސްކަންދީގެން ރޔާމިންވެސް ތަރައްގީގެނެސްދިނެވެ. މިދިވެހިން ބޭނުނީ ހުސްބުޅީގައެވެ. ފަހުން ވިސްނުނީ އެއީ މުގުރާމާ ރެއްސާ ނޫންކަމާއި އެއީ ހުސްބުޅިޔާ ލޮނުކަމަށެވެ. އެހެންވީމާ މިފަސްއަހަރު ހަމަވެދައިރު އެމްޑީޕީ ގެ އޮޑިފުރާލާނީ ހަމައެގޮތަށެވެ.
އޮނަރަބްލް އަފީފު ދީދީ
30 May 2024
ސްލަމްއަކަށް ވެފައިވާ ކ.މާލޭގެ މައްސަލަ ހައްލުވާނީ ތ.ގުރައިދޫ، ތިމަރަފުށި، ވިލުފުށި، ލ. ގުޅިފައިވާރަށްތައް، ހުވަދުއަތޮޅު ތިނަދޫ، ކޮލަމާފުށި، ވާދޫ، މަޑަވެލި، ހޯޑެއްދޫ، ވިލިގިލި، ފަރެސްމާތޮޑާ އަދި އައްޑޫގެ ބިން ހިއްކެންއޮތް އެންމެބޮޑަށް ހިއްކުމަށްފަހު 2000 މީހުންހަމަނުވާ ދެކުނުގެ ރަށްރަށުމީހުނާއި، ކޮޅުމަޑުލުން އައްޑުއަށްހިމެނޭ ދާއިރާގައި "ގޯތިނެތް ރަށްވެހިންނަށް ބިން ދިނުމަށްފަހު" އައްޑޫ ގޭންއެއަރޕޯޓް ގައި އަޅުވާފައިވާ "މަރުތަޅު" ނައްޓާލައިގެން.
ގުދުގުދާބެއްޔާ
31 May 2024
އަފީފުދީދީއަށް އޯކޭ މާލެ ނޫން ކޮންމެރަށަކުން އެރަށުގެ ރައްޔިތުންނަށް ހިލޭބިން ދިނަސް!ރޭސިސްޓް އަފީފުދީދީ ގާނޫނުން ހުރިހާއެންމެން ހަމަވާނެކަން ނޭގޭތަ؟ތިޔަ ބުނާތަން ހިއްކަނީ އަހަރުމެން މާލޭ މީހުންގެވެސް ޓެކްސް ފައިސާއިން!ވީމާ ހިލޭދޭނަމަ މާލޭ މީހުންނަށް މާލޭސަރަހައްދުންވެސް ބިންދޭންޖެހޭނީ ހަމަ ހިލޭ! 25 މިލިޔަން ރުފިޔާގެ ބިމުގެ އަގާ މާލޭ މީހުންނާ ބެހޭކަމެއްނޫން!